އިންޓަ މިލާން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާން ކުރަން އެންމެ މުހިއްމު ކަމަކީ ބާސެލޯނާގެ ލަމީން ޔަމާލް ހުއްޓުވުން ކަމަށް، އިންޓަ ގެ ކޯޗު ސިމިއޯނީ އިންޒާގީ ބުނެފި އެވެ.
އިންޓަ މިލާން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާން ކުރަން އެންމެ މުހިއްމު ކަމަކީ ބާސެލޯނާގެ ލަމީން ޔަމާލް ހުއްޓުވުން ކަމަށް، އިންޓަ ގެ ކޯޗު ސިމިއޯނީ އިންޒާގީ ބުނެފި އެވެ.
"އޭނާ [ޔަމާލް] އާ ބޯޅަ ވީހާވެސް ދުރުގަ ބާއްވަން މަސައްކަތް ކުރަން ޖެހޭނީ، އެކަމަކު އެއީ ވާނެ ކަމެއް ނޫން. އެކަކު ނޫނީ ދެ ކުޅުންތެރިން މާކު ކޮށްގެން ވިޔަސް އޭނާ އަށް ހާއްސަ ސަމާލުކަމެއް ދޭނަން. އުމުރުން 17 އަހަރުގައި އޭނާއަކީ އާދަޔާ ހިލާފު ހުނަރުވެރިއެއް،" އިންޒާގީ ބުންޏެވެ.
"އެއީ ނުރައްކާ ކުޅުންތެރިއެއް. އެންމެން ވެސް އޭނާ އަށް ޕާސް ދޭ. އަހަރެން އެންމެ އާޝޯހުވާ ކަމަކީ އޭނާގެ ވިސްނުން. ބޯޅަ ލިބުމުގެ ކުރިން ވެސް އޭނާ އަށް އެނގޭ ހަރަކާތް ކުރަންވީ ގޮތް."
ބާސެލޯނާ ފަހަތުން އަރައި އިންޓަ އާ 3-3 އިން އެއްވަރު ކުރި ފުރަތަމަ ލެގުގައި ޔަމާލް ވަނީ ބާސާ އަށް މުހިއްމު ދައުރެއް އަދާ ކޮށްދީފަ އެވެ. ދެވަނަ ލެގު އިޓަލީގެ ސެން ސީރޯ ސްޓޭޑިއަމްގައި މިރޭ ކުޅޭނެ އެވެ.
ފުރަތަމަ ލެގުގައި ބަސްޓޯނީ، ޔަމާލް ހުއްޓުވަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޔަމާލް ހުއްޓުވުމުގެ ޒިންމާ ހަވާލު ކުރާނެ ކަމަށް ބެލެވެނީ އިންޓަ ގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އަށެވެ. އިޓަލީގެ ބަސްޓޯނީ ވަނީ އެންމެ ފަހުން އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ޔަމާލް އާ ދެކޮޅަށް ކުޅެފަ އެވެ. ޔޫރޯގެ ފައިނަލް ކާމިޔާބު ކުރީ ވެސް ސްޕެއިން އެވެ.
"ޔޫރޯގައި އޭނާއާ ދެކޮޅަށް ކުޅުނިން، އޭރު މި ފެންވަރަކު ނޫން އޭނާ ހުރީ. އެއަށް ފަހު އޭނާ އެހުރީ ވަރަށް ބޮޑެތި ކުރިއެރުން ހޯދައިފަ،" ޔަމާލް އަށް ތައުރީފް ކުރަމުން ބަސްޓޯނީ ބުންޏެވެ.
އިންޓަ އާ ކުޅެން ބާސެލޯނާގެ އަލެހަންދްރޯ ބާލްޑޭ ފިޓް ނުވި ނަމަވެސް ސްޓްރައިކަރު ރޮބާޓް ލެވަންޑޯސްކީ ވަނީ ފިޓް ވެފަ އެވެ.
އިންޓަ އަށް އަނިޔާގެ އިތުރު މައްސަލައެއް ކުރިމަތި ވެފައި ނެތް ކަމަކު އިންޒާގީ އަށް އޮތް ގޮންޖެހުމަކީ ޑިފެންޑަރު ބެންޖަމިން ޕާވަޑާއި ސްޓްރައިކަރު ލަޓައުރޯ މާޓިނޭޒްގެ ފިޓްނަސްގެ މައްސަލަ އެވެ.
ބާސާ ބަލިވުން ބޭއިންސާފު: ފްލިކް
ވަރުގަދަ ދެޓީމު ބަލިކޮށް، އިންޒާގީގެ ތައުރީފު ޓީމަށް
ބާސާ ހިތްދަތިކޮށްލުމަށް ފަހު އިންޓަ ފައިނަލަށް
އިންޓަ ވަރުގަދަކޮށް ފެށިޔަސް ބާސާ ބައްޔެއް ނުކުރެވުނު
ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅީ މެސީ: ޔަމާލް
މިވަގުތަށް ބާސާ ސަލާމަތްވެއްޖެ، އެކަމަކު އަމިއްލަ ބާރެއް ނެތް
އިންޓަ އިން ބާސެލޯނާ ބަލިކޮށްފި، ޒަވީގެ ރުޅި ރެފްރީއަށް
ލެވަންޑޯސްކީއާ އެކު ވެސް ބެޔާން އަތުން ބާސާ ބަލިވެއްޖެ
ލެވޮންޑޮސްކީގެ ހެޓްރިކުން ބާސެލޯނާ އަށް ބޮޑު މޮޅެއް
ސުއަރޭޒްގެ ދެ ގޯލުން ބާސާ އިން އިންޓަ ބަލިކޮށްފި