Roadha Mihaaru
އެމްބާޕޭގެ މައްސަލަ ނިންމަން 10 ދުވަސް ދީފި

އެމްބާޕޭގެ މައްސަލަ ނިންމަން 10 ދުވަސް ދީފި

01 އޯގަސްޓް 2023

ޕެރިސް (އޯގަސްޓް 1) - ޕީއެސްޖީގައި އެމްބާޕާގެ ކުރިމަގާ މެދު ގޮތް ނިންމަން އޭނާ އަށް 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެރިސް (އޯގަސްޓް 1) - ޕީއެސްޖީގައި އެމްބާޕާގެ ކުރިމަގާ މެދު ގޮތް ނިންމަން އޭނާ އަށް 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.

އަންނަ ސީޒަނުގައި ހަމަވާ އޭނާގެ ކޮންޓްރެކްޓްގެ ނިމުމުން، އެއްބަސްވުން އާ ނުކުރާނެ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ. އެކަމަކު ހިލޭ އޭނާ ކްލަބް ދޫކޮށްލާކަށް ޕީއެސްޖީން ބޭނުމެއް ނުވެ އެވެ.

އެހެންވެ އޭނާ ވިއްކާލަން އެ ކްލަބުން އިއުލާން ކުރި އެވެ. އަދި ދުނިޔޭގެ ރެކޯޑް މުސާރަ އާ އެކު އޭނާ ގަންނަން ސައުދީ އަރަބިއާގެ އަލް ހިލާލުން ހުށަހެޅި އެވެ. ނަމަވެސް އެމްބާޕޭ ވަނީ ސައުދީގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.

ޕީއެސްޖީގައި އެމްބާޕޭގެ ކުރިމަގާ މެދު ގޮތް ނިންމަން އޭނާ އަށް 10 ދުވަސް ނުވަތަ ދެ ހަފުތާގެ މުއްދަތެއް ދިނީ، ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން އޭނާ ވިއްކާލުމުގެ އަމާޒުގަ އެވެ. ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފަށާނީ އޯގަސްޓް ފަހު ކޮޅުގަ އެވެ. ޕީއެސްޖީން ޖަޕާނުގައި މިހާރު ކުރިއަށް ގެންދާ ޕްރީ ސީޒަން ޓްއާގައި އެމްބާޕޭ ބައިވެރިއެއް ނުވެ އެވެ.

އެމްބާޕޭ ގެންދަން ކުރިން މަސައްކަތް ކުރީ ރެއާލް މެޑްރިޑެވެ. އޭނާގެ ޓްރާންސްފާގައި އަދި ވެސް އެންމެ ފޭވަރިޓް ނަމަކީ އެ ކްލަބެވެ. ނަމަވެސް އޭނާ ވިއްކާލަން ޕީއެސްޖީން އިއުލާން ކުރުމުން އަދި މިހާތަނަށް ވެސް ރެއާލުން ބިޑް ހުށަހަޅައިފައި ނުވެ އެވެ.