06 މާޗް 2024
ސެން ސެބޭސްޓިއަން (މާޗް 6) - އޭނާގެ ވަށައިގެން ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް، ޕީއެސްޖީގެ ފޯވާޑް ކިލިޔަން އެމްބާޕޭ ބުނެފި އެވެ.
ސެން ސެބޭސްޓިއަން (މާޗް 6) - އޭނާގެ ވަށައިގެން ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް، ޕީއެސްޖީގެ ފޯވާޑް ކިލިޔަން އެމްބާޕޭ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީން ޖެހި ދެ ލަނޑު ވެސް ޖެހީ އެމްބާޕޭ އެވެ. އެ މެޗު ޕީއެސްޖީ ކާމިޔާބު ކުރީ 2-1 ންނެވެ.
މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ، އެމްބާޕޭ ރޭ ގެ މެޗުގައި ލަނޑު ޖެހުމަށް އުފާފާޅު ކުރި ގޮތުން އެއީ ވަކި މީހަކަށް ދިން މެސެޖެއް ކަމަށް މީޑިއާތަކުން ސިފަ ކުރި އެވެ.
އެކަމަކު އެމްބާޕޭ ބުނީ، އެއްވެސް މީހަކަށް މެސެޖް ފޯރުކޮށް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެންރީކާ އާއި އޭނާއާ ދެމެދު ގުޅުން އެހާ ރަނގަޅު ނޫންކަމަށް މީޑީއާތަކުން ބުންޏަސް، އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އަހަރެމެންގެ ގުޅުން ވަރަށް ރަނގަޅު، ވަރަށް ރަނގަޅު. އޭނާއާ އެއްވެސް މައްސަލައެއް ނެތް. މީހުންނަށް އެހެން ހީވިޔަސް އެކަހަލަ އެއްވެސް މައްސަލައެއް ނެތް. އަހަންނަށް ގިނަ މައްސަލަތަކެއް ހުރި ނަމަވެސް ކޯޗަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ނޫން،" އެމްބާޕޭ ބުންޏެވެ.
ރޭގެ މެޗުން މޮޅުވެ، 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އެމްބާޕޭގެ ހިޔާލު އަދިވެސް ބަދަލުވެދާނެ: އެންރީކޭ
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
އެމްބާޕޭ އަށް ބޯނަސް ނުދޭން ޕީއެސްޖީން ނިންމައިފި
ޕީއެސްޖީގެ ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި
އަބަދު އެމްބާޕޭގެ ސުވާލު، މިހާރު ފޫހިވެއްޖެ: އެންރީކޭ
ކަބާބް ފިހާރައެއްގެ އޯނަރަށް އެމްބާޕޭ ދައުވާ ކުރަނީ