Roadha Mihaaru
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ

އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އޭނާ އަށް އަސަރެއް ނުކުރާނެ: ޕޮޗެޓިނޯ

09 މާޗް 2022

މެޑްރިޑް (މާޗް 9) - ކިލިޔަން އެމްބާޕޭގެ ވަށައިގެން ހިނގާ ކަންކަމުން އޭނާގެ ކުޅުމަށް އަސަރު ނުކުރާނެ ކަމަށް، ޕީއެސްޖީގެ ކޯޗު މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

މެޑްރިޑް (މާޗް 9) - ކިލިޔަން އެމްބާޕޭގެ ވަށައިގެން ހިނގާ ކަންކަމުން އޭނާގެ ކުޅުމަށް އަސަރު ނުކުރާނެ ކަމަށް، ޕީއެސްޖީގެ ކޯޗު މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ޕޮޗެޓިނޯ އިޝާރާތްކޮށްފައި އެވަނީ، އެމްބާޕޭއާ ބެހޭގޮތުން ފަތުރަމުންދާ ޓްރާންސްފާގެ ވާހަކަތަކަށެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދައިފައިވާ ކޮންޓްރެކްޓް މި އަހަރުގެ ޖޫންގައި ހަމަ ވާނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭގެ ކޮންޓްރެކްޓް އާކުރުމަށް ޕީއެސްޖީން ވަނީ އެކިފަހަރު މަތިން ހުށަހަޅައިފަ އެެވެ. ނަމަވެސް މިހާތަނަށް އޭނާ ވަކިގޮތެއް ނިންމައިފައެއް ނުވެ އެވެ. ހީލޭ ޓްރާންސްފާގައި އޭނާ ރެއާލް މެޑްރިިޑަށް ބަދަލުވުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިރޭ ޕީއެސްޖީ ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މި ދެޓީމު ޕެރިހުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ މެޗުގެ ފަހު ވަގުތު އެމްބާޕޭ ޖެހި ލަނޑުންނެވެ. މި ދެ ޓީމު މިރޭ މެޑްރިޑްގައި ބައްދަލުކުރާއިރު އެމްބާޕޭއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ.

"އެ އުމުރުގެ އެހެން ކުޅުންތެރިންނާ ބަލާއިރު އޭނާ އަކީ ވަރަށް ބޮޑަށް ތަސައްރަފް ފުދިފައި ހުރި ކުޅުންތެރިއެއް. އަބަދުވެސް އޭނާ ބޭނުންވޭ އޭނާ ކުޅޭ ޓީމަށް އެހީވާން. ކިލިޔަންއާ މެދު އަހަރެން ކަންބޮޑެއް ނުވޭ،" މިރޭގެ މެޗުގެ ކުރިން ޕޮޗެޓިނޯ ބުންޏެވެ.

"އޭނާގެ ވަށައިގެން ހިނގާ ކަންކަމުން އޭނާގެ ކުޅުމަށް އަސަރެއް ނުކުރާނެ."

އެމްބާޕޭ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާތޯ ސުވާލު ކުރުމުން އާޖެންޓީނާގެ ކޯޗު ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ ހަތް ފަހަރު ބެލޮންޑިއޯ ހޯދައިފައިވާ މެސީ ކަމަށެވެ.

"ދެން އަހަރެމެންގެ އެބަތިބި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިން،" ޕޮޗެޓިނޯ ބުންޏެވެ.

"ކިލިޔަން ކުޅެމުންގެންދާ ފޯމުން އޭނާ އަކީ އެ ލެވަލްގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދޭ. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަދި ކުރިމަގުގައި އިތުރަށް ވިދާލާނެ ކުޅުންތެރިއެއް."

މިރޭ ރެއާލް އާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.