13 މާޗް 2024
ބާސެލޯނާ (މާޗް 13) - ނަޕޯލީގެ މައްޗަށް 4-2 ގެ އެގްރިގޭޓް ނަތީޖާއިން މޮޅުވެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި އެވެ.
ބާސެލޯނާ (މާޗް 13) - ނަޕޯލީގެ މައްޗަށް 4-2 ގެ އެގްރިގޭޓް ނަތީޖާއިން މޮޅުވެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި އެވެ.
މިއީ، ބާސާގެ ތާރީހުގައި އެ ޓީމަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ، ލިއޮނަލް މެސީ، އެ ޓީމު، 2021 ގައި ދޫކޮށްލިފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ޖާގައެއް ބާސާ އަށް ހޯދުނު ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސާ އެންމެ ފަހުން ކުޅުނީ 2020 ގަ އެވެ. އެ އަހަރު ކުއާޓާގައި ބެޔާން މިޔުނިކް އަތުން ކުރިމަތިވީ 8-2 ގެ ލަދުވެތި ނަތީޖާއެކެވެ. އޭގެ ޖެހިގެން އައި ސީޒަނަށް ފަހު، މެސީ ބާސާ ދޫކޮށްލި އެވެ. މިދިޔަ ދެ އަހަރު އެ ޓީމު ޗެމްޕިއަންސް ލީގުން ކެޓީ ގުރޫޕް ސްޓޭޖުންނެވެ.
ނަޕޯލީ އާއި ބާސާގެ ފުރަތަމަ ލެގް މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ރޭ ބާސާގެ މިހާރުގެ ހޯމް ދަނޑުގައި ކުޅުނު މެޗުން މޮޅުވީ 3-1 ންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ފާމިން ލޯޕޭޒް އާއި ޔޮއާއޯ ކެންސެލޯ އަދި ރޮބަޓް ލެވަންޑޯސްކީ އެވެ.
ފާމިން ލޯޕޭޒް
"މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް ބާސެލޯނާ މި އޮތީ ޔޫރަޕްގެ ގަދަ އަށް ޓީމުގެ ތެރޭގައި. ކުއާޓާ އަށް ކޮލިފައިވުން ހައްގު. ސަބަބަކީ އަހަރެމެން އެޓޭކާއި ޑިފެންސްގައި ވެސް ޑޮމިނޭޓް ކުރިން. ނަޕޯލީގެ ފަރާތުން ވެސް ފެނުނީ ރަނގަޅު ގޭމެއް،" މެޗަށް ފަހު ކޯޗު ޒަވީ ހެނާންޑޭޒް ބުންޏެވެ.
"[ކުއާޓާގެ] ކޮލިފިކޭޝަނާ މެދު އުފާވޭ، ގުރު ކުރިއަށްދާ ގޮތް ބަލާނަން. އަހަރުތަކަކަށްފަހު އަލުން ކުއާޓާ ފައިނަލަށް ދެވުމުން ފަހުރުވެރިވޭ."
އުމުރުން 20 އަހަރުގެ ލޯޕޭޒް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތީ، މިޑްފީލްޑަރު ޕެޑްރޯ އާއި ފްރޭންކީ ޑި ޔޯން އަށް އަނިޔާވެފައިވުމުން އެ ދެ ކުޅުންތެރިންގެ މިޑްފީލްޑް މަގާމު ފޫބެއްދުމަށެވެ.
މި ސީޒަނުގައި ތައްޓެއް ހޯދަން ބާސާ އަށް މިހާރު އޮތް ހަމައެކަނި ފުރުސަތަކީ ޗެމްޕިއަންސް ލީގު ކަމަށް ބެލެވެ އެވެ. ލަލީގާގެ ތިންވަނައިގައި އޮތަސް ވަރުގަދަ ފޯމެއްގައި އޮތް ރެއާލް މެޑްރިޑް އަތުލެވޭނެހާ ހިތްވަރެއް ބާސާގެ ކިބައިގައި އޮތް ކަމަކަށް ނުބެލެ ވެއެވެ. ސްޕެނިޝް ކަޕުން ބާސާ ވަނީ ކަޓައިފަ އެވެ.
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި
އާޖެންޓީނާގެ ޒުވާން ނިކޯ ރެއާލުގައި ވިދާލައިފި
މެޗުގައި ޔަމާލް އުޅުނީ ބަނޑަށް އުނދަގޫވުމުގެ ވޭނުގައި
ބިންހެލުމުގެ އަސަރެއް ނުކުރި، ރެއާލަށް މެޗު
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ އަށް
ބާސެލޯނާ އާއި ނަޕޯލީ އެއްވަރު
ނަޕޯލީން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި
ސިޓީ ދެ ވަނަ ބުރަށް، ބާސާ އެއް ވަނަ ހޯދައިފި