18 ޖެނުއަރީ 2022
މާސީސައިޑް (ޖެނުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަންގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް، ކުރިން އެ ޓީމަށް ކޯޗު ކޮށްދިން، މިހާރު ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ގެންނަން މަސައްކަތް ފަށައިފި އެވެ.
މާސީސައިޑް (ޖެނުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަންގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް، ކުރިން އެ ޓީމަށް ކޯޗު ކޮށްދިން، މިހާރު ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ގެންނަން މަސައްކަތް ފަށައިފި އެވެ.
އެވަޓަން އިން ވަނީ އެންމެ ފަހުން އެ ޓީމު، ލީގުގެ ފުލުގައި އޮތް ނޯރިޗް ސިޓީ އަތުން ބަލިވި މެޗަށް ފަހު ކޯޗުކަމުގައި ހުރި ރަފައެލް ބެނިތޭޒް މަގާމުން ވަކިކޮށްފަ އެވެ. މިދިޔަ ޖޫން މަހު ގެނައި ކޯޗު ބެނިތޭޒްއާ އެކު ސީޒަން ފެށިއިރު ފޯމުގައި އޮތް ނަމަވެސް އަނިޔާގެ މައްސަލަތަކާ ހުރެ ޓީމުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް ކުރިޔަށް އޮތުމާ އެކު، މި ވަގުތު ދުނިޔޭގެ އެއްވަނައިގައި އޮތް ބެލްޖިއަމަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ތިންވަނަ، މާޓިނޭޒްއާ އެކު ބެލްޖިއަމް ހޯދި ނަމަވެސް މިދިޔަ އަހަރުގެ ޔޫރޯގައި އެޓީމަށް ނަތީޖާ ނުނެރެވުނެވެ. ނަމަވެސް އެގައުމުގެ އެފްއޭއިން ވަނީ މިއަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް އޭނާ މަގާމުގައި ބަހައްޓަން ނިންމައިފަ އެވެ.
މާޓިނޭޒް ފީފާ ވޯލްޑް ކަޕް ބްރޯންޒް މެޑަލް އާއެކު.--
ކުރިން އެވަޓަން އަށް ވެސް ކޯޗު ކޮށްދިން މާޓިނޭޒް، 48، ބެލްޖިއަމްއާ ހަވާލުވީ 2016 ވަނަ އަހަރު އެވަޓަން އިން އޭނާ މަގާމުން ވަކިކުރި ފަހުންނެވެ. އެވަޓަންއާ ވެސް އޭނާ ގުޅެން އުޅޭކަމުގެ ވާހަކަތައް ދެކެވެން ފަށާފައިވާއިރު، އެ ކުލަބުން ވަނީ މާޓިނޭޒް ގެންދަން ބެލްޖިއަމް ފުޓުބޯޅަ އެސޯސިއޭޝަނުގައި އެދިފަ އެވެ. ނަމަވެސް މި އަހަރުގެ ނޮވެމްބަރު މަހު ވޯލްޑް ކަޕް އޮންނާތީ ބެލްޖިއަމް އެފްއޭއިން އަންނަ ސީޒަނަށް ވެސް އޭނާ އެވަޓަން އަށް ދޫކުރާނެ ކަމަކަށް ނުބެލެވެ އެވެ.
ކުރީގެ ލިވަޕޫލްގެ ކޯޗު ބެނިތޭޒްއާ އެކު އެވަޓަން ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުން އެޓީމު މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި އެޓީމު އޮތީ 19 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ތާވަލުގެ 16 ވަނައިގަ އެވެ.
އެވަޓަންގެ ކޯޗު ކަމުން އެންމެ ފަހުން ވަކިކުރި ރަފައެލް ބެނިތޭޒް.--
ބެނިތޭޒް އަކީ މާޓިނޭޒް މަގާމުން ދުރުކުރި ފަހުން އެވަޓަން އަށް ގެނައި ފަސްވަނަ ކޯޗެވެ. އޭގެ ކުރިން ގެނައި ރޮނާލްޑް ކޫމަން އާއި ސޭމް އަލަޑައިސް އާއި މާކޯ ސިލްވާ އަދި ކާލޯ އަންޗެލޮޓީ އަށް ވެސް ޓީމުގައި ދެ އަހަރު މަޑުކޮށް ނުލެވުނެވެ. ބެނިތޭޒް އަށް މަގާމުގައި މަޑުކުރެވުނީ 200 ދުވަހެވެ.
ބެނިތޭޒް ވަކިކުރުމާ އެކު އެޓީމުން ދާއިމީ ކޮންޓްރެކްޓުގައި ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން ކުރިން އެވަޓަން އަށް ކުޅުނު، މިހާރު އީއެފްއެލް ޗެމްޕިއަންޝިޕް ކުލަބް ޑާބީ ކައުންޓީގެ ކޯޗުގެމަގާމުގައި ހުރި ވޭން ރޫނީ އާއި މިދިޔަ ސީޒަނުގައި ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފްރޭންކް ލަމްޕާޑަށް ވެސް އެކުލަބުން ޝައުގުވެރިވެ އެވެ.
ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ ވެސް އެވަޓަންގެ ކޯޗުގެ މަގާމާ ހަވާލުވާން އުޅޭ ވާހަކަ ރިޕޯޓް ކޮށްފައިވީ ނަމަވެސް، ޕޮޓާ ވަނީ އޭނާ ބްރައިޓަންގައި ހުރީ އުފަލުން ކަމަށް ބުނެފަ އެވެ.
އެވަޓަން އިން އެސްޓަން ވިލާއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗުގެ ކުރިން ދާއިމީ ކޯޗެއް ނުހޯދިއްޖެ ނަމަ އެޓީމަށް އިރުޝާދު ދޭނެކަމަށް ބެލެވެނީ އެސިސްޓެންޓް މެނޭޖަރު ޑަންކަން ފާގަސަން އެވެ.
ބެލްޖިއަމް ކޯޗުކަމުން މާޓިނޭޒް ވަކިވެއްޖެ
ބެލްޖިއަމްގެ މީޑިއާއިން މަސައްކަތްކުރަނީ ޓީމުގެ ހަލާކަށް
ހަޒާޑަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް
ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗަކަށް އޮންރީ
ބެލްޖިއަމްގެ ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް
ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއްނުޖެހި މާޔޫސްކަން