Roadha Mihaaru
ކްރޮއޭޝިއާ މޮޅުވާން އަލްބޭނިއާ ފުރުސަތެއް ނުދިން

ކްރޮއޭޝިއާ މޮޅުވާން ހިތްވަރުގަދަ އަލްބޭނިއާ ފުރުސަތެއް ނުދިން

19 ޖޫން 2024

ހަމްބާގް (ޖޫން 19) - ކްރޮއޭޝިއާ މޮޅުވާން ދަނިކޮށް، އަލްބޭނިއާއިން މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހަމްބާގް (ޖޫން 19) - ކްރޮއޭޝިއާ މޮޅުވާން ދަނިކޮށް، އަލްބޭނިއާއިން މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި އެވެ.

ގުރޫޕް ބީގައި މިއަދު ކުޅުނު މެޗުގައި، ފުރަތަމަ ހާފުގައި އަލްބޭނިއާ ލީޑް ނެގި އެވެ.

މެޗުގެ 11 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖެހީ ކަޒީމް ލާޗީ އެވެ. އޭނާ ލަނޑު ޖެހީ ޔާސިރް އަސާނީ ނަގައިދިން ބޯޅަ ބޮލުން ޖަހަ އެވެ.

ހަމަލާތައް ފުލުފުލުގައި ފޮނުވަމުން ދިޔަޔަސް، އަލްބޭނިއާގެ ގޯލް ކްރޮއޭޝިއާ އަށް ފޫއަޅުވާލެވުނީ މެޗުގެ ފަހު 15 މިނެޓް ތެރޭގަ އެވެ.

އަންޓޭ ބުޑިމިރް ދިން ބޯޅައިން، އެންޑްރޭ ކްރަމަރިޗް މެޗުގެ ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަލުން ލީޑް ނަގަން ކްރޮއޭޝިއާ އަށް ބޭނުންވީ ދެ މިނެޓެވެ.

އެ ޓީމުން އުފެއްދި ހަމަލާ، އަލްބޭނިއާގެ ކަލައުސް ޔަސޫލާގެ ކަކުލުގައި ޖެހިފައި ގޮސް ބައިކޮޅަށް ވަތް ލަނޑެކެވެ.

އެކަމަކު އެ ޓީމަށް މެޗު އެއްވަރުކޮށް ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރީ ޔަސޫލާ އެވެ.

ލަނޑު ވަނަސް، އަލްބޭނިއާގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. އެ ޓީމުން ގެނައި ބަދަލުތަކާ އެކު އެ ޓީމުގެ ހަމަލާތައް ވަރުގަދަވި އެވެ. މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގައި ޖެހީ ޔަސޫލާ އެވެ.