Roadha Mihaaru
މެޑްރިޑުން އެމްބަޕޭއާ ވާހަކަ ދައްކަން ތައްޔާރުވެއްޖެ

އާ އަހަރުގެ ފުރަތަމަ ދުވަހު މެޑްރިޑުން އެމްބަޕޭއާ ވާހަކަ ދައްކާނެ

27 ޑިސެމްބަރ 2021

މެޑްރިޑް (ޑިސެމްބަރު 27) - ކިލިޔަން އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން އާ އަހަރުގެ ފުރަތަމަ ދުވަހު އޭނާއާ އެކު ވާހަކަތައް ފަށަން ރެއާލް މެޑްރިޑުން ތައްޔާރު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ޑިސެމްބަރު 27) - ކިލިޔަން އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން އާ އަހަރުގެ ފުރަތަމަ ދުވަހު އޭނާއާ އެކު ވާހަކަތައް ފަށަން ރެއާލް މެޑްރިޑުން ތައްޔާރު ވެއްޖެ އެވެ.

ޑިސެމްބަރު 31 ގެ ފަހުން، އެމްބާޕޭ ބޭނުންވާ ކްލަބަކާ އޭނާ އަށް ވާހަކަ ދެއްކޭނެ އެވެ. ވާހަކަ ދައްކާ ކްލަބަކުން ޖެހޭނީ އެކަން، އެމްބާޕޭގެ މިހާރުގެ ކްލަބް ޕީއެސްޖީ އަށް އަންގާށެވެ.

ރެއާލް މެޑްރިޑުން ވަނީ މިދިޔަ އޮގަސްޓް މަހު ވެސް އެމްބާޕޭ ގެންދަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ، އޭރު އޭނާ ވިއްކާލަން ޕީއެސްޖީން ދެކޮޅު ހެދުމުންނެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދައިފައިވާ ކޮންޓްރެކްޓް ހަމަވާނީ ޖޫން 2022 ގަ އެވެ. އެމްބާޕޭއާ އެކު ސީދާ ވާހަކަތައް ފަށަން ރެއާލުން ދެން މަޑު ކުރަން ޖެހޭނީ ފަސް ދުވަސް ވަންދެންނެވެ. އަންނަ ހުކުރު ދުވަހުގެ ފަހުން ޕީއެސްޖީ އަށް އެންގުމަށް ފަހު އެމްބާޕޭއާ ރެއާލުން ވާހަކަ ދެއްކޭނެ އެވެ.

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ހިލޭ ޓްރާންސްފާގައި އެމްބާޕޭ ގެންދިއުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ. ޖެނުއަރީ 1 ގެ ފަހުން އޭނާ ލައްވައި ޕްރީ ކޮންޓްރެކްޓްގައި ސޮއިކުރުވާ ނަމަ، ޕީއެސްޖީއާ މުއާމަލާތް ކުރަން ޖެހެ އެވެ.

އަންނަ ސީޒަނަށް ރެއާލުން ގެންނަން ބޭނުންވާ އަނެއް ކުޅުންތެރިޔަކީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ. ރޫޑިގާއާ އެކު ވެސް ޓްރާންސްފާ ވާހަކަތައް ދައްކާ ނަމަ އޭނާގެ ކްލަބް، ޗެލްސީ އަށް އަންގަން ޖެހޭނެ އެވެ.

ޖޫން 2022 ގައި ކޮންޓްރެކްޓް ހަމަވާ ހުރިހާ ކުޅުންތެރިންނާ މެދު ވެސް އަމަލު ކުރަން ޖެހޭނީ އެގޮތަށެވެ. ކޮންޓްރެކްޓް ހަމަވުމުގެ ކުރިން، ކްލަބަށް ނާންގައި ކުޅުންތެރިޔާއާ ވާހަކަ ދައްކައިފި ނަމަ، ފީފާގެ އަދަބާ އެ ކްލަބަކަށް ކުރިމަތިލާން ޖެހޭނެ އެވެ.