02 ޑިސެމްބަރ 2022
އަލް ރައްޔާން (ޑިސެމްބަރު 2) - ބެލްޖިއަމްގެ ރަން ޖީލާ އެކު ބޮޑު ކާމިޔާބެއް ނުހޯދި، އެ ޓީމުގެ ކޯޗު ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒް ހަ އަހަރަށް ފަހު މަގާމް ދޫކޮށްލައިފި އެވެ.
އަލް ރައްޔާން (ޑިސެމްބަރު 2) - ބެލްޖިއަމްގެ ރަން ޖީލާ އެކު ބޮޑު ކާމިޔާބެއް ނުހޯދި، އެ ޓީމުގެ ކޯޗު ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒް ހަ އަހަރަށް ފަހު މަގާމް ދޫކޮށްލައިފި އެވެ.
ބެލްޖިއަމް ޓީމާ އެކު މާޓިނޭޒްގެ ފަހު މެޗަކަށް ވީ މި އަހަރުގެ ވޯލްޑް ކަޕް ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާ 0-0 އިން އެއްވަރުވި މެޗެވެ. އެއާ އެކު ބެލްޖިއަމް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
މާޓިނޭޒް ވަނީ ވޯލްޑް ކަޕް ގެ ކުރިން ވެސް، މުބާރާތަށް ފަހު އޭނާ ޓީމު ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.
"ތި އެންމެނަށް ވެސް އަންދާޒާ ކޮށްލެވޭނެ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދި ފަހުން އަހަރެންނަށް ބައިވަރު ހުށަހެޅުންތައް ލިބުނު. އެކަމަކު އަހަރެން ހުރީ ވަފާތެރި ކަމާއެކު ކޮންޓްރެކްޓުގެ މުއްދަތު ފުރިހަމަ ކުރަން. އެކަމަކު މިހާރު މި ދަތުރު ނިމުނީ. މިއީ އެއްވެސް ހާލެއްގައި ގުރޫޕް ސްޓޭޖުން ކެޓުމުން އަހަރެން ނިންމި ނިންމުމެއް ނޫން،" އޭނާ ބުންޏެވެ.
މިވަގުތު ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ބެލްޖިއަމްގެ ރަން ޖީލަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ މިދިޔަ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދުމެވެ.
ބެލްޖިއަމްގެ ރަން ޖީލު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކުޅުންތެރިންގެ ތެރޭގައި ކެވިން ޑިބްރޭނާ، ތިބައު ކޯޓުއާ، އެޑެން ހަޒާޑް އަދި ރޮމެލޫ ލުކާކޫ ފަދަ ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން ޓޮބީ އަލްޑަވިރެލްޑް، ތޯމަސް ވާމެލަން، އަކްސެލް ވިޓްސެލް، ޔަނިކް ކަރަސްކޯ، މިޗީ ބަޓްޝުއާއީ، ޑްރީސް މާޓެންސް އަދި ކުރީގެ ކުޅުންތެރިޔާ ވިންސެންޓް ކޮމްޕެނީ ހިމެނެ އެވެ. ނަމަވެސް ގިނަ ކުޅުންތެރިން ތިބީ އުމުރުން 30 އަހަރުން މައްޗަށް ގޮސްފަ އެވެ.
މި ކުޅުންތެރިން ވަނީ 2014 ވަނަ އަހަރު، އޭރުގެ ކޯޗު، މާކް ވިލްމޮޓްސް އާއެކު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
މާޓިނޭޒް ބެލްޖިއަމްގެ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ފަހު އެވެ. އެ މުބާރާތުން ވެސް ބެލްޖިއަމް ކެޓީ ކުއާޓާއާ ހަމައިންނެވެ. އަދި އެއީ 2000 ވަނަ އަހަރަށް ފަހު ބެލްޖިއަމް ޔޫރޯ އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގައި ވެސް ބެލްޖިއަމް އަށް ކުއާޓާ ފައިނަލާ ހަމައިން ކުރިއަށް ދެވޭގޮތެއް ނުވި އެވެ. ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި ތިން އަހަރު ވަންދެން އޮވެފައި، އެޓީމު ދެ ވަނައަށް ވެއްޓުނީ މި އަހަރުގެ މާޗު މަހު އެވެ.
ބެލްޖިއަމްގެ މީޑިއާއިން މަސައްކަތްކުރަނީ ޓީމުގެ ހަލާކަށް
ހަޒާޑަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް
އެވަޓަންއިން އަލުން މާޓިނޭޒް ގެންނަން މަސައްކަތް ކުރަނީ
ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗަކަށް އޮންރީ
ބެލްޖިއަމްގެ ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް
ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއްނުޖެހި މާޔޫސްކަން