Roadha Mihaaru
ހޫނު މޫސުމުގައި ކެކިއަރާ އެމްބާޕޭގެ ވާހަކަ ފެނަށް

ހޫނު މޫސުމުގައި ކެކިއަރާ އެމްބާޕޭގެ ވާހަކަ އަށް މިފަހަރު ފެންޖަހައި ނިއްވާލައިފި

14 ޖޫން 2023

ޕެރިސް (ޖޫން 14) - ކޮންމެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑެއްގައި ފެންމަތިވާ ޕީއެސްޖީގެ ފޯވާޑް ކިލިޔަން އެމްބާޕޭގެ ވާހަކަ އަށް މިފަހަރު އޭނާ ފެންޖަހައި ނިއްވާލައިފި އެވެ.

ޕެރިސް (ޖޫން 14) - ކޮންމެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑެއްގައި ފެންމަތިވާ ޕީއެސްޖީގެ ފޯވާޑް ކިލިޔަން އެމްބާޕޭގެ ވާހަކަ އަށް މިފަހަރު އޭނާ ފެންޖަހައި ނިއްވާލައިފި އެވެ.

ޕީއެސްޖީއާ އެކު އޭނާ މިދިޔަ އަހަރު ހެދި އާ އެއްބަސްވުން އަންނަ އަހަރު ހަމަވުމުން، ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް ބުނެ އެމްބާޕޭގެ ސިޓީއެއް ޕީއެސްޖީގެ އޮފީހަށް މިދިޔަ ހޯމަ ދުވަހު ފޮނުވި ކަމަށް، ފްރާންސްގެ އޭއެފްޕީން ރިޕޯޓް ކުރި އެވެ. އެމްބާޕޭގެ އެ ސިޓީއާ ގުޅިގެން މިފަހަރުގެ ޓްރާންސްފާގައި އޭނާ ބޮޑު އަގުގައި ވިއްކާލަން އެ ކްލަބުން ނިންމާފައިވާ ކަމަށް ވެސް ފްރާންސްގެ އެހެން މީޑިއާތަކުން ރިޕޯޓް ކުރި އެވެ.

އެކަމަކު އެމްބާޕޭ ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ.

"ސީދާ ބޮޑު ދޮގެއް. އަހަރެން ކުރިން ވެސް ބުނެފައި އޮތީ އަންނަ ސީޒަނުގައި ޕީއެސްޖީގައި ކުރިއަށްދާނެ ކަމަށް. މިތަނުގައި އަހަރެން މިހުރީ އުފަލުން ކަމަށް،" އަންނަ ސީޒަންގައި އޭނާ ރެއާލް މެޑްރިޑަށް ވިއްކާލަން ޕީއެސްޖީން ތައްޔާރު ވަމުންދާ ކަމަށް ފްރާންސްގެ މީޑީއާތަކުން ފެތުރި ޚަބަރު ދޮގުކޮށް އެމްބާޕޭ ޓްވިޓާގައި ލިޔެފައި ވެއެވެ.

ކްލަބްގައި މަޑުކުރާނެ ކަމަށް އެމްބާޕޭ ބުނިނަމަ ވެސް ޕީއެސްޖީ އަށް ނުތަނަވަސް ކަމެއް ވެސް އެބައޮތެވެ. އެއީ އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާގައި އޭނާ ކްލަބް ދޫކޮށްލުމެވެ. ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި އެމްބާޕޭ، 24، ކްލަބް ދޫކޮށްލިޔަސް ހިލޭ ޓްރާންސްފާގައި އޭނާ ދޫކޮށްލަން ޕީއެސްޖީން ބޭނުމެއް ނުވެ އެވެ.

ޕީއެސްޖީ އަށް އޮތީ ތިން ގޮތެކެވެ. އެއް އަހަރު ފަހުން އެމްބާޕޭ ހިލޭ ކްލަބް ދޫކޮށްލާއިރު ބަލަހައްޓައިގެން ތިބުމެވެ. ދެވަނަ ކަމަކީ އަގިބޮޑު ޑީލެއް ހުށަހެޅުމެވެ. ނުވަތަ މި ހޫނު މޫސުމުގައި އޭނާގެ ޓްރާންސްފާގެ އަގު ކަނޑައަޅައި ވިއްކަން ނެރުމެވެ. ފުރަތަމަ ދެ ކަމަކީ ޕީއެސްޖީގެ ބާރެއް އެކަނި އޮތް ކަންތައްތަކެއް ނޫނެވެ. އެ ކްލަބަށް ހަމައެކަނި ނިމެން އޮތް ކަމަކީ ތިންވަނަ އިހްތިޔާރެވެ.

އެކަމަކު އެކަން ނުހިނގާނެ ކަމަށް އެމްބާޕޭ އެ ވަނީ ބުނެފަ އެވެ،