Roadha Mihaaru
މޮރޮކޯ އަށް ހިތްދަތިކަން، ކްރޮއޭޝިއާ އަށް ތިންވަނަ

މޮރޮކޯ އަށް ހިތްދަތި ނަތީޖާއެއް، ކްރޮއޭޝިއާ އަށް ތިންވަނަ

17 ޑިސެމްބަރ 2022

އަލް ކޯރް (ޑިސެމްބަރު 17) - ވޯލްޑް ކަޕުގެ ތިންވަނަ ހޮވި މެޗުގައި ކްރޮއޭޝިއާ އަތުން 2-1 ން ބަލިވެ މޮރޮކޯ އަށް ހިތްދަތި ނަތީޖާއެއް ކުރިމަތިވެއްޖެ އެވެ.

އަލް ކޯރް (ޑިސެމްބަރު 17) - ވޯލްޑް ކަޕުގެ ތިންވަނަ ހޮވި މެޗުގައި ކްރޮއޭޝިއާ އަތުން 2-1 ން ބަލިވެ މޮރޮކޯ އަށް ހިތްދަތި ނަތީޖާއެއް ކުރިމަތިވެއްޖެ އެވެ.

މެޗުން މޮޅުވެ ކްރޮއޭޝިއާ ވަނީ ވޯލްޑް ކަޕުގެ ލޯ މެޑަލް ހޯދައިފަ އެވެ. ކްރޮއޭޝިއާ 1992 ގައި އުފެދި ވޯލްޑް ކަޕުގައި އެ ޓީމު އެންމެ ފުރަތަމަ ވާދަ ކުރީ 1998 ގަ އެވެ. ފުރަތަމަ ވޯލްޑް ކަޕުގައި ވެސް އެ ޓީމުން ވަނީ ނެދަލެންޑްސް ބަލިކޮށް ތިންވަނަ ހޯދައިފަ އެވެ.

ގުރޫޕް ސްޓޭޖުގައި، އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލި މެޗުގައި މޮރޮކޯގެ ޓީމުން ރަނގަޅު ކުޅުމެެއް ދެއްކި އެވެ. މިރޭގެ މެޗުގައި ވެސް އެކަން ތަކުރާރުވާނެ ކަމަށް އުންމީދު ކުރެވުނެވެ. ނުރައްކާތެރި ގިނަ ފުރުސަތުތައް އުފެއްދީ ވެސް ކްރޮއޭޝިއާއިންނެވެ.

އެކަމަކު މެޗުގެ ލިޑް ކްރޮއޭޝިއާއިން ނެގިތާ ދެ މިނެޓް ނުވަނީސް މޮރޮކޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ ހަތްވަނަ މިނެޓްގައި ޖޮސްކޯ ގްވާޑިއޯލް އެ ޓީމަށް ލީޑް ނަގައި ދިނީ އީވާން ޕެރިޝިޗް ބޮލުން ދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މޮރޮކޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖަހައި ދިނީ އުމުރުން 18 އަޝްރަފް ދާރީ އެވެ. އޭނާ ލަނޑު ޖެހީ ހާކިމް ޒިޔެޝް ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 42 ވަނަ މިނެޓްގައި އެ ލަނޑު ޖެހީ މިސްލާވް އޮރިޝިޗް އެވެ.

ދެވަނަ ހާފުގައި ކްރޮއޭޝިއާއިން ހަމަލާތައް ވަރުގަދަ ކުރި އެވެ. ލަނޑު ޖަހާނެ ފުރުސަތު މޮރޮކޯ އަށް ވެސް ލިބުނެވެ. އެ ޓީމުގެ އައް ނެސޭރީ އަށް ވަނީ ނުރައްކާތެރި ދެ ފުރުސަތެއް ލިބިފަ އެވެ.

އާޖެންޓީނާ އާއި ފްރާންސް ކުޅޭ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެ އެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭ ގަނޑު 8 ޖާހާއިރު އެވެ.