ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕީއެސްޖީގެ އުފާފާޅުކުރުމުގެ ބަސް ޕެރޭޑްގައި އެ ކްލަބް ދެ ސަޕޯޓަރަކު މަރުވެއްޖެ އެވެ.
02 ޖޫން 2025
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕީއެސްޖީގެ އުފާފާޅުކުރުމުގެ ބަސް ޕެރޭޑްގައި އެ ކްލަބް ދެ ސަޕޯޓަރަކު މަރުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ބަސް ޕެރޭޑްގައި އިތުރު 200 މީހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ޕެރިހުގެ ފުލުހުން ބުންޏެވެ.
މެޗު ކުޅުނު މިޔުނިކުގައި ޕީއެސްޖީގެ ސަޕޯޓަރުން މެޗު ބަލަން ހާއްސަ ކުރި ކެފޭއެއްގެ ކައިރީގައި މެޗަށް ފަހު އުފާފާޅު ކުރަމުން ދިޔައިރު ވަޅިއަކުން ހަމަލާ ދީ މީހަކު މަރާލި އެވެ. އެކަމަކު ފަހުން ފުލުހުން ބުނީ އެ މަރާ ޕީއެސްޖީގެ އުފާފާޅުކުރުމުގެ ހަރަކާތާ ގުޅުމެއް ނެތް ކަމަށެވެ.
ޕެރިހުގައި ޕީއެސްޖީގެ ބަސް ޕެރޭޑް ކުރިއަށް ދިޔަ ވަގުތު ދުއްވާފައި ދިޔަ ކާރެއްގައި ޖެހި 20 އަހަރުގެ ޒުވާނަކު މަރުވި އެވެ. އޭރު އެ ޒުވާނާ ހުރީ ސައިކަލް ދުއްވަން ކަމަށާއި ކާރު ޖެހުނީ އޭނާގެ ސައިކަލްގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މިހާރު ވަނީ ކާރު ދުއްވި ޑްރައިވަރު ހައްޔަރުކޮށްފަ އެވެ.
ޕީއެސްޖީގެ އުފާފާޅު ކުރަން ހަވާ އަރުވަމުން ދިޔަ ވަގުތު ބަޑިބޭހުގެ އަސަރުކޮށް ސަލާމަތީކަންކަން ބަލަހައްޓަން ހުރި ފުލުހެއްގެ ލޯ ވަނީ ޒަހަމް ވެފަ އެވެ. އޭނާ މިހާރު އޮތީ ކޯމާއެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ޕެރޭޑްގައި ބައިވެރިވި މީހުންނާއި މަންޒަރު ބަލަން ނުކުތް މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ބައެއް މީހުންގެ ހާލު ސީރިއަސް އެވެ.
އުފާފާޅު ކުރުންތަކުގެ ތެރޭގައި ދެ މީހަކު މަރުވުމާއި ބައެއް މީހުންނަށް އަނިޔާވުމުން ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނީ ކްލަބުގެ ބޭރުން ވަކިވަކިން އަމިއްލަ އަށް ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.
"އުފާފާޅު ކުރުމުގެ ހަރަކާތް ވާން ޖެހޭނީ ކްލަބާ ގުޅިގެން އެންމެން އެކީގައި ކުރާ ކަމަކަށް. ވަކިވަކިން ހިންގި ހަރަކާތްތަކަކީ މި ކްލަބްގެ އުސޫލުން ބޭރުން ހިންގާފައިވާ ހަރަކާތްތައް. އެއީ މި ކްލަބްގެ ގިނަ ސަޕޯޓަރުން ވެސް ބަލައިގަންނާނެ ކަމެއް ނޫން،" ޕީއެސްޖީގެ ބަޔާނުގައި ވެއެވެ.
ޕީއޭސްޖީން ޔޫރަޕްގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބު ކުރީ ފައިނަލުގައި އިންޓަ މިލާންގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
ކީޕަރު މާޓިނޭޒް ޕީއެސްޖީގެ ސަޕޯޓަރުން ރުޅި އަރުވާލައިފި
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
މައްސަލަ އެބަހުރި، އެކަމަކު ކޯޗު ނުހިމެނޭ: އެމްބާޕޭ
ނިއުކާސަލް އަށް ކެހިދިނީ ރެފްރީގެ "ގޯސް" ނިންމުމަކުން
ޕީއެސްޖީއަށް ފިލާވަޅެއް؛ މަޝްހޫރު ތަރިންނަކީ ބާރެއްނޫން
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ