Roadha Mihaaru
ކެނަޑާ ކޯޗުގެ ބަހުގެ ހަމަލާ ވިހަވެއްޖެ

ކެނަޑާ ކޯޗުގެ ބަހުގެ ހަމަލާ ވިހަވެއްޖެ

27 ނޮވެމްބަރ 2022

އައް ރައްޔާން (ނޮވެމްބަރު 27) - ކްރޮއޭޝިއާގެ ޓީމާ މެދު ކެނެޑާގެ ކޯޗު ޖޯން ހާޑްމަން އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ބަސްމަގު ބޭނުން ކުރުމުން، ކްރޮއޭޝިއާގެ ނޫހަކުން ހާޑްމަންގެ ބަރަހަނާ ފޮޓޯ އަކުން ރައްދު ދިން މައްސަލަ ވޯލްޑް ކަޕު ޕްރެސް ކޮންފަރެންސްގައި ފެންމަތި ކޮށްފި އެވެ.

އައް ރައްޔާން (ނޮވެމްބަރު 27) - ކްރޮއޭޝިއާގެ ޓީމާ މެދު ކެނެޑާގެ ކޯޗު ޖޯން ހާޑްމަން އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ބަސްމަގު ބޭނުން ކުރުމުން، ކްރޮއޭޝިއާގެ ނޫހަކުން ހާޑްމަންގެ ބަރަހަނާ ފޮޓޯ އަކުން ރައްދު ދިން މައްސަލަ ވޯލްޑް ކަޕު ޕްރެސް ކޮންފަރެންސްގައި ފެންމަތި ކޮށްފި އެވެ.

ވޯލްޑް ކަޕްގައި މިރޭ ކްރޮއޭޝިއާ އާއި ކެނެޑާ ވާދަކުރާނެ އެވެ. ބެލްޖިއަމް އަތުން ކެނެޑާ ބަލިވި މެޗަށް ފަހު ހާޑްމަން ވަނީ ކްރޮއޭޝިއާގެ މެޗާ ކެނެޑާ ކުރިމަތިލާނެ ގޮތާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ކްރޮއޭޝިއާގެ ޓީމާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކީ އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ލަފުޒެއް ބޭނުން ކުރުމަށް ފަހު އެވެ.

އޭނާގެ ވާހަކަތަކަށް ރައްދު ދިނީ ކްރޮއޭޝިއާގެ ނޫހެއް ކަމަށްވާ "ސަޓާ 24" އިންނެވެ. އެ ނޫހުން ވަނީ ހާޑްމަންގެ ފޮޓޯއެއް އެޑިޓް ކުރުމަށް ފަހު ބަރަހަނާ މީހެއް ސިފަވާ ގޮތަށް ބޭރުގަނޑުގައި ޖަހައިފަ އެވެ. އަދި ފޮޓޯގައި ޖިންސީ ގުނަވަން ނިވާ ކުރުމަށް ޖަހައިފައި ވަނީ ކެނަޑާގެ ދިދައިގައިވާ "މެޕަލް" ފަތެވެ.

އެ ފޮޓޯ އާ ގުޅުވައި ބޮޑު އަކުރުން ނޫހުގައި ލިޔެފައި ވަނީ ފިރިހެނުންގެ ޖިންސީ ގުނަވަނަށް ނިސްބަތްކޮށްފަ އެވެ. ނޫހުގައި އެ ފޮޓޯ ޖެހުމުން އެ ނޫހަށް ވެސް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ނޫސް ކޮންފަރެންސްގައި ބުނީ ކްރޮއޭޝިއާގެ ޓީމުން ހުރިހާ ޓީމަކަށާއި އޮފިޝަލުންނަށް ވެސް އިހުތިރާމް ކުރާ ކަމަށެވެ. ހަމަ އެގޮތަށް އޭނާގެ ޓީމަށް އެހެން މީހުން ވެސް އިހުތިރާމް ކުރަން އެދޭ ކަމަށް ޑަލިޗް ބުންޏެވެ.

"އެހެން މީހުންގެ އިހުތިރާމް އަހަރެމެންނަށް ވެސް ހައްގު. ކެނެޑާއިން ވެސް އަހަރެމެންނަށް އިހުތިރާމް ކުރަން ޖެހޭ،" ޑަލިޗް ބުންޏެވެ.

"[ކެނެޑާގެ ކޯޗުގެ] ބަސް މަގު އެހުރި ގޮތަކީ އިހުތިރާމްނުކުރާ ކަމުގެ ހެއްކެއް. އަހަރެމެންނަކީ އެންމެ ފަހުގެ ރަނަރަފް އަހަރެމެންނަށް އިހްތިރާމް ހައްގު."

ކްރޮއޭޝިއާ އާއި ކެނެޑާގެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9 ޖަހާއިރު އެވެ. ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯ އަތުން އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. ކްރޮއޭޝިއާ އޮތީ ގުރޫޕްގެ ދެ ވަނައިގަ އެވެ.