27 ނޮވެމްބަރ 2022
އައް ރައްޔާން (ނޮވެމްބަރު 27) - ކެނެޑާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކްރޮއޭޝިއާ އިން ކާމިޔާބު ހޯދައި، ގުރޫޕް އެފް ގައި ދެވަނަ ބުރުގެ ރޭސް ފޯރި ގަދަވެ، ބެލްޖިއަމަށް ޕްރެޝަރު ބޮޑު ވެއްޖެ އެވެ.
އައް ރައްޔާން (ނޮވެމްބަރު 27) - ކެނެޑާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކްރޮއޭޝިއާ އިން ކާމިޔާބު ހޯދައި، ގުރޫޕް އެފް ގައި ދެވަނަ ބުރުގެ ރޭސް ފޯރި ގަދަވެ، ބެލްޖިއަމަށް ޕްރެޝަރު ބޮޑު ވެއްޖެ އެވެ.
ތިން މެޗުގެ ތެރެއިން ދެ މެޗުން ވެސް ބަލިވެ، ކެނެޑާ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ބަންދުވީ ކުރިއަށް އޮތް މެޗުން މޮޅު ވިޔަސް ގަދަ 2 ގެ ޖާގަ އެ ޓީމަށް ނުލިބޭނެކަން ޔަގީން ވުމުންނެވެ.
ގުރޫޕްގެ ގަދަ 2 ގައި މިހާރު އޮތީ ކްރޮއޭޝިއާ އާއި މޮރޮކޯ އެވެ. ދެ ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މިރޭ މޮރޮކޯ އަތުން ބަލިވި ގުރޫޕްގެ ފޭވަރިޓްގެ ގޮތުގައި ބެލި ބެލްޖިއަމް ތިން ޕޮއިންޓާއެކު އޮތީ ތިންވަނައިގަ އެވެ. މިހާރު އެ ޓީމަށް އޮތް ޕްރެޝަރު ވަނީ ބޮޑު ވެފަ އެވެ. އެ ޓީމަށް ދެން އޮތީ ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވިޔަސް ކްރޮއޭޝިއާ އަށް ދެވަނަ ބުރަށް ދެވޭނެ އެވެ.
މިއަދުގެ މެޗު ފެށިގެން ދެވަނަ މިނެޓްގައި ކެނެޑާއިން ލީޑް ނެގި އެވެ. އެ ޓީމުގެ ޓަޖޮން ބުޗަނަން ނަގއިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެން އަލްފެންސޯ ޑާވިސް ވަނީ ލީޑް ނަގައިފަ އެވެ. މެޗު ފަށައިގެން ހަލުވި ގޭމެއް ކުޅެމުން ދިޔަ ކެނެޑާގެ މައްޗަށް ފުރަތަމަ ހާފުގައި ކްރޮއޭޝިއާ އިން ލީޑް ނެގި އެވެ.
ކެނެޑާއިން ކުޅެން މަސައްކަތް ކުރި ހަލުވި ގޭމް ހުއްޓުވަން ކްރޮއޭޝިއާއިން އެންމެ ފުރަތަމަ ބޭނުން ކުރި އުކުޅަކީ ގޭމް ސްލޯ ކޮށްލުމެވެ. އެ އަށް ފަހު މިޑްފީލްޑުން ބޯޅަ ސަޕްލައިކޮށް އުފެއްދި ހަމަލާތަކުން ކްރޮއޭޝިއާގެ ޑިފެންސަށް ބާރު ބޮޑު ކުރި އެވެ.
ކްރޮއޭޝިއާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު އަންދްރޭ ކްރަމަރިޗް ޖެހީ އީވާން ޕެރިސިޗް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ކްރޮއޭޝިއާ އަށް ލީޑް ނަގައިދިން ލަނޑު ޖެހީ މާކޯ ލިވާޖާ އެވެ. އޭނާ ލަނޑު ޖެހީ ޖޯސިޕް ޖުރަނޮވިޗް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
މެޗުގެ 80 ވަނަ މިނެޓްގައި ކްރަމަރިޗް ވަނީ ކްރޮއޭޝިއާގެ ތިންވަނަ ލަނޑު ޖަަހައިފަ އެވެ. ދެވަނަ ހާފުގެ ފަހު ކޮޅު ވީ ކްރޮއޭޝިއާ އަށް ފަސޭހަ ވަގުތު ކޮޅަކަށެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު ލޮވްރޯ މެޖާ ޖެހީ މިސްލާވް އޮރްސިޗް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. އެ ބޯޅަ ޖަހަން އޮރްސިޗް އަށް ވެސް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ ބޯޅަ ދިނީ ލޮވްރޯ އެވެ.
ކެނަޑާ ކޯޗުގެ ބަހުގެ ހަމަލާ ވިހަވެއްޖެ
ޖަޕާން ހިތްދަތިކޮށްލުމަށް ފަހު ކްރޮއޭޝިއާ ކުއާޓާ އަށް
މޮރޮކޯ އަށް އެއްވަނަ ކްރޮއޭޝިއާ އަށް ދެވަނަ
ކްރޮއޭޝިއާ މޮޅުވާން އަލްބޭނިއާ ފުރުސަތެއް ނުދިން
ވޯލްޑް ކަޕްގެ "އެންމެ ރީތި ފޭން" ރާއްޖޭގައި
މޮރޮކޯ އަށް ހިތްދަތިކަން، ކްރޮއޭޝިއާ އަށް ތިންވަނަ
މެސީގެ ރެކޯޑްތަކާއެކު އާޖެންޓީނާ ފައިނަލަށް
ޕްރެޝަރު އޮތީ އާޖެންޓީނާ އަށް: ޑަލިޗް
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި