Roadha Mihaaru
ސްޕެއިން ވިދާލައިފި، ކްރޮއޭޝިއާ އާދައިގެ ފެންވަރަކަށް

ސްޕެއިން އާ ސްޓައިލްގައި ވިދާލައިފި، ކްރޮއޭޝިއާ އާދައިގެ ފެންވަރަކަށް

15 ޖޫން 2024

ބާލިން (ޖޫން 15) – ކްރޭއޭޝިއާގެ މައްޗަށް ކާމިޔާބު ހޯދައި ސްޕޭނުން ގުރޫޕް ބީގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާލިން (ޖޫން 15) – ކްރޭއޭޝިއާގެ މައްޗަށް ކާމިޔާބު ހޯދައި ސްޕޭނުން ގުރޫޕް ބީގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

މީގެ ކުރިން ކުރުޕާސްތަކެއް ޖަހައިގެން ކުޅޭ ސްޕޭންގެ ޓީމުގެ ސްޓައިލް މިހާރުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ވަނީ ބަދަލުކޮށްފަ އެވެ. ޑިސެމްބަރު 2022 ގައި އޭނާ އާ ޓީމު ހަވާލުވީ، ކުރުޕާސް ޖަހައިގެން ކުޅެން އިސްކަންދޭ ކޯޗު ލުއިސް އެންރީކޭ އާއެކު އެ އަހަރުގެ ވޯލްޑް ކަޕްގައި ކުރިމަތިވި ނާކާމިޔާބަށް ފަހު އެވެ.

ގިނަ ކުރު ޕާސްތަކެއް ޖަހައިގެން ކުޅުމުގެ ގޭމް ލަ ފުއަންޓޭ ގާތްގަނޑަކަށް ވަނީ ދޫކޮށްލައިފަ އެވެ. އޭޏާ އިސްކަން ދިނީ ބޮޑަށް ޑައިރެކްޓް ގޭމަކަށެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ބޮޑު މުބާރާތެއްގެ ފުރަތަމަ މެޗުގައި މިރޭ މިވަނީ ކާމިޔާބު ވެފަ އެވެ. އޭނާގެ އާ ސްޓައިލްގެ ގޭމް އަދި ފެންނަނީ ނަތީޖާއާ ރައްޓެހި ގޭމަކަށެވެ.

ބާލިންގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓް ކްރޮއޭޝިއާއިން ކުޅެން މަސައްކަތް ކުރީ ތަންކޮޅެއް ފަހަތަށް ފައިބައިގެން ތިބެ ޑިސިޕްލިން ގޭމެއް ކުޅުމަށެވެ. އޭގެ ފަހުން އެ ޓީމު ވެސް ކުރިއަށް ޖެހި ހަމަލާތައް އުފައްދަން މަސައްކަތް ކުރި އެވެ.

ނަމަވެސް، ގޯލް ޖެހުމުގައި ކްރޮއޭޝިއާގެ ގޭމަށް ވެރެ ސްޕެއިންގެ ގޭމް ފެނުނީ މާ ބޮޑަށް ވެސް ނަތީޖާއާ ރައްޓެހި ގޮތަކަށެވެ. ކްރޮއޭޝިއާގެ ޑިފެންސްގެ ފަހަތުން ޖާގަ ހޯދަން ލަމީން ޔަމާލް އާއި ނިކޯ ވިލިއަމް އަށް ފުރަތަމަ އުނދަގޫވެގެން ދިޔަ އެވެ.

އެކަމަކު ތަޖުރިބާކާރު ސްޓައިކަރު އަލްވާރޯ މޮރާޓާ، އެ ޖާގަ ހޯދި އެވެ. މެޗުގެ 29 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ފަބިއަން ރުއިޒް ދިން ޕާހަކުންނެވެ. ކްރޮއޭޝިއާގެ ޑިފެންސް، އެތުލެޓިކޯގެ މެޑްރިޑްގެ ފޯވާޑް މޮރާޓާ ރޫޅާލީ ފަސޭހަ ކަމާ އެކު އެވެ.

ސްޕޭންގެ ދެވަނަ ލަނޑު ޖެހީ ރުއިޒް އެވެ. މެޗުގެ 32 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ލަމީން ނަގައިދިން ހިތްގައިމު ބޯޅަ އަކުން ޑިފެންޑަރު ޑެނީ ކާވަހާލް ސްޕެއިންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލަމީން އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް، ހުށިޔާރުކަމާ އެކު ދިފާއު ކުރި އެވެ.

ކްރޮއޭޝިއާއިން އުފައްދަން ހަމަލާތައް ހުއްޓވުމުގައި ސްޕެއިންގެ ޑިފެންޑަރު މާކް ކުކްރެޔާ މުހިންމު ދައުރެއް އަދާކުރި އެވެ. މަޓޭއޯ ކޮވަސޮވިޗަށް ދެ ފަހަރަށް ލިބުނު ފުރުސަތު ވެސް ހުރަސް އެޅީ ކުކްރެޔާ އެވެ.

އެ ލަނޑު ސައްހަ ކަމާ މެދު ސްޕޭންގެ ކުޅުންތެރިން ސުވާލު އުފެއްދުމުން ވީއޭއާރް މެދުވެރި ބެލި އެވެ. ޕެރިސިޗް ވަނީ މާކުރިން އޭރިއާ ތެރެއަށް ވަދެފައިކަން، ވީއޭއާރުން ދެއްކި އެވެ. އަލުން ޕެނަލްޓީ ޖާހާކަށް ރެފްރީ ނާންގަ އެވެ. ނިންމީ ލަނޑު ސައްހަ ނޫން ކަމަށެވެ.