Roadha Mihaaru
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު

މީޑިއާގެ ފާޑުކިޔުންތަކުން ސްކޮލާނީ އާއި ޑަލިޗަށް ވެސް ސަލާމެއްތެއް ނުވެވުނު

13 ޑިސެމްބަރ 2022

ލުސައިލް (ޑިސެމްބަރު 13) - ވޯލްޑް ކަޕު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނަ ކްރޮއޭޝިއާ އާއި އާޖެންޓީނާ ކޯޗުން ކަމަށްވާ. ޒްލަޓްކޯ ޑަލިޗް އާއި ލިއޮނެލް ސްކޮލާނީ އަށް ވެސް މީޑީއާގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ލުސައިލް (ޑިސެމްބަރު 13) - ވޯލްޑް ކަޕު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނަ ކްރޮއޭޝިއާ އާއި އާޖެންޓީނާ ކޯޗުން ކަމަށްވާ. ޒްލަޓްކޯ ޑަލިޗް އާއި ލިއޮނެލް ސްކޮލާނީ އަށް ވެސް މީޑީއާގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އާޖެންޓީނާގެ ކޯޗު ސްކޮލާނީ އަށް މީޑީއާގެ ފާޑުކިޔުން އަމާޒުވީ ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް މޮޅުވުމުން، އާޖެންޓީނާގެ ކުޅުންތެރިން ނެދަލެންޑްސްގެ ކުޅުންތެރިންނަށް ބޭއިހުތިރާމް ކުރާ ގޮތަށް އުފާފާޅު ކުރުމުންނެވެ. ޑަލިޗް އަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ޓީމުގެ ކުޅުމާ ބެހޭގޮތުންނެވެ.

ސްކޮލާނީ ވެސް ވަނީ އޭނާގެ ޓީމ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް ވެސް އޭނާ ބޭނުމެއް ނުވި އެވެ.

"އަހަރެން ބޭނުން މި މައުލޫ މިހާހިސާބުން ނިންމާލަން،" ސްކޮލާނީ ބުންޏެވެ.

އާޖެންޓީނާއަކީ އެކަހަލަ ސުލޫކެއް ގެންގުޅޭ ޓީމެއް ކަމަށް ހީކުރާ ހިޔާލަށް ނިމުމެއް ގެންނަން ޖެހޭ. އަހަރެމެން ނެދަލެންޑްސް އަށް އިހުތިރާމް ކުރަން. މިހާރު ކްރޮއޭޝިއާ އަށް ވެސް އިހުތިރާމް އެބައޮތް. ސައުދީ އަރަބިއްޔާ އަތުން ބަލިވެގެން ވެސް އަހަރެމެން އެއްވެސް އެއްޗެއް ނުބުނަން.

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ ކުޅިވަރުގެ އުސޫލާ ހިލާފު ސުލޫކެއްގެ އަހަރެމެން ގެންގުޅުނުކަމަށްކަށް. އަދި ރެފްރީއެއް ވެސް ހުރި. އެކަހަލަ އުސޫލެއް އަހަރެމެން ގެންގުޅޭކަމަށް ހިވާ ހިޔާލު ދޫކޮށްލަން ޖެހޭ."

ނެދަލެންޑްސްގެ މައްޗަށް ޕެނަލްޓީގައި ކާމިޔާބު ހޯދުމަށް ފަހު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ނެދަލެންޑްސްގެ ކުޅުންތެރިންނަށް ބޭއިހުތިރާމް ވާގޮތަށް އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

ނެދަލެންޑްސްގެ މައްޗަށް ޕެނަލްޓީގައި ކާމިޔާބު ހޯދުމަށް ފަހު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ނެދަލެންޑްސްގެ ކުޅުންތެރިންނަށް ބޭއިހުތިރާމް ވާގޮތަށް އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

ކްރޮއޭޝިއާގެ ކޯޗު ޑަލިޗްގެ ޓީމަށް މިފަހަރުގެ ވޯލްޑް ކަޕުގައި މެޗުގެ ފުރިހަމަވަގުތުގައި ނަތީޖާ ނެރެވުނީ އެންމެ މެޗެއްގަ އެވެ. ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލާ ސީދާ އަމާޒުކޮށް އޭނާގެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އޭނާ ގެންގުޅޭ ޓެކްޓިކްސްގެ ސަބަބުން ބަލަން ފޫހިވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުން އޭނާ ފުއްދާލި ކުރު ޖަވާބަކުންނެވެ.

"އަހަރެމެން ބޭނުން ވަނީ މެޗުން މޮޅުވެ ނަތީޖާ ނެރެން. އަހަރެމެން މިތިބީ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި. އެހާހިސާބަށް އާދެވުނީމަ ހުރިހާ ވާހަކައަކަށް ނިމުން އާދޭ،" ޑަލިޗް ބުންޏެވެ.

ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއިން ވަނީ އާޖެންޓީނާ މައްޗަށް 3-0 ން ކުރި ހޯދައިފަ އެވެ. މިއީ އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ތިންވަނަ ފަހަރެވެ.

ޑަލިޗް ބުނީ މިރޭގެ މެޗަށް ނުކުންނައިރު ޕްރެޝަރުގައި އޮތީ އާޖެންޓީނާ އަށް ކަމަށެވެ.

"މިއީ އެ ޓީމަށް ވަރަށް މުހިންމު މެޗެއް. އަހަރެމެންގެ ސަޕޯޓަރުންނަށް ވުރެ ގިނައިން އެ މީހުންގެ ސަޕޯޓަރުން ގިނަ ވާނެ. އެވެދާނެ އަހަރެމެންނަށް އުނދަގުލަކަށް. އެކަމަކު އަހަރެމެން ޝަކުވާ ކުރާކަށް ނެތިން. އަހަރެމެން މި ކުޅެނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް އެހެންވީމަ އަހަރެމެން މެޗުގައި ހިތްހަމަޖެހިގެން ކުޅޭނަން."

ލުސައިލްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު އެވެ.