Roadha Mihaaru
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި

ޕީއެސްޖީން ނަތީޖާ އަނބުރާލައި 2017ގެ ހިތްދަތިކަމަށް ބަދަލު ހިފާލައިފި

17 އެޕްރީލް 2024

ބާސެލޯނާ (އޭޕްރީލް 17) – ދެވަނަ ލެގް މެޗުގައި 4-1 ން ބާސެލޯނާއާ ދެކޮޅަށް ނަތީޖާ އަނބުރާލައި ޕީއެސްޖީން 2017ގެ ހިތްދަތިކަމަށް ބަދަލު ހިފާލައިފި އެވެ.

ބާސެލޯނާ (އޭޕްރީލް 17) – ދެވަނަ ލެގް މެޗުގައި 4-1 ން ބާސެލޯނާއާ ދެކޮޅަށް ނަތީޖާ އަނބުރާލައި ޕީއެސްޖީން 2017ގެ ހިތްދަތިކަމަށް ބަދަލު ހިފާލައިފި އެވެ.

ނަތީޖާއާ އެކު ޕީއެސްޖީން ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކުރީ 6-4 އެގްރިގޭޓް ނަތީޖާއަކުންނެވެ. މި ދެ ޓީމު، ޕެރިހުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ މޮޅުވީ 3-2 ންނެވެ.

ޗެމްޕިއަންސް ލީގު 2017 ގެ ކުއާޓާ ފައިނަލުގައި، ޕީއެސްޖީގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ ބާސެލޯނާގެ ބެންޗުގައި ހުރެ، ފުރަތަމަ ލެގްގައި ޕީއެސްޖީން ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރީގައި ވަނިކޮށް، ދެވަނަ ލެގް މެޗުގައި ހަ ލަނޑު ޖަހައި ނަތީޖާ އަނބުރާލައި ބާސާ ސެމީ ފައިނަލަށް ގެންގޮސްދިނެވެ.

މީޑިއާތަކުން ސިފާ ކުރާ ގޮތުގައި މިއީ ޕީއެސްޖީ އަށް އެންރީކޭ ކުރިމަތި ކުރި އެ ލަދުވެތިކަމުގެ މައްޗަށް އޭނާ ހުރެގެން ބާސާއާ ދެކޮޅަށް ހިފާލި ބަދަލު ހިފުމެކެވެ.

ބާސެލޯނާގެ މިހާރުގެ ހޯމް ދަނޑު، އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ތަރިއަކަށް ވީ، ކިލިޔަން އެމްބާޕޭ އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނަގައި ބާސާއިން ހިތްހަމަޖެހިލި އެވެ. މެޗުގެ 12 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖެހީ ރަފޭލް ރަފީނިއާ އެވެ.

ޕީއެސްޖީން ހަމަޖެހިލީ ފުރަތަމަ ހާފު ނިމުމުގެ އުސްމާން ޑެމްބެލޭ ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަކޮށްގެންނެވެ. ދެވަނަ ހާފު ފެށިގެން 10 މިނެޓް ނުވަނީސް ޕީއެސްޖީން ލީޑް ނެގި އެވެ. އެ ލަނޑު ޖެހީ ޕޯޗުގަލްގެ ޒުވާން ފޯވާޑް ފެރޭރާ ވިޓީނިއާ އެވެ. ދެން އައީ އެމްބާޕޭފެ ދެ ލަނޑެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.

މެޗުގެ ބޮޑުބައެއް، ބާސާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ރޮނަލްޑް އަރައުހޯ އަށް 29 ވަނަ މިނެޓްގައި ރަތްކާޑު ދެއްކުމުންނެވެ.

ޑޯޓްމަންޑް ވެސް ނަތީޖާ އަނބުރާލި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ރޭ ކުޅުނު މެޗަށް ނުކުތް އިރު އެތުލެޓިކޯ އޮތީ 2-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރީގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅެ އެތުލެޓިކޯ ކޮޅަށް ހަތަރު ލަނޑު ޖަހައި ޑޯޓްމަންޑުން ސެމީގެ ޖާގަ ކަށަވަރު ކުރި އެވެ. މެޓްސް ހުމެލްސް އަތުން ބައިކޮޅަށް ވަން ލަނޑަކުންނާއި އޭންހަލް ކޮރެއާ ޖެހި ލަނޑުން، އެތުލެޓިކޯ ފުއްދާލީ ދެ ލަނޑުންނެވެ. މެޗުގައި 4-2 ގެ ނަތީޖާއާ އެކު ޑޯޓްމަންޑަށް ކުރި ލިބުނީ 5-4 ގެ އެގްރިގޭޓުންނެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރާނީ ޕީއެސްޖީ އާއި ޑޯޓްމަންޑެވެ.