02 އޮކްޓޯބަރ 2024
ޔުއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ރަނަރަޕް އާސެނަލް އަދި ސްޕެއިނުގެ ބާސެލޯނާ އިން ރޭ ބޮޑު މޮޅުތަކެއް ހޯދައިފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ރަނަރަޕް އާސެނަލް އަދި ސްޕެއިނުގެ ބާސެލޯނާ އިން ރޭ ބޮޑު މޮޅުތަކެއް ހޯދައިފި އެވެ.
ސިޓީ މޮޅުވީ ރަށުން ބޭރުގައި ސްލޮވާކިއާގެ ސްލޮވަން ބްރަޓިސްލާވާ އަތުން 4-0 އިންނެވެ. އާސެނަލް މޮޅުވީ އަމިއްލަ ދަނޑުގައި ފްރާންސްގެ ޕީއެސްޖީ އަތުން 2-0 އިންނެވެ. ބާސެލޯނާ މޮޅުވީ އަމިއްލަ ދަނޑުގައި ސްވިޒަލެންޑުގެ ޔަންގް ބޯއީސް އަތުން 5-0 އިންނެވެ.
ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ގޯލު 8 ވަނަ މިނެޓުގައި ޖެހީ އެ ޓީމު ދޫކޮށް މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ކުޅުމަށް ފަހު އެނބުރި އައި އިލްކޭ ގުންޑޮގާން އެވެ. ދެ ވަނަ ގޯލު ޖެހީ މި ސީޒަނުގައި މާ ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބިފައިނުވާ ފިލް ފޮޑެން އެވެ. ސިޓީގެ އަނެއް ދެ ގޯލު ޖެހީ އާލިން ހާލަންޑާއި، ޖޭމްސް މެކްއަޓީ އެވެ. ހާލަންޑް ޖެހި ގޯލަކީ އޭނާ ޗެމްޕިއަންސް ލީގުގައި 41 މެޗުން ޖެހި 42 ވަނަ ގޯލެވެ.
މި މޮޅާ އެކު ސިޓީ ވަނީ ފުރަތަމަ ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. ފުރަތަމަ މެޗުގައި އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނާ 0-0 އެއްވަރުވީ އެވެ.
ކީލިއަން އެމްބާޕޭ ނެތަސް، ޔޫރަޕުގެ ވަރުގަދަ ޓީމެއްގެ ގޮތުގައި އޮތް ޕީއެސްޖީ އަތުން ރޭ އާސެނަލް ހޯދި މޮޅާ އެކު އެ ޓީމަށް އަންނަނީ ތައުރީފު އޮހެމުންނެވެ. އެ ޓީމުގެ ކޯޗު އަދި ޕީއެސްޖީގެ ކުރީގެ ކުޅުންތެރިޔާ މިކޭލް އާޓެޓާ ބުނީ ޗެމްޕިއަންސް ލީގުގައި ދައްކަން ޖެހެނީ މުޅިން އެހެން ލެވެލެއްގެ ކުޅުމެއް ކަމަށާއި، އެ ކުޅުން އޭނާގެ ޓީމުން ދެއްކި ކަމަށެވެ.
"ވަރަށް، ވަރަށް އުފާވެފައި މިހިރީ ކުޅުމާ މެދު،" އާޓެޓާ ބުންޏެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ޓީމުން ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ލަނޑުތައް ޖަހައިދިނީ ކައި ހަވާޓްޒް އާއި ބުކާޔޯ ސަކާ އެވެ. އާސެނަލަށް ވެސް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފުރަތަމަ މެޗުގައި މިދިޔަ ސީޒަނުގެ ޔުރޮޕާ ލީގު ޗެމްޕިއަން އެޓަލާންޓާއާ 0-0 އިން އެއްވަރުވީ އެވެ.
ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވި ބާސެލޯނާ އިން އެ މެޗުގެ ނަތީޖާ ހަނދާން ނައްތާލީ އަމިއްލަ ދަނޑުގައި ހޯދި ފަސޭހަ މޮޅާ އެކު އެވެ. މި މެޗުގައި ބާސެލޯނާގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ރޮބަޓް ލެވޮންޑޮސްކީ އެވެ. ރަފީނިއާ އާއި އިނިގޯ މާޓިނޭޒް އަނެއް ދެ ގޯލު ޖެހިއިރު، ޔަންގް ބޯއީސްގެ މުހައްމަދު އަލީ ކަމާރާ އަތުން ބައިކޮޅަށް ވެސް ގޯލެއް ވަނެވެ.
މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު މެޗުން ފްރާންސްގެ މޮނާކޯ އަތުން 2-1 އިން ބަލިވީ އެވެ.
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
ބާސާގެ ފުރަތަމަ ބަލި، އާސެނަލަށް ހޯދުނީ ޕޮއިންޓެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް
ރެއާލާ ސިޓީއަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ