14 ފެބުރުއަރީ 2024
ޕެރިސް (ފެބްރުއަރީ 14) - ކިލިޔަން އެމްބާޕޭއަށް މީގެ ދެ އަހަރު ކުރިން ރެއާލް މެޑްރިޑުން ހުށަހެޅި އަގަށް ވުރެ، މިފަހަރު އެ ކްލަބުން ހުށަހެޅި އަގު ދަށްވުމުން އެމްބާޕޭއާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ޝަކުވާ ކޮށްފި އެވެ.
ޕެރިސް (ފެބްރުއަރީ 14) - ކިލިޔަން އެމްބާޕޭއަށް މީގެ ދެ އަހަރު ކުރިން ރެއާލް މެޑްރިޑުން ހުށަހެޅި އަގަށް ވުރެ، މިފަހަރު އެ ކްލަބުން ހުށަހެޅި އަގު ދަށްވުމުން އެމްބާޕޭއާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ޝަކުވާ ކޮށްފި އެވެ.
ޖުލައި 2022 ގައި އެމްބާޕޭ ރެއާލް އަށް ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. އެ ކްލަބްގެ ވެރިން ވެސް ތިއްބެވީ އޭރު އެމްބާޕޭ ސޮއި ކުރުމާ ވަރަށް ކައިރީގަ އެވެ. އޭރު އޭނާ އަށް ދޭން އެ ކްލަބުން ހުށަހަޅި ޖުމުލަ އަގަކީ 130 މިލިއަން ޑޮލަރުގެ މުސާރައެކެވެ. އެއީ އަހަރަކު މަދުވެގެން 30 މިލިއަން ޑޮލަރެވެ.
އެކަމަކު އެ ހުށަހެޅުން ދޫކޮށް އޭނާ ޕީއެސްޖީގައި މަޑު ކުރަން ނިންމައި ދެ އަހަރަށް އެއްބަސްވުން އާ ކުރި އެވެ. އެ އެއްބަސްވުމުން މި އަހަރު ޖޫން މަހު ހަމަ ވާނެ އެވެ. އޭގެ ފަހުން އޭނާ އަށް ހިލޭ ކްލަބް ބަދަލު ކުރެވޭނެ އެވެ.
ޕީއެސްޖީއާ އެކު އޭނާގެ ކޮންޓްރެކްޓް ހަމަވުމުގެ ހަ މަސް ކުރިން ބޭނުން ކްލަބަކާ ވާހަކަ ދެއްކުމުގެ ފުރުސަތު އެމްބާޕޭ އަށް ލިބެ އެވެ. އެ މާއްދާ އަށް ރިއާޔަތް ކުރުަމަށް ފަހު މިދިޔަ މަހު އޭނާގެ އެޖެންޓުން ވަނީ ރެއާލްއާ މުއާމަލާތް ކޮށްފަ އެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުގައި އެ ބައްދަލުވުންތަކަށް ފަހު އެމްބާޕޭ ވަނީ ރެއާލަށް ބަދަލުވާން ނިންމައިފަ އެވެ. އެކަމަކު މިހާރު ދިމާވެގެން އުޅެނީ، އެމްބާޕޭއާ ގަތް ގުޅުމެއް އޮންނަ މީހަކު ފެންމަތި ކުރި މައްސަލައަކާ ގުޅިގެން ދިމާވެގެން އުޅޭ ކަމެކެވެ.
ދި އެތުލެޓިކް ނޫހުން ބުނީ، ދެ އަހަރު ކުރިން ހުށަހެޅި އަގަށް ވުރެ، މިފަހަރު ރެއާލުން ހުށަހެޅި އަގު ދަށްވުމުން އެމްބާޕޭގެ ގާތް މީހަކު އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.
ރެއާލުން މިފަހަރު އޭނާ އަށް ހުށަހެޅި ސީދާ އަދަދު ސާފެއް ނުވެ އެވެ. އެކަމަކު އޭނާ އަށް މިފަހަރު ދޭން ހުށަހެޅި އަގާ އެކު ވެސް އެ ކްލަބްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށް ވާނެ އެވެ.
އެމްބާޕޭގެ އާއިލާގެ މެންބަރެއް ކަމަށް ބެލެވޭ އެ މީހާ ފާހަގަ ކުރި އެ މައްސަލަ އާ އެކު ކްލަބް ބަދަލުކުރުމާ މެދު އެމްބާޕޭ ދެކަފި ވެފައިވާ ކަމަށް ދި އެތުލެޓިކްއިން ބުންޏެވެ.
މެޑްރިޑުން އެމްބަޕޭއާ ވާހަކަ ދައްކަން ތައްޔާރުވެއްޖެ
ރެއާލަށް ބަދަލުވާން އެމްބާޕޭ ނިންމައިފި: މީޑިއާ
ހޫނު މޫސުމުގައި ކެކިއަރާ އެމްބާޕޭގެ ވާހަކަ ފެނަށް
ރެއާލްއަށް ނޫނެކޭ ބުނެ އެމްބާޕޭ ޕީއެސްޖީގައި މަޑުކޮށްފި
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
އެމްބާޕޭ އަށް ހުށަހެޅި ބިޑު ޕީއެސްޖީން ގަބޫލެއް ނުކުރި
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރެއާލްގެ ވާހަކަތައް ލީކު ކުރުމުން މައްސަލަ ޖެހިއްޖެ
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ