16 ނޮވެމްބަރ 2016
ސެން ހުއާން، އާޖެންޓީނާ (ނޮވެމްބަރު 16) – ކެޕްޓަން ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ޒޯނުގައި މިއަދު ކޮލަމްބިއާ އަތުން 3-0 އިން މޮޅުވެ އާޖެންޓީނާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.
ސެން ހުއާން، އާޖެންޓީނާ (ނޮވެމްބަރު 16) – ކެޕްޓަން ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ޒޯނުގައި މިއަދު ކޮލަމްބިއާ އަތުން 3-0 އިން މޮޅުވެ އާޖެންޓީނާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.
ގައުމީ ޓީމާ އެކު ރަނގަޅު ކުޅުމެއް ނުދެއްކޭތީ ފާޑުކިޔުން އަމާޒުވެފައިވާ މެސީ ވަނީ މި މެޗުގައި އާދަޔާހިލާފު މޮޅު ހިލޭ ޖެހުމަކުން އާޖެންޓީނާ އަށް ލީޑު ނަގައިދިނީ އަދި އަނެއް ދެ ގޯލް ޖަހަން މަގުފަހުކޮށްދީފަ އެވެ.
މި މޮޅާ އެކު 19 ޕޮއިންޓް ހަމަކޮށް އާޖެންޓީނާ ވަނީ ފަސް ވަނަ އަށް އަރައިފަ އެވެ.. އެއް ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ މިއަދު ޕެރޫއާ ދެކޮޅަށް ނުކުންނަ ބްރެޒިލެވެ. ޗިލީ އަތުން މިއަދު 3-1 އިން ބަލިވި އުރުގުއޭ 23 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ އިކުއެޑޯ އެވެ. އެ ޓީމު ވަނީ މިއަދު ވެނެޒުއޭލާ 3-0 އިން މޮޅުވެފަ އެވެ. ހަތަރު ވަނައިގައި 20 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ޗިލީ އެވެ.
ކޮލިފައިންގައި 10 ޓީމު ވާދަކުރާއިރު ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފަސް ވަނަ ޓީމަށް ފުރުސަތު ލިބޭނީ އޯޝޭނިއާ ބައްރުގެ އެއް ވަނަ ޓީމާ އެކު ކުޅޭ ޕްލޭއޮފް ދެ ލެގުން ކުރި ލިބިއްޖެ ނަމަ އެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ ހަ މެޗެވެ.
އާޖެންޓީނާގެ ސެން ހުއާންގައި މިއަދު ކުޅުނު މެޗުގައި އެ ޓީމަށް މެސީ ލީޑު ނަގައިދިނީ 10 ވަނަ މިނެޓުގަ އެވެ. އޭރިއާ ބޭރުން، ގޯލުގެ ސީދާ މެދާ ދިމާލުން މެސީ ޖެހި ހިލޭ ޖެހުން ވަނީ ގޯލުގެ މަތީ ކަނުގަ އެވެ. މިއީ ފަހަކަށް އައިސް މެސީ ކާމިޔާބުކުރި އެންމެ މޮޅު ހިލޭ ޖެހުމެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 23 ވަނަ މިނެޓުގައި ލޫކަސް ޕްރަޓޯ ބޮލުން ކާމިޔާބުކުރީ މެސީ ނަގައިދިން ހުރަހަކުންނެވެ. އަދި ތިން ވަނަ ލަނޑު ރެއާލް މެޑްރިޑުގެ ކުރީގެ ތަރި އެންހެލް ޑި މަރިއާ 84 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވެސް ކެޕްޓަން މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އާޖެންޓީނާ ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އެންމެ ދެ ޕޮއިންޓް ލިބިފައިވީ ނަމަވެސް ދެކުނު އެމެރިކާގެ ގަދަ ބާރު ކޮލަމްބިއާ އަތުން ހޯދި މި މޮޅާ އެކު ވަނީ އަލުން ރަނގަޅު ޓްރެކަށް އަރައިފަ އެވެ. މި މެޗުގައި މެސީ ޖެހި ގޯލަކީ އޭނާ އާޖެންޓީނާ އަށް ކުޅެދިން 116 މެޗުން ކާމިޔާބުކުރި 57 ގޯލެވެ. މާނައަކީ އެވްރެޖްކޮށް ކޮންމެ ދެ މެޗަކުން އޭނާ ގޯލެއް ޖަހާފައިވުމެވެ.
މެސީ ވަރުބަލިވެފައިި ހުރުމުން ސްކޮޑުން އުނިކޮށްފި
މެސީ ގައުމީ ޓީމަށް ނުނެގީ ކޮވިޑްގެ ސަބަބުން
މެސީގެ ޕެނަލްޓީން އާޖެންޓީނާ މޮޅުވެއްޖެ
އާޖެންޓީނާ ވޯލްޑް ކަޕަށް، ހުރިހާ ޝުކުރެއް މެސީއަށް!
އާޖެންޓީނާ ގޮވައިގެން މެސީ މަރުގެ މެޗަކަށް
ކޮލިފައިނުވެދާނެ ކަމުގެ ބިރާ އެކު އާޖެންޓީނާ ކަރުތާ ފެނަށް
އެނބުރި އައިސް މެސީ އާޖެންޓީނާ މޮޅުކޮށްދީފި
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި