01 ޑިސެމްބަރ 2022
ދޯހާ (ޑިސެމްބަރު 1) - ބެލްޖިއަމްގެ ޓީމު ބައިބައިކުރަން އެ ގައުމުގެ މީޑީއާތަކުން މަސައްކަތް ކުރާ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ތުހުމަތު ކޮށްފި އެވެ.
ދޯހާ (ޑިސެމްބަރު 1) - ބެލްޖިއަމްގެ ޓީމު ބައިބައިކުރަން އެ ގައުމުގެ މީޑީއާތަކުން މަސައްކަތް ކުރާ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ތުހުމަތު ކޮށްފި އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިންވަނަ ހޯދި އަދި ދުނިޔޭގެ ރޭންކިންގެ ދެވަނަގައިގައި އޮތް ބެލްޖިއަމް އަށް މިފަހަރުގެ ވޯލްޑް ކަޕްގައި ވަނީ ގޮންޖެހުންތަކެއް ކުރިމަތި ވެފަ އެވެ. މޮރޮކޯ އާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމުން، ބެލްޖިއަމްގެ ޓީމުގެ ތެރޭގައި މައްސަލަ އުފެދިފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.
އެކަމަކު މީޑީއާ ފަތުރާ އެ ވާހަކަތައް މާޓިނޭޒް ދޮގި ކުރެ އެވެ.
"ބެލްޖިއަމްގެ މީޑީއާއިން ދަނީ ފޭކް ޚަބަރު ފަތުރަމުން،" މާޓިނޭޒް ބުންޏެވެ.
"ބެލްޖިއަމްގެ ބައެއް ނޫސްތަކަކީ ފޭކް ޚަބަރުތަކަކަށް ވަރަށް އަވަހަށް ފުންމާލާ ބައެއް. އެއީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވަނީ. ގައުމު އެކުވެރި ކުރުމަށް ވުރެ މި ޓީމުގައި ހުރި ނެގެޓިވް ޚަބަރުތައް ހޯދައިގެން ފެތުރުމަކީ އެ މީހުންނަށް މާ ރަނގަޅު ކަމެއް."
މާޓީނޭޒް ބުނި ގޮތުގައި މީޑީއާއިން ފަތުރާ ވާހަކަތަކުން ގައުމީ ޓީމަށް އެކަން ވާނީ ލިބޭ ހިތްވަރަށެވެ. އޭނާ ބުނީ މީޑިއާއިން ފަތުރާ ވާހަކަތަކުން ޓީމު ބައްޔެއް ނުކުރެވޭނެ ކަމަށެވެ.
މިރޭ ބެލްޖިއަމް ނުކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ. ދެވަނަ ބުރަށް ދާނަމަ މެޗުން މޮޅުވުން ނޫން ގޮތެއް ބެލްޖިއަމް އަށް ނެތެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ކްރޮއޭޝިއާ އަށް އަނެއް ބުރަށް ދެވޭނެ އެވެ މެޗު ފަށާނީ ރާއްޖޭ ގަޑިން 8 ޖަހާއިރު އެވެ.
މޮރޮކޯ އަށް އެއްވަނަ ކްރޮއޭޝިއާ އަށް ދެވަނަ
މޮރޮކޯ އަށް ހިތްދަތިކަން، ކްރޮއޭޝިއާ އަށް ތިންވަނަ
މެސީގެ ރެކޯޑްތަކާއެކު އާޖެންޓީނާ ފައިނަލަށް
ޕްރެޝަރު އޮތީ އާޖެންޓީނާ އަށް: ޑަލިޗް
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ޖަޕާން ހިތްދަތިކޮށްލުމަށް ފަހު ކްރޮއޭޝިއާ ކުއާޓާ އަށް
ބެލްޖިއަމް ކޯޗުކަމުން މާޓިނޭޒް ވަކިވެއްޖެ
ކެނެޑާ ކަޓައިފި، ކްރޮއޭޝިއާމޮޅުވެ ބެލްޖިއަމަށް ޕްރެޝަރު