Roadha Mihaaru
ރެއާލަށް ބަދަލުވާން އެމްބާޕޭ ނިންމައިފި: މީޑިއާ

ފްރާންސްގެ މީޑިއާއިން ބުނަނީ ހިލޭ ޓްރާންސްފާގައި ރެއާލަށް ދާން އެމްބާޕޭ ނިންމައިފިކަމަށް

04 ފެބުރުއަރީ 2024

ޕެރިސް (ފެބްރުއަރީ 4) - އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، ރެއާލް މެޑްރިޑަށް ބަދަލުވާން ޕީއެސްޖީގެ ފޯވާޑް ކިލިޔަން އެމްބާޕޭ ނިންމައިފި ކަމަށް ފްރާންސްގެ މީޑީއާއިން ބުނެފި އެވެ.

ޕެރިސް (ފެބްރުއަރީ 4) - އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، ރެއާލް މެޑްރިޑަށް ބަދަލުވާން ޕީއެސްޖީގެ ފޯވާޑް ކިލިޔަން އެމްބާޕޭ ނިންމައިފި ކަމަށް ފްރާންސްގެ މީޑީއާއިން ބުނެފި އެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދައިފައިވާ ކޮންޓްރެކްޓް ހަމަވަނީ، މި އަހަރު ޖޫން މަހު އެވެ. އެއަށް ފަހު އޭނާ ބޭނުން ކްލަބަކަށް ހިލޭ ޓްރާންސްފާގައި ބަދަލު ވެވޭނެ އެވެ. ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު، އެމްބާޕޭ އަށް އެ ކްލަބުން ވަނީ ހުށަހަޅައިފަ އެވެ.

އެކަމަކު ފްރާންސްގެ ލަ ޕެރީޒިއަން ނޫހުން ބުނީ، ޕީއެސްޖީގައި މަޑު ނުކުރަން އެމްބާޕޭ ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ބަދަލުވާނީ ރެއާލް އަށް ކަމަށް ފްރާންސްގެ އެންމެ ބޮޑު ނޫހުން ބުންޏެވެ. ފަހުން ފްރާންސްގެ އެހެން މީޑީއާތަކުން ވެސް ވަނީ އެ ވާހަކަ ރިޕޯޓްކޮށްފަ އެވެ.

އެމްބާޕޭ، 25، އޭނާގެ ނިންމުން، ޕީއެސްޖީ އަށް ރަސްމީކޮށް އަންގާފައެއް ނުވެ އެވެ. ރެއާލް އަށް 2022 ގައި ބަދަލުވުމާ ގާތަށް އެމްބާޕޭ ދިޔަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ވިސްނުން ބަދަލުކޮށް ޕީއެސްޖީގެ ކޮންޓްރެކްޓް ދެ އަހަރަށް އާ ކޮށްފަ އެވެ.

އެމްބާޕޭގެ ކޮންޓްރެކްޓްގައި ވާ ގޮތުން، މިދިޔަ މިދިޔަ މަހު އެއްވަނަ ދުވަހުން ފެށިގެން، އޭނާ ބޭނުން ކްލަބަކާ ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާ އަށް ލިބިގެން ވެއެވެ. މިދިޔަ މަހު ރެއާލްގެ އޮފިޝަލުންނާ އެކު އެމްބާޕޭ ވާހަކަތައް ކުރިއަށް ގެންދިޔަ ކަމަށް ސްޕޭންގެ މީޑިއާތަކުން ވެސް ބުންޏެވެ.

ރެއާލް އަށް ބަދަލުވާން އެމްބޭޕޭ ނިންމީ، އެ ބައްދަލުވުންތަކަށް ފަހު އެވެ.