Roadha Mihaaru
ބެލްޖިއަމްގެ ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި

ބެލްޖިއަމްގެ ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި

04 އޯގަސްޓް 2016

ބްރުސެލްސް، ބެލްޖިއަމް (އޮގަސްޓް 4) - ބެލްޖިއަމްގެ ކޯޗަަކަށް އެވަޓަންގެ ކުރީގެ ކޯޗު ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރުސެލްސް، ބެލްޖިއަމް (އޮގަސްޓް 4) - ބެލްޖިއަމްގެ ކޯޗަަކަށް އެވަޓަންގެ ކުރީގެ ކޯޗު ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި އެވެ.

ބެލްޖިއަމްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އެ ޓީމުގެ ކޯޗުކަމުން މާކް ވިލްމޮޓްސް ވަކިކުރުމުންނެވެ. ވިލްމޮޓްސް ވަކިކުރީ އެ މުބާރާތުގައި އެ ޓީމަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ. ޔޫރޯ އިން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުގައި ވޭލްސް އަތުންނެވެ.

އެވަޓަންގެ ކޯޗުކަމުން މާޓިނޭޒް ވަކިކުރީ މިދިޔަ ސީޒަނުގައި އެވަޓަންގެ ނަތީޖާތަށް ދަށްވުމުންނެވެ. މާޓިނޭޒް އެވަަޓަންއާ ހަވާލުވީ 2013 ވަނަ އަހަރު އެ ޓީމުގެ އޭރުގެ ކޯޗު ޑޭވިޑް މޮއިސް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުންނެވެ.

މާޓިނޭޒްގެ ކޯޗުކަމުގައި އެވަޓަންގައި ވަނީ ބެލްޖިއަމްގެ ދެ ކުޅުންތެރިން ކަމަށްވާ ކެވިން މިރާލަސް އާއި ރޮމެލޫ ލުކާކޫ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އުމުރުން 43 އަހަރުގެ މާޓިނޭޒް ކޯޗިން ކެރިއަރު ފެށީ 2007 ވަނަ އަހަރު ސްވަންސީ ސިޓީންނެވެ. އެއަށް ފަހު އޭނާ ވަނީ ވިގަން އެތުލެޓިކަށް ވެސް ކޯޗުކޮށްދީފަ އެވެ. ބެލްޖިއަމަކީ މާޓިނޭޒް އިރުޝާދުދޭ ފުރަތަމަ ގައުމީ ޓީމެވެ.