20 ސެޕްޓެމްބަރ 2024
މޮނާކޯ (ސެޕްޓެމްބަރު 20) ރަށުން ބޭރުގައި ބާސެލޯނާ، ފްރާންސްގެ މޮނާކޯއާ ކުޅެ 2-1 އިން ބަލިވި އިރު، އާސެނަލް އިން އިޓަލީގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ހޯދައިފި އެވެ.
މޮނާކޯ (ސެޕްޓެމްބަރު 20) ރަށުން ބޭރުގައި ބާސެލޯނާ، ފްރާންސްގެ މޮނާކޯއާ ކުޅެ 2-1 އިން ބަލިވި އިރު، އާސެނަލް އިން އިޓަލީގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ހޯދައިފި އެވެ.
މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ކުޅުނު އާސެނަލް އާއި، އެންމެ ފަހުގެ ޔޫރޮޕާ ލީގު ޗެމްޕިއަން އެޓަލާންޓާ ކުޅުނު މި މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
އާސެނަލް އަށް ޕޮއިންޓެއް ހޯދައިދިނުމުގައި އެޓީމުގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ ދެ ވަނަ ހާފުގައި އެޓަލާންޓާގެ މަޓެއޯ ރެޓޭގީ ފޮނުވާލި ޕެނަލްޓީ ދިފާއުކޮށް، އެ ވަގުތު ރީބައުންސް ވި ބޯޅަ ރެޓޭގީ ފޮނުވާލުމުން ވެސް ދިފާއު ކޮށްފަ އެވެ.
އާސެނަލްގެ ކީޕަރު ރާޔާ.-- ފޮޓޯ: އޭއެފްޕީ
ރޭ އެތުލެޓިކޯ މެޑްރިޑުން ރަށުން ބޭރުގައި ޖަރުމަންގެ އާރުބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު ވެސް އެއްވަރު ވެގެން ނިމެން ދަނިކޮށް، ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން އެތުލެޓިކޯ ވަނީ 2-1 އިން މޮޅުވެފަ އެވެ.
ބެންޖަމިން ސެސްކޯ ލައިޕްޒިގަށް މެޗުގެ ހަތަރު ވަނަ މިނިޓުގައި ލީޑު ނަގައިދިން ނަމަވެސް އެންޓޮއިން ގްރީޒްމަން ވަނީ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯ އަށް އެއްވަރު ކޮށްދީފަ އެވެ. އެތުލެޓިކޯ މޮޅުވި ގޯލު 90 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު ހޯޒޭ ހިމިނޭޒް އެވެ.
ބާސެލޯނާ އަށް މައްސަލަ ދިމާވީ، 10 ވަނަ މިނިޓުގައި ޑިފެންޑަރު އެރިކް ގާސިއާ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.
އެކަކު މަދުކޮށް ކުޅެމުން ދިޔަ ބާސާ ކޮޅަށް މޮނާކޯ އިން ވަނީ ހައެއްކަ މިނިޓް ތެރޭ ގޯލު ޖަހައި، ލީޑު ނަގައިފަ އެވެ. މި ގޯލު ޖަހައިދިނީ މިއަހަރުގެ އޮލިމްޕިކް ފައިނަލް ކުޅުނު ފްރާންސް ޓީމުގައި ހިމެނުނު މަންގްނެސް އަކްލިއޫޗޭ އެވެ.
އުމުރުން 17 އަހަރުގެ ލަމީން ޔަމާލް މެޗުގެ 28 ވަނަ މިނިޓުގައި ބާސާ އަށް ނަތީޖާ އެއްވަރު ކޮށްދޭން ޖެހި ގޯލާ އެކު އޭނާ ވެފައި ވަނީ އެ ޓީމުގެ އަންސޫ ފާޓީ އަށް ފަހު، މުބާރާތުގެ ތާރީހުގައި ވެސް ގޯލު ޖެހި ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ފާޓީ ވަނީ ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ.
މޮނާކޯ މޮޅުވި ގޯލު ޖެހި ވަގުތު ބާސާގެ ކެޕްޓަން، ކީޕަރު މާކް އަންޑްރޭ ޓާ ސްޓޭގެން.-- ފޮޓޯ: އޭއެފްޕީ
މޮނާކޯ މޮޅުވި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި 18 އަހަރުގެ ނައިޖީރިއާ ފޯވާޑް ޖޯޖް އިލެނިކޭނާ އެވެ.
މިއީ ބާސާގެ ކޯޗު ހަންސީ ފްލިކް އާ އެކު އެޓީމު ބަލިވި ވާދަވެރި ފުރަތަމަ މެޗެވެ. ސްޕެނިޝް ލީގުގައި ބާސާ މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.
ޒަބީ އޮލޮންސޯ ކޯޗު ކޮށްދޭ ބެޔާ ލެވަލޫސަން ވަނީ ނެދަލެންޑްސް ލީގުގެ ދެވަނަ ހޯދި ފެއިނޫޑާ ވާދަކޮށް 4-0 އިން މޮޅުވެފަ އެވެ.
ޖަރުމަންގެ އެންމެ ފަހުގެ ލީގު ޗެމްޕިއަން ލެވަކޫސަން އަށް ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފްލޯރިއަން ވާޓްޒް ދެ ގޯލު ޖަހައިދިން އިރު، އަލެހަންދްރޯ ގްރިމާލްޑޯ ވެސް ވަނީ ގޯލެއް ޖަހައިދީފަ އެވެ. ހަތަރު ވަނަ ގޯލަކީ ހާފު ނިމެނިކޮށް އިދިކޮޅު ގޯލްކީޕަރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރޭގެ މެޗުތަކާ އެކު ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގެ ލީގު ބުރުގައި ވާދަކުރާ 36 ޓީމަށް ވެސް އެއް މެޗު ކުޅެވިފަ އެވެ.
ލީގު ބުރުގައި ކޮންމެ ޓީމަކުން ވެސް ވާދަ ކުރާނެ އަށް ޓީމެއް ވަނީ ގުރުއަތަކުން ހޮވައިފަ އެވެ. ނޮކްއައުޓް ބުރަށް ދާނީ 36 ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމުގެ އިތުރުން، ރޭންކިންގައި ދެން ކުރީގައި އޮތް 16 ޓީމު ޕްލޭއޮފް މެޗުތަކެއް ކުޅެގެން މޮޅުވާ އަށް ޓީމެވެ.
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
ބޮޑު މޮޅަކާ އެކު ބާސެލޯނާ އިން ފޯމު ދަމަހައްޓައިފި
ބެޔާން އަތުން މޮޅުވިޔަސް ބާސާއަކީ ފޭވަރިޓެއް ނޫން: ފްލިކް
ރަފީނިއާއަށް އާސެނަލުން 50 މިލިއަން، ސައުދީގެ ކްލަބުން 65 މިލިއަން
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި
ޕެނަލްޓީ ނުދިނުމުން ޓުޗެލް ބުނީ ރެފްރީ ހިތްވަރެއް ނެތޭ