Roadha Mihaaru
11 އަހަރަށްފަހު ސްޕެއިން ޔޫރަޕްގެ ފުޓްބޯޅައިގެ އުހަށް

11 އަހަރަށްފަހު ސްޕެއިން ޔޫރަޕްގެ ފުޓްބޯޅައިގެ އުހަށް

19 ޖޫން 2023

ރޮޓަޑަމް، ނެދަލެންޑްސް (ޖޫން 19) - ޔޫއެފާ ނޭޝަން ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން، 11 އަހަރަށް ފަހު ޔޫރަޕްގެ ފުޓްބޯޅައިގައި ތައްޓެއް ހޯދައިފި އެވެ.

ރޮޓަޑަމް، ނެދަލެންޑްސް (ޖޫން 19) - ޔޫއެފާ ނޭޝަން ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން، 11 އަހަރަށް ފަހު ޔޫރަޕްގެ ފުޓްބޯޅައިގައި ތައްޓެއް ހޯދައިފި އެވެ.

ސްޕެއިންގެ މި ކާމިޔާބަކީ، އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލުން 2012 ގެ ޔޫރޯ ކާމިޔާބު ކުރި ފަހުން އެ ގައުމުގެ ސީނިއާ ޓީމުން ހޯދި ފުރަތަމަ ތައްޓެވެ.

ނެދަލެންޑްސްގެ ފޭނޯޑްގެ ޑި ކުއިޕް ސްޓޭޑިއަމްގައި ކުޅުނު މެޗު 90 މިނެޓް ހަމަވިއިރު ވެސް ލަނޑެއް ނުޖެހުނެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ދެން ދިޔައީ ޕެނަލްޓީ ޝޫޓްއައުޓަށެވެ.

ކްރޮއޭޝިއާގެ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ލޮވްރޯ މަޔާ ޖެހި ޕެނަލްޓީ ސްޕެއިންގެ ކީޕަރު އުނައި ސިމޯން ސަލާމަތް ކުރި އެވެ. އެހެންވެ ސްޕެއިން އައިމެރިކް ލަޕޯޓް އަށް އެ ޓީމު މެޗުން މޮޅުކޮށްދޭން ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

އަނެއްކާ ވެސް އިތުރަށް ޕެނަލްޓީ ޖަހަން ޖެހުމުން ސިމޯން އަނެއްކާ ވެސް ވަނީ ކްރޮއޭޝިއާގެ ޕެނަލްޓީ ބްރުނޯ ޕެޓްކޮވިޗް ފޮނުވާލުން ދިފާއުކޮށްފަ އެވެ. ދެން ސްޕެއިންގެ ޑެނީ ކާވަހާލް އަށް އެ ޓީމު މެޗުން މޮޅުކޮދޭން ލިބުނު ފުރުސަތުގައި އޭނާ ވަނީ ޕެނެންކާ ޕެނަލްޓީއެއް ވައްދާލައި ސްޕެއިން އަށް މެޗު ކާމިޔާބުކޮށް ދީފަ އެވެ.

ސްޕެއިން ވަނީ 2021 ގެ ނޭޝަން ލީގުގެ ފައިނަލުގައި ފްރާންސް އަތުން ބަލިވެފަ އެވެ. މިދިޔަ ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، އޭރުގެ ކޯޗު ލުއިސް އެންރީކޭ ޓީމު ދޫކޮށްލުމުން ސްޕެއިންއާ ހަވާލުވި ލުއިސް ޑެ ލާ ފުއެންޓޭގެ ހަތަރުވަނަ މެޗުގައި އޭނާ ވަނީ ސްޕެއިން އަށް ތައްޓެއް ހޯދައި ދިފަ އެވެ.