ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުތައް ކާމިޔާބުކޮށް ސްޕެއިނުގެ ބާސެލޯނާ އާއި، ފްރާންސްގެ ޕީއެސްޖީން ސެމީ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުތައް ކާމިޔާބުކޮށް ސްޕެއިނުގެ ބާސެލޯނާ އާއި، ފްރާންސްގެ ޕީއެސްޖީން ސެމީ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
ބާސެލޯނާ މޮޅުވީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 4-0 އިންނެވެ. ޕީއެސްޖީ މޮޅުވީ އަމިއްލަ ދަނޑުގައި އިންގްލެންޑުގެ އެސްޓަން ވިލާ އަތުން 3-1 އިންނެވެ.
ދެ ޓީމަށް ވެސް ދެ ވަނަ ލެގު އޮތީ ރަށުން ބޭރުގަ އެވެ. އެކަމަކު ފުރަތަމަ ލެގުގައި ހޯދި ނަތީޖާތަކާ އެކު، ދެ ވަނަ ލެގުގައި ހަނި ތަފާތަކުން ބަލިވި ނަމަވެސް އެ ދެ ޓީމަށް ސެމީން ފުރުސަތު ލިބޭނެ އެވެ.
ޑޯޓްމަންޑް ކޮޅަށް ބާސެލޯނާގެ ފުރަތަމަ ގޯލް ޖެހީ ބްރެޒިލް ފޯވާޑް ރަފީނިއާ އެވެ. އޭނާ އަކީ 12 ގޯލާ އެކު މުބާރާތުގެ ޓޮޕްސްކޯރާ އެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ކާމިޔާބުކުރީ ސްޕެއިނުގެ އުއްމީދީ ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ.
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ އަދިވެސް މި ޓީމަށް ކުރިއެރުން ހޯދޭނެ ކަމަށާއި، މި މެޗުން ވެސް އެފަދަ ކަންކަން ފާހަގަކުރެވުނު ކަމަށެވެ.
"އަހަރެމެން މި މެޗު އެނަލައިޒްކުރާނަން. އަދި ކުޅުންތެރިން ގާތު ބުނާނަން ތި ކުޅުނީ ވަރަށް މޮޅަށޭ، އެކަމަކު އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުއްޓޭ،" ފްލިކް ބުންޏެވެ.
"މިއަދުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އެކަމަކު މިއީ އަދި ފުރަތަމަ ފިޔަވަޅު."
ޒުވާން ޓީމަކާ އެކު މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، އަދި ފްރާންސް ލީގުގެ ޗެމްޕިއަންކަން ވެސް ކަށަވަރުކޮށްފައިވާ ޕީއެސްޖީ އަށް ރޭގެ މެޗު ފެށުނީ އެހާ ރަނގަޅަކަށް ނޫނެވެ. އެގޮތުން 35 ވަނަ މިނެޓުގައި ވިލާގެ މޯގަން ރޮޖާސް ލީޑު ނެގި އެވެ. އެކަމަކު ހަތަރު މިނެޓު ފަހުން ޑެޒީރޭ ޑޫއޭ ޕީއެސްޖީ އަށް އެއްވަރުކޮށްދިނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ޖެނުއަރީ މަހު އެ ޓީމާ ގުޅުނު ޖޯޖިއާ ވިންގާ ކިވިޗާ ކްވަރަސްހޭލިއާ އެވެ. ޕީއެސްޖީގެ ތިން ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ޖެހީ ނޫނޯ މެންޑެޒް އެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކޭ ވަނީ ދެ ވަނަ ލެގުގައި މި ނަތީޖާ ދިފާއުކުރަން ތިބުމުގެ ބަދަލުގައި އެޓޭކިން ގޭމެއް ކުޅޭނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އޭނާ ބުނީ ވިލާގެ ދަނޑުގައި ވެސް ކުޅޭނީ މިގޮތަށް ކަމަށާއި، ހުރިހާ މެޗަކުން މޮޅުވާން ވިސްނުމަކީ ރަނގަޅެއް ކަމަށެވެ.
ދެ ވަނަ ލެގުން ބަލިވިޔަސް ބާސާ އާއި ޕީއެސްޖީ ސެމީއަށް
އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސާ މޮޅުވެއްޖެ
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
ޕީއެސްޖީ އަތުން ބާސާ ކަޓައިފި، ލިވަޕޫލް ކުއާޓާ އަށް
"ނަތީޖާ އަނބުރާލުމަކީ ބާސެލޯނާ އަށް ކުރެވޭނެކަމެއް"
އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި