27 ޖެނުއަރީ 2022
ބިއުނޯސް އާރީސް (27 ޖެނުއަރީ) - އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ނުނެގީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އޭނާ އަށް ކުރިމަތިވެފައިވާ އުނދަގުލުގެ ސަބަބުން ކަމަށް އާޖެންޓީނާގެ ކޯޗް ލިއޮނެލް ސްކޮލާނީ ބުނެފި އެވެ.
ބިއުނޯސް އާރީސް (27 ޖެނުއަރީ) - އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ނުނެގީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އޭނާ އަށް ކުރިމަތިވެފައިވާ އުނދަގުލުގެ ސަބަބުން ކަމަށް އާޖެންޓީނާގެ ކޯޗް ލިއޮނެލް ސްކޮލާނީ ބުނެފި އެވެ.
މިމަހު ކުރީކޮޅު މެސީ ވަނީ ކޮވިޑް އަށް ޕޮޒިޓިވް ވިއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ނެގި ސްކޮޑުން މެސީ އަށް ފުރުސަތެއް ނުދެ އެވެ.
ނޮވެމްބަރު، ޑިސެމްބަރުގައި ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން އާޖެންޓީނާ މިހާރު ވެސް ވަނީ ޖާގަ ކަށަވަރުކޮށްފަ އެވެ. ކޮލިފައިންގައި އެޓީމުން މިރޭ ނުކުންނާނީ ޗިލީ އާދެކޮޅަށެވެ. ސްކޮލާނީ ބުނީ މެސީ ޓީމުގައި ހުރުމަށް އޭނާ ވެސް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
"އަހަރެން އޭނާއާ ވާހަކަ ދެއްކިން. އޭނާ ބުނި ކޮވިޑް އަށް ޕޮޒިޓިވް ވުމުން އޭނާ އަށް ވަރަށް ބޮޑަށް އުނދަގޫވި ކަމަށް. އެހެންވެ އޭނާ އަށް ވަރަށް ރަނގަޅޭ މިވަގުތު ކްލަބާއެކު ހުރެވޭ ގޮތް ވެއްޖެއްޔާ. އަހަރެން ނިންމީ އެއީ އޭނާ އަށް ވެސް އެންމެ ރަނގަޅު ގޮތޭ މިވަގުތު ކްލަބާއެކު ހުރުން،" އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ސްކޮލާނީ ބުންޏެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މެސީ ގައުމީ ޓީމުގައި ނުހިމަނަން، ސްކޮލާނީ ނިންމީ ޕީއެސްޖީން ވެސް އެގޮތަށް އެދުމުންނެވެ. ޕީއެސްޖީން ދެކޭ ގޮތުގައި މެސީ ޓީމާއެކު މަޑުކޮށް ކްލަބާއެކު މަސައްކަތް ކުރުން މުހިންމެވެ. އަންނަ މަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް މެސީގެ މުހިންމުކަން އެޓީމަށް ބޮޑުވާނެ ކަމަށް ޕީއެސްޖީން ދެކެ އެވެ.
މެސީ ވަރުބަލިވެފައިި ހުރުމުން ސްކޮޑުން އުނިކޮށްފި
މެސީގެ ޕެނަލްޓީން އާޖެންޓީނާ މޮޅުވެއްޖެ
އާޖެންޓީނާ ވޯލްޑް ކަޕަށް، ހުރިހާ ޝުކުރެއް މެސީއަށް!
އާޖެންޓީނާ ގޮވައިގެން މެސީ މަރުގެ މެޗަކަށް
ކޮލިފައިނުވެދާނެ ކަމުގެ ބިރާ އެކު އާޖެންޓީނާ ކަރުތާ ފެނަށް
މެސީގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ އަށް ހަމަޖެހުމެއް
އެނބުރި އައިސް މެސީ އާޖެންޓީނާ މޮޅުކޮށްދީފި
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި