Roadha Mihaaru
އާޖެންޓީނާއިން 15 އަހަރު ދިނަސް ސޮއިކުރާނަން: ކޯޗު

އާޖެންޓީނާއިން އަހަންނަށް 15 އަހަރުގެ އެއްބަސްވުމެއް ދިނަސް ސޮއި ކުރާނަން: ސްކޮލާނީ

16 ޖުލައި 2024

ފްލޮރިޑާ (ޖުލައި 16) – އާޖެންޓީނާގެ ކޯޗުގެ ގޮތުގައި 15 އަހަރަށް ދެމިގެންދާ އެއްބަސްވުމެއް ދިނަސް ސޮއި ކުރާނެ ކަމަށް، ކޯޗު ލިއޮނެލް ސްކޮލާނީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފްލޮރިޑާ (ޖުލައި 16) – އާޖެންޓީނާގެ ކޯޗުގެ ގޮތުގައި 15 އަހަރަށް ދެމިގެންދާ އެއްބަސްވުމެއް ދިނަސް ސޮއި ކުރާނެ ކަމަށް، ކޯޗު ލިއޮނެލް ސްކޮލާނީ ބުނެފި އެވެ.

އާޖާންޓީނާގެ ކޯޗުކަމާ، އެ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ސްކޮލާނީ ހަވާލުވީ 2019 ގަ އެވެ. އޭގެ ކުރިން ބޮޑެތި މުބާރާތްތަކުގައި ހިތްދަތި ނަތީޖާތަކާ ކުރިމަތިލާން ޖެހުނު އާޖެންޓީނާގެ ޓީމު އޭނާ ބަދަލުކޮށްލި އެވެ.

އޭނާގެ ކޯޗުކަމުގެ ދަށުން ކޮޕާ އެމެރިކާ އާއި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވެސް އާޖެންޓީނާ އަށް ހޯދައިދިނެވެ.

ކޮލަމްބިއާ ބަލިކޮށް ކޮޕާ އެމެރިކާ ދެވަނަ ފަހަރަށް އިއްޔެ ކާމިޔާބުކޮށް އޭނާ ވަނީ ކުރިން ސްޕެއިނުން ހޯދާފައިވާ ކާމިޔާބަކާ އެއްވަރުކޮށްފަ އެވެ. އެއީ ބޮޑު ތިން މުބާރާތުގެ ތަށި ވިދިވިދިގެން ހޯދުމެވެ. ސްޕެއިނުން ވަނީ 2008-2012 އަށް ޔޫރޯ އާއި ވޯލްޑް ކަޕް އަދި އަނެއްކާ ވެސް ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އިއްޔެ ހޯދި ތައްޓާ އެކު އާޖެންޓީނާއިން ވަނީ 2021 އަށް 2024 އަށް ކޮޕާ އެމެރިކާ އާއި ވޯލްޑް ކަޕް އަދި އަނެއްކާ ވެސް ކޮޕާ އެމެރިކާ ކާމިޔާބުކޮށްފަ އެވެ.

އާޖެންޓީނާގެ ކޯޗުކަމުގައި އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު ކުރުމުން ސްކޮލާނީ ބުނީ އޭނާގެ އެއްބަސްވުމުގައި ދެ އަހަރު ކުރިއަށް އެބައޮތް ކަމަށެވެ. އުތުރު އެމެރިކާ ބައްރުގެ ތިން ގައުމުގައި 2026 ގައި ބާއްވާ ވޯލްޑް ކަޕް ނިމެންދެން އޭނާ އެ ޓީމުގައި ހުންނާނެ އެވެ.

"މިހާރު އަހަރެންގެ އެއްބަސްވުމުގައި އިތުރު ދެ އަހަރުގެ މުއްދަތެއް އެބައޮތް. އަހަރެމެން ބުނަން ޖެހޭނެ (ފުޓްބޯޅަ އެސޯސިއޭޝަންގެ) ރައިސް ކައިރީގައި އަހަރެން 15 އަހަރަށް ސޮއި ކުރުވާށޭ. އަދި އަހަރެން އޭގައި ސޮއި ކުރާނަން." ސްކޮލާނީ ބުންޏެވެ.