އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް އަނިޔާވެ، ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ބާކީ ކޮށްފި އެވެ.
18 މާޗް 2025
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް އަނިޔާވެ، ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ބާކީ ކޮށްފި އެވެ.
މެސީގެ ކްލަބް އިންޓަ މަޔާމީން ބުނީ އިއްޔެ ހެދި އެމްއާރްއައި ސްކޭނުން މެސީގެ ކަކުލަށް ލޯ ގްރޭޑް އަނިޔާއެއް ވެފައިވާކަން ދައްކާ ކަމަށެވެ.
އެމެރިކާގެ މޭޖާ ލީގުގެ ކްލަބުން ބުނީ އެ ޓީމުގެ ކެޕްޓަނުގެ ކަކުލުގެ ޓެސްޓްތަކެއް ހެދީ އާދިއްތަ ދުވަހު ކުޅުނު މެޗަށް ފަހު އޭނާގެ ކަކުލުގައި ރިއްސަން ފެށުމުން ކަމަށެވެ.
މި އަހަރު ޖޫން މަހު 38 އަހަރު ފުރޭ މެސީ ވަނީ އެ މެޗުގައި ފުލުކޮށް ކުޅެ ހިތްގައިމު ލަނޑެއް ވެސް ޖަހައިފަ އެވެ.
އެ އަނިޔާއިން ރަނގަޅުވުމަށް ހޭދަވާނީ ކިހާ މުއްދަތެއް ކަމެއް މަޔާމީން ނުބުނެ އެވެ.
ދެކުނު އެމެރިކާގައި އާޖެންޓީނާގެ އެންމެ ވާދަވެރި ދެ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް، ބެލޮންޑިއޯ އެވޯޑް އަށް ފަހަރު ހޯދި މެސީ ނުލައި ކުޅުމަކީ އާޖެންޓީނާ އަށް ކުރިމަތިވާނެ މައްސަލަ އެކެވެ.
ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއްވަނައިގައި އާޖެންޓީނާ އޮތީ 25 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އުރުގުއޭއާ އާޖެންޓީނާއާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ހުކުރު ދުވަހު އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕް ޖާގައެއް ކަށަވަރު ކުރެވޭނެ އެވެ. ބްރެޒިލާ ދެކޮޅަށް އާޖެންޓީނާއިން ނުކުންނާނީ އަންނަ ހަފުތާގަ އެވެ.
ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށް ދިނުމަށް ފަހު މެސީ ބުނެފައި ވަނީ އެ މުބަރާތަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށެވެ. އެކަމަކު އަންނަ އަހަރުގެ މުބާރާތުގައި ވެސް އޭނާ ކުޅެ ދިނުމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކޮލާނީ އާއި އެ ޓީމުގެ އެހެން ކުޅުންތެރިން ވެސް އެދެ އެވެ.
މެސީ ވަރުބަލިވެފައިި ހުރުމުން ސްކޮޑުން އުނިކޮށްފި
މެސީގެ ނުކުޅޭތީ ޗައިނާއިން އާޖެންޓީނާގެ މެޗު ކެންސަލް
އާޖެންޓީނާގެ މޮޅުގެ ފަހަތުގައި "ސިހުރުވެރިން" ތަކެއް؟
މެސީގެ 1000 ވަނަ މެޗުގައި އާޖެންޓީނާ ކުއާޓާއަށް
ވޯލްޑް ކަޕަށް ފަހު ކުރިއަށްދާނެ ގޮތެއް ނޭނގެ: މެސީ
މެސީ ގައުމީ ޓީމަށް ނުނެގީ ކޮވިޑްގެ ސަބަބުން
މެސީގެ ޕެނަލްޓީން އާޖެންޓީނާ މޮޅުވެއްޖެ
ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް: މެސީ
އާޖެންޓީނާ ވޯލްޑް ކަޕަށް، ހުރިހާ ޝުކުރެއް މެސީއަށް!
އާޖެންޓީނާ ގޮވައިގެން މެސީ މަރުގެ މެޗަކަށް