ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އެސްޓަން ވިލާގެ ކީޕަރު އެމީ މާޓިނޭޒް، ޕީއެސްޖީގެ ސަޕޯޓަރުން ރުޅި އަރުވާލައިފި އެވެ.
09 އެޕްރީލް 2025
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އެސްޓަން ވިލާގެ ކީޕަރު އެމީ މާޓިނޭޒް، ޕީއެސްޖީގެ ސަޕޯޓަރުން ރުޅި އަރުވާލައިފި އެވެ.
ޕެރިހުގައި ކުޅޭ މެޗަށް ވިލާގެ ޓީމު ކުރި ދަތުރުގައި މާޓިނޭޒް ވަނީ އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބު ރަމްޒުކޮށްދޭ ތޮތްޕެއް އަޅައިގެންނެވެ.
ފްރާންސް ބަލިކޮށް އެންމެ ފަހުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރު އަޅައިގެން ހުރީ ބޭސްބޯލް ތޮތްޕެކެވެ.
ވޯލްޑް ކަޕްގެ ފައިނަލު މެޗަށް ފަހު ވެސް ފްރާންސްގެ ސަޕޯޓަރުންނަށް މާލާމާތުގެ އިޝާރާތްތައް ކުރި ކީޕަރު އެ ތޮފި އަޅައިގެން ހުރުމުން ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
ޕީއެސްޖީގެ ސަޕޯޓަރުން ހަމަޖެހެން ވިލާގެ އެހެން ކުޅުންތެރިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވިލާގެ މިޑްފީލްޑަރު ޔޫރީ ޓިލެމަންސް ބުނީ ކުޅުންތެރިޔަކު ހެނދުން އަޅާފައި ހުރި ގޮތް މައްސަލައަކަށް ވާން ނުޖެހޭނެ ކަމަށެވެ.
"އެއީ އޭނާގެ ސްޓައިލް ކަންނޭނގެ. އަހަރެން ބުނަން އޮތްހާވެސް އެއްޗަކީ އޭނާ ހުރީ މެޗަށް ތައްޔާރު ވެގެންނޭ. ތަފާތު ވާހަކައެއް އޭނާ ނުދައްކާ. އޭނާ އިންތިޒާރު ކުރަމުން އެދަނީ މެޗަށް،" ބެލްޖިއަމްގެ މިޑްފީލްޑަރު ޓެލްމަންސް ބުންޏެވެ.
ކުރިން ޕީއެސްޖީ އަށް ކޯޗުކޮށް ދިން ވިލާގެ މިހާރުގެ ކޯޗު އުނައި އެމެރީ ބުނީ ގައުމީ ޓީމާއި ކްލަބަށް މާޓިނޭޒްގެ އޮތް ލޯބި ހާމަ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އެކަމަކު އެމެރީ ބުނީ ކުރިއަށް ވުރެ ބޮޑަށް މާޓިނޭޒް މިހާރު ތަސައްރަފު ފުދިފައިވާ ކަމަށެވެ.
ދެ ވަނަ ލެގުން ބަލިވިޔަސް ބާސާ އާއި ޕީއެސްޖީ ސެމީއަށް
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
މައްސަލަ އެބަހުރި، އެކަމަކު ކޯޗު ނުހިމެނޭ: އެމްބާޕޭ
ނިއުކާސަލް އަށް ކެހިދިނީ ރެފްރީގެ "ގޯސް" ނިންމުމަކުން
ޕީއެސްޖީއަށް ފިލާވަޅެއް؛ މަޝްހޫރު ތަރިންނަކީ ބާރެއްނޫން
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ