ނަޕޯލީގައި އޭނާ އަށް އެހީތެރިވެ، އިޓަލީ ބަސް އޭނާ އަށް ތަރުޖަމާކޮށް ދެނީ ރޮމެލޫ ލުކާކޫ ކަމަށް އެ ކްލަބަށް ބަދަލުވި މިޑްފީލްޑަރު ކެވިން ޑި ބްރޮއިނާ ބުނެފި އެވެ.
21 ޖުލައި 2025
ނަޕޯލީގައި އޭނާ އަށް އެހީތެރިވެ، އިޓަލީ ބަސް އޭނާ އަށް ތަރުޖަމާކޮށް ދެނީ ރޮމެލޫ ލުކާކޫ ކަމަށް އެ ކްލަބަށް ބަދަލުވި މިޑްފީލްޑަރު ކެވިން ޑި ބްރޮއިނާ ބުނެފި އެވެ.
މެންޗެސްޓާ ސިޓީ އަށް 10 އަހަރު ކުޅުމަށް ފަހު، ޑި ބްރޮއިނާ ނަޕޯލީ އަށް ބަދަލުވީ އާ ސްޓައިލަކަށް ކުޅޭ ޓީމެއްގައި އާ ޗެލެންޖަކާ ކުރިމަތިލުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބު ކުރި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބުން ސޮއި ކުރުވި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ބެލްޖިއަމްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޑިބްރޮއިނާ އެވެ.
އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގެދަށުން މިދިޔަ ސީޒަނުގެ ލީގު ނަޕޯލީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ބެލްޖިއަމްގެ ގައުމީ ޓީމުގައި ޑިބްރޮއިނާއާ އެކު ކުޅެމުން އަންނަ ސްޓައިކަރު ރޮމެލޫ ލުކާކޫ އެވެ.
ޑިބްރޮއިނާ ބުނީ ނަޕޯލީ އަށް އޭނާ ބަދަލުވުމާ ބެހޭގޮތުން ވެސް އެންމެ ގިނަ ވާހަކަތައް ހިއްސާކުރި އެކަކީ ލުކާކޫ ކަމަށެވެ.
"އުމުރުން 13 އަހަރުންފެށިގެން އަހަންނާ ރޮމެލޫ [ލުކާކޫ] އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެނގޭނެ. އަހަރެމެން ޗެލްސީގައި ހޭދަކުރި އިރު އަހަރެމެން އެއްކޮށް ދިރިއުޅުން ތިން މަހެއްހާ ދުވަހު. އެހެންވީމަ އަހަރެމެންގެ ގުޅުން ބަދަހިވާނެ. ގައުމީ ޓީމު ކޭމްޕްގައި ވެސް އޭނާ އަހަންނާ މި ވާހަކަ ދެއްކި ނަޕޯލީ އަށް ބަދަލުވުމާ ބެހޭގޮތުން،" ހޮނިހިރު ދުވަހު ޑިބްރޮއިނާ ބުންޏެވެ.
"އަހަންނަށް ވެސް އިތުރަށް ފަސޭހަ ވާނެ އަހަންނަށް އޭނަ އެނގޭތީ. އޭނާއަކީ އަހަންނަށް ތަރުޖަމާ ވެސް ކޮށްދެވޭނެ މީހެއް. ސަބަބަކީ އޭނާ އަށް އެނގޭ ކޯޗު. އޭނަ އަށް އެނގޭ ޓީމު ވެސް."
ޑިބްރޮއިނާ ބުނީ އުމުރުން 34 އަހަރުގައި ވެސް އޭނާ އަށް މަތީ ފެންވަރުގައި ކުޅެވޭނެކަން ނަޕޯލީ އަށް ބަދަލުވުމުން ހާމަވާ ކަމަށެވެ.
ޕްރިމިއާ ލީގުގައި ކުޅުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ޑިބްރޮއިނާ ބުނީ ސިޓީ ދޫކޮށްލިޔަސް އޭނާ ވަނީ މުޅި އުމުރަށް ވެސް އެ ކްލަބްގެ ކުޅުންތެރިޔަކަށް ކަމަށެވެ.
ސައުދީ އަރަބިއާގެ ކްލަބްތަކުން ވެސް ޑި ބްރޮއިނާ އަށް ޝައުގުވެރިވި އެވެ. ބޮޑު މުސާރައެއް އެ ގައުމުގެ ކްލަބްތަކުން އޭނާ އަށް ހުށަހެޅި އެވެ.
އެކަމަކު އޭނާ ބުނީ ނަޕޯލީގެ ޕްރޮޖެކްޓް މާ ބޮޑަށް ހަރުދަނާ ކަމަށެވެ. އަދި މަތީފެންވަރުގައި ލީގަކަށް ކުޅެވުމުގެ ހިތްހަމަޖެހުން އޭނާ އަށް މުހިންމު ކަމަށް ޑިބްރޮއިނާ ބުންޏެވެ.
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
މަރަޑޯނާގެ 10 ނަމްބަރު ޑިބްރޭނާ އަށް؟
ޑި ބްރޭނާގެ ޝަރަފުގައި ޖެލާޓޯ ފްލޭވާއެއް
ކޯޓުއާއަށް ޖާގަ ދޭތީ ދެ ވަނަ ކީޕަރު ޓީމުން ވަކިވެއްޖެ
ޓެކްޓިކަލް އާ ވިސްނުންތަކަކާ އެކު ކޮންޓޭ ނަޕޯލީ އަށް
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި
މެސީ ނެތި ތިން އަހަރަށްފަހު ބާސާއަށް ކުއާޓާގެ ޖާގައެއް
އާޖެންޓީނާގެ ޒުވާން ނިކޯ ރެއާލުގައި ވިދާލައިފި
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ބިންހެލުމުގެ އަސަރެއް ނުކުރި، ރެއާލަށް މެޗު