26 އޮކްޓޯބަރ 2023
ބާން (އޮކްޓޫބަރު 26) - މެންޗެސްޓާ ސިޓީގެ ޒުވާން ފޯވާޑް އާލިން ހާހަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާން (އޮކްޓޫބަރު 26) - މެންޗެސްޓާ ސިޓީގެ ޒުވާން ފޯވާޑް އާލިން ހާހަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑްގެ ޔަންގް ބޯއީސް އާ ދެކޮޅަށް ރޭ ސިޓީން 3-1 އިން މޮޅުވި މެޗުގައި، ހާލަންޑް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ހާލަންޑް ގޯލު ޖެހި ފުރަތަމަ މެޗެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓްގައި މެޗުއެލް އަކަންޖީ ސިޓީ އަށް ލީޑު ނަގައިދީފައި ވަނިކޮށް ހަތަރު މިނިޓު ފަހުން ޔަންގް ބޯއީސްގެ މެޝަކް އެލިއާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ސިޓީން ދެވަނަ ފަހަރަށް ލީޑު ނެގީ 67 ވަނަ މިނިޓުގައި، ލިބުނު ޕެނަލްޓީއަކުން ހާލަންޑް އެވެ. ސިޓީގެ ތިންވަނަ ގޯލު އޭނާ ޖެހީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށެވެ.
ހާލަންޑް، ރޭގެ މެޗުގައި ސިޓީގެ ތިންވަނަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
"ގޯލު ޖަހަން ފުރުސަތު ލިބުމަކީ ވެސް މުހިއްމު ކަމެއް، އެކަމަކު ބަޔަކު ބޭނުންވޭ އޭނާ (ހާލަންޑް) ފެއިލް ކޮށްލަން،" ނޯވޭގެ ފޯވާޑަށް ކުރިމަތިވާ ފާޑުކިޔުންތަކާ ގުޅިގެން، މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
"އަހަރެންނަށް މާފު ކުރާތި، އެކަމު މި ކުޅުންތެރިޔާ އޭނާގެ ކެރިއަރުގައި ގޯލުތަކެއް ޖަހާނެ. ލިބޭ ފުރުސަތުތަކާ އެކު އޭނާ އަކީ އިންތިހާ އަށް ނުރައްކާތެރި ސްޓްރައިކަރެއް. އޭނާ އަށް ބޭނުންވަނީ ކެވިން ޑިބްރޭނާ އާއި އިލްކާއި ގުންޑޮއާން ދޭ ފަދަ ޕާސް ތަކެއް. އެކަމު އޭނާ ކުޅޭ އެންމެ ފަހު ދުވަހާ ޖެހެން ދެން އޭނާ ގޯލު ޖަހާނެ."
ޕެނަލްޓީން ހާލަންޑް ޖެހި ގޯލަކީ ޗެމްޕިއަންސް ލީގުގައި ފަސް މެޗަށް ފަހު އޭނާ ޖެހި ފުރަތަމަ ގޯލެވެ. ރޭގެ މެޗުގެ ކުރިން އޭނާ ޗެމްޕިއަންސް ލީގުގައި ގޯލެއް ޖެހީ މިދިޔަ ސީޒަންގެ ކުއާޓާ ފައިނަލްގައި ބެޔާން މިއުނިކާ ދެކޮޅަށެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 37 ގޯލު ކާމިޔާބު ކޮށްފަ އެވެ.
ސިޓީގެ މި މޮޅާ އެކު އެޓީމު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ގުރޫޕް އީގައި ހިމެނޭ ޖަރުމަންގެ އާރްބީ ލައިޕްޒިގުން ވަނީ ރޭ 3-1 އިން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށް ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. ރެޑް ސްޓާ އާއި ޔަންގް ބޯއީސް އަށް އަދި ލިބިފައި ވަނީ ޕޮއިންޓެކެވެ.
ބާސާގެ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް، ރޭގެ މެޗުގައި އެޓީމުގެ ދެވަނަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ރޭ ބާސެލޯނާ ވެސް ވަނީ ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް 2-1 އިން ބަލިކޮށް މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ. ބާސާ ހިމެނޭ ގުރޫޕް އެޗްގެ ދެވަނައިގައި އޮތީ ރޭ 4-1 އިން ބެލްޖިއަމްގެ އޭންޓްވާޕް ބަލިކުރި ޕޯޗުގަލްގެ ޕޯޓޯ އެވެ. ޝަކްތާ އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު އޭންޓްވާޕަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މި ސީޒަންގެ މަރުގެ ގުރޫޕް ކަމަށްވާ ގުރޫޕް އެފް ގައި ރޭ ފްރާންސްގެ ޕީއެސްޖީން 3-0 އިން އިޓަލީގެ އޭސީ މިލާން ބަލިކޮށް، ހަ ޕޮއިންޓާ އެކު އެއްވަނައަށް ޖެހިލައިފަ އެވެ. މިލާނަށް އަދި ލިބިފައި އޮތީ ދެ ޕޮއިންޓެވެ.
ޕީއެސްޖީއާ އެއް ގުރޫޕެއްގައި ހިމެނޭ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ ރަށުން ބޭރުގައި އިންގްލެންޑުގެ ނިއުކާސަލް ޔުނައިޓެޑް 1-0 އިން ބަލިކޮށްފަ އެވެ. މިއާ އެކު ޑޯޓްމަންޑާއި ނިއުކާސަލް އަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، ހެޑް-ޓު-ހެޑް ނަތީޖާއިން ކުރީގައި އޮތީ ޑޯޓްމަންޑެވެ.
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
ތިން ތަށި ކާމިޔާބު ކުރެވޭނެ ކަމަށް ގާޑިއޯލާ ގަބޫލުކުރޭ
ސިޓީ އިން ބެޔާން އުނދަގޫ ހާލަތަކަށް ވައްޓާލައިފި
"ބާސެލޯނާ ބަލިކުރުމަކީ ކުރިއަށް އެޅޭނެ ފިޔަވަޅެއް"
މެސީގެ ހެޓްރިކާ އެކު ސިޓީ ބަލިކޮށްފި
ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު: އެންރީކޭ
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި