09 ޑިސެމްބަރ 2022
އައް ރައްޔާން (ޑިސެމްބަރު 9) - ގިނަ ބަަޔަކު ހީކުރި ގޮތާ ހިލާފަށް، ޕެނަލްޓީ ޝޫޓްއައުޓްގައި، ވަރުގަދަ ބްރެޒިލް ކަޓުވާލުމަށް ފަހު އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ ސެމީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އައް ރައްޔާން (ޑިސެމްބަރު 9) - ގިނަ ބަަޔަކު ހީކުރި ގޮތާ ހިލާފަށް، ޕެނަލްޓީ ޝޫޓްއައުޓްގައި، ވަރުގަދަ ބްރެޒިލް ކަޓުވާލުމަށް ފަހު އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ ސެމީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ތަފާތު ކުޅުމާ އެކު، ބްރެޒިލުން މިފަހަރު މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް މިރޭގެ މެޗުގައި ކްރޮއޭޝިއާ އިން ވަނީ ބްރެޒިލް ހިފަހައްޓައިފަ އެވެ. ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.
ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ތަރި ނޭމާ ލީޑު ނަގައިދިން ނަމަވެސް އިތުރު ވަގުތުގެ ފަހު ހާފުގައި ކްރޮއޭޝިއާ ލަނޑު ޖަހައި ބްރެޒިލް ހާސްކޮށްލި އެވެ. އެ ލަނޑު މެޗުގެ 116 ވަނަ މިނެޓްގައި ބުރުނޯ ޕެޓްކޮވިޗް ޖެހީ މިސްލާވް އޮރިޝިޗް ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. ޕެޓްކޮވިޗް ޖެހި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ޑިފެންޑަރުގެ ގައިގައި ޖެހިފަ އެވެ.
އެއްވަރުވި މެޗުގެ ކުޅުން ނިންމާލައި ފުރަތަމަ ޕެނަލްޓީ ޖެހީ ކްރޮއޭޝިއާ އެވެ. އެ ޓީމުގެ ނިކޮލާ ވްލަޝިޗް ޖެހި ޕެނަލްޓީ ވައްދާލި އެވެ. އެކަމަކު ބްރެޒިލުން ފުރަތަމަ ޕެނަލްޓީ ޖެހި ރޮޑްރީގޯ ގޮއިސް ޖެހި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ވިލާކޮވިޗް ވަނީ މަތަކޮށްފަ އެވެ.
ކްރޮއޭޝިއާގެ މާޔާ ޖެހި ޕެނަލްޓީ ވެސް އޭނާ ވައްދާލި އެވެ. ބްރެޒިލްގެ ދެވަނަ ޕެނަލްޓީ ޖެހި ކާލޯސް ކަސެމީރޯ ޖެހި ޕެނަލްޓީ ގޯލަށް ވައްދާލި އެވެ. ކްރޮއޭޝިއާގެ ތިންވަނަ ޕެނަލްޓީ ކެޕްޓަން ލުކަ މޮޑްރިޗް ފޮނުވާލީ ގޯލްގެ ކަނަށެވެ. ބްރެޒިލްގެ ތިންވަނަ ޕެނަލްޓީ ޖެހި ޕެޑްރޯ ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗަށް އޮޅުވާލުމަށް ފަހު ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖަހައި ބްރެޒިލްގެ ގައުމީ ޓީމުގައި ޕެލޭ ހެދި ރެކޯޑާ ނޭމާ ވަނީ ހަމަހަމަ ކޮށްފަ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ އެ ގައުމުގެ ގައުމީ ޓީމަށް 77 ލަނޑު ޖަހައި ދިނެވެ. އޭނާގެ ރެކޯޑާ ހަމަހަމަ ކުރަން އެހެން ކުޅުންތެރިޔަކަށް 45 އަހަރު ނެގި އެވެ. މެޗުގެ ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ނޭމާ ވަނީ ބްރެޒިލަށް ލީޑް ނަގައި ދިނެވެ. ލޫކަސް ޕަކުއޭޓާ ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެން ނޭމާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ކްރޮއޭޝިއާގެ ޑިފެންޑަރު އަދި ގޯލް ކީޕަރު ޑޮމިނިކް ލިވަކޮވިޗް ކައިރިން ނައްޓާލުމަށްފަހު ގޯލްގެ އެތެރެއިން މަތީ ދާގަނޑަށެވެ.
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު
ނޭމާގެ "ޑަބަލް ރޯލް" ފާޅުވެ އާންމުން އާޝޯހުކޮށްލައިފި
މޮރޮކޯ އަށް އެއްވަނަ ކްރޮއޭޝިއާ އަށް ދެވަނަ
ކެނަޑާ ކޯޗުގެ ބަހުގެ ހަމަލާ ވިހަވެއްޖެ
މުޅި ބްރެޒިލް ނޭމާ އާމެދު މިފަހަރު ބޮޑު އުއްމީދެއްގައި
މޮރޮކާއިން ފަހުގެ ރަނަރަފް ކްރޮއޭޝިއާ މާޔޫސްކޮށްލައިފި
ނޭމާ އާޖެންޓީނާ އަށް؛ ތި ކާމިޔާބުކުރީ ވޯލްޑް ކަޕްތަ؟
ނޭމާ ހުރީ އާދަޔާހިލާފު ރޫހެއްގައި: ޓީޓޭ
ރޭސިޒަމްއާ ދެކޮޅު މެޗުން ޗެރިޓީއަށް ފައިސާއެއް ނެތް