Roadha Mihaaru
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް

މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް

10 ޖުލައި 2024

ނިއު ޖާޒީ (ޖުލައި 10) - މިފަހަރުގެ ކޮޕާ އެމެރިކާގައި ލިއޮނެލް މެސީ ޖެހި ހަމައެކަނި ލަނޑާ އެކު ކެނެޑާ ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނިއު ޖާޒީ (ޖުލައި 10) - މިފަހަރުގެ ކޮޕާ އެމެރިކާގައި ލިއޮނެލް މެސީ ޖެހި ހަމައެކަނި ލަނޑާ އެކު ކެނެޑާ ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރާއްޖޭ ގަޑިން މިއަދު ހެނދުނު ކުޅުނު މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓްގައި ޖެހީ ހޫލިއަން އަލްވަރޭޒް އެވެ. އޭނާ ލަނޑު ޖެހީ ރޮޑްރިގޯ ޑި ޕޯލް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

މުބާރާތުގައި އާޖެންޓީނާ ކުރިން ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ކުއާޓާ ފައިނަލުގެ ޕެނަލްޓީޝޫޓްގައި ވެސް މެސީ އަށް ޕެނަލްޓީން ވެސް ލަނޑު ޖެހިފައެއް ނުވެ އެވެ. އެހެން މެޗުތަކުގައި ފުރުސަތުތައް ލިބުނު ބޭކާރުވީ އެވެ.

އެކަމަކު ސެމީ ފައިނަލުގައި އޭނާގެ ވެސް ލަނޑަކާ އެކު އާޖެންޓީނާ ފައިނަލަށް ގެންގޮސް ދިނީ އެވެ. މެޗުގެ 51 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ އެންޒޯ ފެނާންޑޭޒް ދިން ފުރުސަތަކުންނެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ވެސް ކެނެޑާ އާއި އާޖެންޓީނާ ވަނީ ވާދަކޮށްފަ އެވެ. އެ މެޗު ވެސް އާޖެންޓީނާ ކާމިޔާބު ކުރީ 2-0 ންނެވެ.