16 މާޗް 2024
ފަސް ސީޒަނަށް ފަހު މި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅޭ އާސެނަލް އަށް މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖަރުމަންގެ ބެޔާން މިއުނިކާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ފަސް ސީޒަނަށް ފަހު މި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅޭ އާސެނަލް އަށް މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖަރުމަންގެ ބެޔާން މިއުނިކާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
އެންމެ ފަހުން 2016/2017 ސީޒަންގެ ގަދަ 16 އިން އާސެނަލް ކެޓީ 10-2 ގެ އެގްރިގޭޓަކުން ބެޔާން އަތްދަށުވެގެންނެވެ. ހަމަ އެއާއެކު މި ސީޒަނަކީ 2009/2010 ގެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައަށް އާސެނަލް ދަތުރު ކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.
އިނގިރޭސި ކެޕްޓަން ހެރީ ކޭން ކުޅެމުން އަންނަ ބެޔާނާ ދެކޮޅަށް އާސެނަލް ކުއާޓާގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ދަނޑުގަ އެވެ.
ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ މަހުގެ 9 އަދި 10 ވަނަ ދުވަހުގެ ރޭ ކުޅުމަށް ފަހު، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ 16 އަދި 17 ވަނަ ދުވަހުގެ ރެއެވެ.
ކުއާޓާގެ ގުރުއަތުލުން މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނުކުންނާނީ ރެކޯޑް 14 ފަހަރު ތަށި އުފުލާލާފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ފާއިތުވި ދެ ސީޒަންގައި ވެސް ސިޓީ ވަނީ ނޮކައުޓް ބުރުގައި ރެއާލާ ދެކޮޅަށް ކުޅެފަ އެވެ.
އާސެނަލް އާއި ސިޓީ ވެސް ކުއާޓާ ފައިނަލްގައި އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިފި ނަމަ، މުބާރާތުގެ ސެމީގައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ޓީމު ވާދަ ކުރަން ޖެހޭނެ އެވެ.
ޗެމްޕިއަންސް ލީގު 2020/2021 ސީޒަންގައި ބާސާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން.--
މެސީ ޓީމު ދޫކޮށްލި ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރެއްގައި ކާމިޔާބު ހޯދައިގެން ކުއާޓާއިން ޖާގަ ހޯދި ސްޕެއިންގެ ބާސެލޯނާ ކުއާޓާގައި ވާދަ ކުރާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.
އެންމެ ފަހުން ބާސާ އާއި ޕީއެސްޖީ ޗެމްޕިއަންސް ލީގުގައި ކުރިމަތިލީ 2020/2021 ސީޒަންގަ އެވެ. މެސީ އާ ވެސް އެކު އެ ފަހަރުގެ ގަދަ 16 ގައި ބާސާ ޕީއެސްޖީ އަތުން ބަލިވީ 5-2 ގެ އެގްރިގޭޓަކުންނެވެ. އެ ސީޒަނަށް ފަހު ބާސާ ދޫކޮށް މެސީ ބަދަލުވީ ޕީއެސްޖީއަށެވެ. ޕީއެސްޖީގައި ދެ ސީޒަން ހޭދަ ކުރުމަށް ފަހު އޭނާ މިހާރު ވަނީ ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް މިދިޔަ އަހަރު އެމެރިކާގެ އިންޓަ މަޔާމީއަށް ބަދަލުވެފަ އެވެ.
ބާސާ އާއި ޕީއެސްޖީގެ ކުރިމަތިލުމުގައި ކުރިހޯދާ ޓީމެއް ސެމީގައި ވާދަ ކުރަން ޖެހޭނީ، މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު އިޓަލީގެ އިންޓަ މިލާން ކަޓުވާލާފައި ކުއާޓާ އިން ފުރުސަތު ހޯދި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑާ ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހާއި އޭޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ރެއެވެ. އަދި ދެވަނަ ލެގުގެ ކުޅުން އޮންނާނީ މެއި މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހުގެ ރެއެވެ.
އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅެނީ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ރެއެވެ.
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ރެއާލާ ސިޓީއަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
ބަޔާނާއި ސިޓީ އަނެއް ބުރަށް، ލިވަޕޫލް ބަލިވެއްޖެ
މޮޅަކާ އެކު ޕީއެސްޖީ، ރެއާލް އަދި ބަޔާން ބުރު ނިންމާލައިފި
ބަޔާނާއި ޕީއެސްޖީ އަދި ޔުވެންޓަސް އަށް އެއް ވަނަ
ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި