މި ސީޒަނުގައި ޓީމާ ގުޅުނު ފޯވާޑް ރޮބަޓް ލެވޮންޑޮސްކީގެ ހެޓްރިކާ އެކު، ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިނުގެ ބާސެލޯނާ އިން ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެން އަތުން އަމިއްލަ ދަނޑުގައި 5-1 އިން މޮޅުވެއްޖެ އެވެ.
މި ސީޒަނުގައި ޓީމާ ގުޅުނު ފޯވާޑް ރޮބަޓް ލެވޮންޑޮސްކީގެ ހެޓްރިކާ އެކު، ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިނުގެ ބާސެލޯނާ އިން ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެން އަތުން އަމިއްލަ ދަނޑުގައި 5-1 އިން މޮޅުވެއްޖެ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ޖަރުމަނުގެ ބަޔާން މިއުނިކުން ވަނީ ރަށުން ބޭރުގައި އިޓަލީގެ އިންޓަ މިލާން އަތުން 2-0 އިން މޮޅުވެފަ އެވެ.
މުބާރާތުގެ މަރުގެ ގްރޫޕުގެ ގޮތުގައި ބެލެވޭ ގްރޫޕް ސީ ގައި، ފުރަތަމަ ދެ މެޗަށް ފަހު ކުރީގައި އޮތީ ތިން ޕޮއިންޓާ އެކު ބާސެލޯނާ އާއި ބަޔާން އެވެ. އިންޓަ އާއި ޕްލެޒެން އަށް ޕޮއިންޓެއް ނުލިބެ އެވެ.
ކޭމްޕް ނޯ ގައި ރޭ ޕްލެޒެންއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ގޯލް ހުޅުވާލަދިނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު އައިވަރީ ކޯސްޓް މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ. އޭގެ ފަހުން 34 ވަނަ މިނެޓުގައި ލެވޮންޑޮސްކީ ލީޑު ފުޅާކޮށްދިނެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން ޕްލެޒެން އިން ޖެން ސިކޯރާގެ ގޯލުން ތަފާތު ކުޑަކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ލެވަންޑޮސްކީ ވަނީ ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ބާސެލޯނާގެ ފަހު ލަނޑު ޖެހީ ފެރަން ޓޮރޭޒް އެވެ.
ލެވޮންޑޮސްކީ މިހާރު ވަނީ ބާސެލޯނާ އަށް ކުޅެދިން ފަސް މެޗުން 8 ގޯލް ޖަހައިދީފަ އެވެ.
ބާސެލޯނާ އަށް ދެން އޮތީ ގްރޫޕުގެ އެންމެ ވަރުގަދަ ދެ މެޗެވެ. އެއީ ލެވޮންޑޮސްކީގެ ކުރީގެ ޓީމު ބަޔާން އާއި އިންޓައާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ މެޗު ވެސް އޮންނާނީ ރަށުން ބޭރުގަ އެވެ.
ރޭ އިންޓަގެ ސެން ސީރޯގައި އެ ޓީމާއި ބަޔާން ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލެރޯއީ ސާނޭ އެވެ. ބަޔާނުގެ ދެ ވަނަ ގޯލަކީ 66 ވަނަ މިނެޓުގައި އިންޓަގެ ޑަނީލޯ ޑިއެމްބްރޯސިއޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގައި އިންޓަ އިން ގޯލް ބަލަހައްޓަން ފުރުސަތު ދިނީ އަޔަކްސް އިން މި ސީޒަނުގައި ގެނައި އަންދްރޭ އޮނާނާ އަށެވެ. އިޓާލިއަން ލީގުގައި މިދިޔަ ހަފުތާގައި ވާދަވެރި އޭސީ މިލާން އަތުން 3-2 އިން ބަލިވި މެޗުގައި ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗްގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ފާޑުކިއުން އަމާޒުވެފައިވެ އެވެ.
އޮނާނާ ވަނީ، 2010 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން އަތުން އިންޓަ 2-0 އިން މޮޅުވި މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ ބަޔާނުގެ ތޯމަސް މުލާގެ ހަމަލައެއް މެޗުގެ ކުރީކޮޅު ދިފާއުކޮށްފަ އެވެ.
ލެވަންޑޯސްކީއާ އެކު ވެސް ބެޔާން އަތުން ބާސާ ބަލިވެއްޖެ
"މެސީ އާއި ލެވަންޑޯސްކީ އަޅާކިޔުމަކީ ގޯހެއް"
ބާސާ ބަލިވުން ބޭއިންސާފު: ފްލިކް
ވަރުގަދަ ދެޓީމު ބަލިކޮށް، އިންޒާގީގެ ތައުރީފު ޓީމަށް
ބާސާ ހިތްދަތިކޮށްލުމަށް ފަހު އިންޓަ ފައިނަލަށް
އިންޓަ ކޯޗުގެ ނިދި ގެއްލުވާލާ ކުޅުންތެރިޔަކީ ޔަމާލް
އިންޓަ މެޗަށް ލެވަންޑޮސްކީ ފިޓްވެއްޖެ
އިންޓަ ވަރުގަދަކޮށް ފެށިޔަސް ބާސާ ބައްޔެއް ނުކުރެވުނު
ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅީ މެސީ: ޔަމާލް
ރެއާލްގެ އެނބުރި އައުން ފެއިލްވެ އާސެނަލް ސެމީއަށް