01 ޑިސެމްބަރ 2022
ދޯހާ (ޑިސެމްބަރު 1) - ކެނަޑާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް އެފްގެ އެއްވަނައިގައި މޮރޮކޯ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ދޯހާ (ޑިސެމްބަރު 1) - ކެނަޑާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް އެފްގެ އެއްވަނައިގައި މޮރޮކޯ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މޮރޮކޯ އަށް އެއްވަނަ ލިބުނީ މެޗުން މޮޅުވުމުގެ އިތުރަށް އެ ގުރޫޕްގެ އަނެއް މެޗުގައި ކްރޮއޭޝިއާ އާއި ބެލްޖިއަމް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.
މުބާރާތުގެ ވަރުގަދަ ޓީމެއްގެ ގޮތުގައި ބެލެވުނު ބެލްޖިއަމް ވަނީ މެޗު އެއްވަރުވުމުން މުބާރާތުން ކަޓައިފަ އެވެ.
ވޯލްޑް ކަޕުގައި މީގެ ކުރިން މޮރޮކޯ ދެވަނަ ބުރަށް ދަތުރު ކުރީ 1986 ގަ އެވެ. މިއީ ވޯލްޑް ކަޕުގައި އެ ޓީމު ވާދަކުރާ ހަ ވަނަ ފަހަރެވެ.
މެޗު ފަށައިގެން ދެވަނަ މިނެޓްގައި މޮރޮކޯގެ ހާކިމް ޒިޔެޝް ވަނީ އެ ޓީމަށް ލީޑް ނަގައި ދީފަ އެވެ. އޭނާ ލަނޑު ޖެހީ ކެނަޑާގެ ކީޕަރު މިލާން ބޯޖަން އަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ.
ކެނަޑާގެ އޭރިއާގެ ބޭރުން ބޯޖަން، އެ ޓީމުގެ އެހެން ކުޅުންތެރިޔަކަށް ދޭން އުޅުނު ބޯޅަ ދެވުނީ ޒިޔެޝް އަށެވެ. އޭނާ ވަނީ ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.
މެޗުގެ ކުރީކޮޅުގައި ނެގި ލީޑާއެކު މޮރޮކޯގެ ޓީމުން ކުޅެމުން ދިޔައީ އިތުބާރާއެކު އެވެ. ނަތީޖާ އަކަށްވީ 25 މިނެޓް ހަމަނުވަނީސް އެ ޓީމުގެ ލީޑް ފުޅާކުރަން ފުރުސަތު ލިބުމެވެ. މެޗުގެ 23 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ ދިން ބޯޅަ އަކުން ޔޫސުފް އެން ނެސޭރީ އެވެ. އޭނާ ވެފައި ވަނީ ވޯލްޑް ކަޕްގެ ދެ މުބާރާތެއްގައި ލަނޑު ޖެހި މޮރޮކޯގެ ކުޅުންތެރިޔާ އަށެވެ.
ކެނެޑާ އަށް ހިތްވަރެއް ލިބުނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަ ކުރެވުމުންނެވެ. އެ ޓީމުން އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޑިފެންޑަރު ނާއިފް އަގުއާޑްގެ ފައިގައި ޖެހިފައި ގޮސް ވަނީ ގޯލްގެ ތެރެއަށެވެ. މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އަށް އެ ބޯޅަ ދިފާއު ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވީ ބޯޅަ ސަލާމަތް ކުރުމުގައި އޭނާ އަށް ފަރުވާ ކުޑަކޮށްލެވުމުންނެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ނަސޭރީ އަށް އިތުރު ގޯލެއް ޖެހުނު ކަމަށް ހީކޮށް އޭނާ އުފާފާޅު ކުރި އެވެ. އެކަމަކު އެސިސްޓެންޓް ރެފްރީ ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ. އޮފްސައިޑްވީ ނާއިފް އަގުއާޑް އެވެ. ބޯޅަ ދިޔައީ އޭނާގެ ގައިގައި ޖެހިފަ އެވެ.
މި ގުރޫޕްގައި ދެން އޮތް އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ އަދި އެންމެ ފަހުގެ ތިންވަނަ ބެލްޖިއަމް ކުޅުނު މެޗު ނިމުނީ ލަނޑެއްް ނުޖެހި އެވެ. ގުރޫޕްގެ އެއްވަނަ މޮރޮކޯ ހޯދުމުން ދެވަނަ ބުރުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ގުރޫޕް އީ ގެ ދެވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. މިވަގުތު އެ ގުރޫޕުގެ ދެވަނައިގައި މިވަގުތު އޮތީ ޖަޕާނެވެ.
ގުރޫޕް އެފްގެ ދެވަނަ އަށް ކްރޮއޭޝިއާ ދިއުމުން އެ ޓީމު ވާދަކުރާނީ ގުރޫޕް އީ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އެއްވަނައިގައި މިވަގުތު އޮތީ ސްޕެއިންނެވެ.
ގުރޫޕް އީގެ ފަހު މެޗުތަކުގައި މިރޭ ސްޕެއިން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. ތިންވަނައިގައި އޮތް ކޮސްޓަރިކާ ނުކުންނާނީ ފުލުގައި އޮތް ޖަރުމަނާ ދެކޮޅަށެެވެ. އެ ދެ މެޗު ވެސް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
ކެނަޑާ ކޯޗުގެ ބަހުގެ ހަމަލާ ވިހަވެއްޖެ
މޮރޮކާއިން ފަހުގެ ރަނަރަފް ކްރޮއޭޝިއާ މާޔޫސްކޮށްލައިފި
މޮރޮކޯ އަށް ހިތްދަތިކަން، ކްރޮއޭޝިއާ އަށް ތިންވަނަ
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު
އެފްރިކާގެ ފުޓްބޯޅަ ބަދަލުކޮށްލި މޮރޮކޯގެ "ގާޑިއޯލާ"
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ބެލްޖިއަމްގެ މީޑިއާއިން މަސައްކަތްކުރަނީ ޓީމުގެ ހަލާކަށް
ކެނެޑާ ކަޓައިފި، ކްރޮއޭޝިއާމޮޅުވެ ބެލްޖިއަމަށް ޕްރެޝަރު
މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފި