14 ސެޕްޓެމްބަރ 2022
މިއުނިކް (ސެޕްޓެމްބަރު 14) - ބެޔާން މިއުނިކް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އަށް ފުރުސަތުތައް ބޭނުންނުކުރެވުނު މެޗުން ރޭ ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކުން، 2-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.
މިއުނިކް (ސެޕްޓެމްބަރު 14) - ބެޔާން މިއުނިކް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އަށް ފުރުސަތުތައް ބޭނުންނުކުރެވުނު މެޗުން ރޭ ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކުން، 2-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.
ބެޔާނުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ބާސެލޯނާއާ ދެކޮޅަށް މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ނޮކައުޓް ބުރުތަކުގައި ކުޅުނު މެޗުތަކާ އެކު މިއީ މުބާރާތުގައި ބެޔާނުން ބާސެލޯނާ ބަލިކުރި ނުވަ ވަނަ މެޗެވެ. ބާސެލޯނާއަށް ދެ މެޗު ކާމިޔާބު ކުރެވުނު އިރު، އެއް މެޗު ވަނީ އެއްވަރު ވެފަ އެވެ. އަދި އެ ޓީމުން ވަނީ މި 12 މެޗުގައި ބާސެލޯނާ ކޮޅަށް މުޅިއެކު 30 ލަނޑު ޖަހައިފަ އެވެ.
ޖަރުމަނުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު އިރު، ދެ ވަނަ ހާފުގެ ވަރަށް ކުރީކޮޅު ބެޔާނުން ވަނީ އެޓީމުން ޖެހި ދެ ގޯލު ވެސް ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 50 ވަނަ މިނިޓުގައި ޔޯޝުއާ ކިމިކް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި އެޓީމަށް ލީޑު ހޯދައިދިނީ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޖަމާލް މުސިއާލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލީޑު ފުޅާ ކޮށްދިނީ ލީރޮއީ ސާނޭ އެވެ.
ސާނޭ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޓަ މިލާން ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. ސްޕެއިންގެ ޓީމަކާ އެކު ލެވަންޑޯސްކީ ޔޫރަޕުގައި ކުޅުނު ފުރަތަމަ މެޗުގައި، ހެޓްރިކް ހެދި ނަމަވެސް، އޭނާ ކުރިން ކުޅުނު ބެޔާން މިއުނިކާ ދެކޮޅަށް ރޭގެ މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގައި ބޭނުމެއް ނުހިފުނެވެ.
ފުރަތަމަ ހާފުގައި ގަވީ ދިން ބޯޅައަކުން ލެވަންޑޯސްކީ އަށް މުޅިން ހުސްކޮށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާދިޔައީ ގޯލު މަތިން ބޭރަށެވެ. އަދި މާކޮސް އޮލޮންސޯ ނަގައިދިން ހުރަހަކުން އޭނާ ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު މެނުއެލް ނޯޔާ ދިފާއު ކުރި އެވެ. އަދި އޭގެ ކުރިން ނޯޔާ ކުރިއަށް ޖައްސާލަން އުޅުނު ބޯޅައެއް ލެވަންޑޯސްކީ ހޯދި ނަމަވެސް ޑިފެންޑަރު ޑަޔޯ އުޕަމެކާނޯ ވަނީ ރަނގަޅަށް މަސައްކަތްކޮށް އޭނާ އަތުން ބޯޅަ ގެއްލުވާލައިފަ އެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގައި ގަވީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ނޯޔާ ދިފާއު ކުރި އިރު، ހާފު ނިމެނިކޮށް ލެވަންޑޯސްކީ ފޮނުވާލި ހަމަލާއެއް ޑިފެންޑަރު ނުސެއިރު މަޒްރޫއީ ބްލޮކް ކުރި އެވެ.
ދެ ވަނަ ހާފުގައި ބެޔާނުން ދެ ގޯލު ޖަހައިފައި ވަނިކޮށް ބާސެލޯނާގެ ޕެޑްރީ އަށް ގޯލު ޖަހަން މުޅިން ހުސްކޮށް ފުރުސަތެއް ލިބުނު ނަމަވެސް ކީޕަރު ގައި މަތިން އޭނާ ފޮޮނުވާލި ހަމަލާ ބޭރަށް ދިޔައި ގޯލު ދަނޑީގައި ޖެހިފަ އެވެ.
މިއާ އެކު ބެޔާން ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ގުރޫޕް ސީ ގެ އެއް ވަނައަށް ޖެހިލައިފަ އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެން އާ ވާދަކޮށް 2-0 އިން މޮޅުވި އިޓަލީގެ އިންޓަ މިލާނެވެ.
އެޑިން ޒެކޯ މެޗުގެ 20 ވަނަ މިނިޓުގައި ޖަހައިދިން ގޯލާ އެކު ލީޑުގައި އިންޓަ އިން ފުރަތަމަ ހާފު ނިންމާލި އިރު، ދެ ވަނަ ހާފު ފަށައިގެން ޕްލެޒެންގެ މިޑްފީލްޑަރު ޕަވެލް ބުޗާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ނިކޯލޯ ބަރޭލާ އަށް ކުރި ނުރައްކާތެރި ފައުލަށް އޭނާ އަށް ރެފްރީ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ވަނީ ނިންމުން ބަދަލުކޮށް ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ.
އެކަކު މަދުކޮށް މެޗުގެ ފަހު 30 މިނިޓު ކުޅުނު ޕްލެޒެން ކޮޅަށް އިންޓަ ގެ ދެވަނަ ލަނޑު، 70 ވަނަ މިނިޓުގައި ޒެކޯގެ ޕާހަކުން ޖަހައިދިނީ ޑެންޒެލް ޑަމްފްރީސް އެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ބީ ގައި ވާދަކުރާ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ޖަރުމަނުގައި ކުޅުނު މެޗުގައި، އެގައުމުގެ ބެޔާ ލެވަކޫސަންއާ ވާދަކޮށް ބަލިވީ 2-0 އިންނެވެ.
ލެވަކޫސަން އިން ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ލެވަކޫސަންގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ވަގުތު އެވެ. ކެލަމް ހަޑްސަން-އޮޑޯއި އާއި ޖެރެމީ ފްރިމްޕޮންގް ވެގެން އުފެއްދި އެޓޭކުގައި 84 ވަނަ މިނިޓުގައި ރޮބާޓް އެންރިޗް ޖެހި ގޯލުން ލީޑު ނެގިއިރު، އޭގެ ތިން މިނިޓު ފަހުން ފްރިމްޕޮންގެގެ ޕާހަކުން ލީޑު ފުޅާ ކޮށްދިނީ މޫސާ ޑިއާބީ އެވެ.
މެންޗެސްޓާ ސިޓީއިން ތަމްރީނުވެގެން ސްކޮޓްލެންޑުގެ ސެލްޓިކުން ސީނިއާ ކެރިއަރު ފެށި އުމުރުން 21 އަހަރުގެ ނެދަލެންޑްސްގެ ކަނާތުބެކް ފްރިމްޕޮންގް ވަނީ ފަހު 20 މިނިޓަށް ކުޅެން އަރައި، ޓީމު މޮޅު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްދީފަ އެވެ.
މި ގުރޫޕުގެ އެއްވަނައިގައި އޮތީ، ފުރަތަމަ މެޗުގައި ލެވަކޫސަން ބަލިކުރި ބެލްޖިއަމްގެ ކްލަބް ބުރޫޖް އެވެ. ބުރޫޖުން ވަނީ ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ޕޯޓޯއާ ވާދަކޮށް 4-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
މި ސީޒަނުގައި ބާސެލޯނާއިން ފަސް މިލިއަން ޔޫރޯ އަށް ބުރޫޖުން ގަތް 23 އަހަރުގެ ފޯވާޑް ފެރާން ޖުޓްލާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އޭނާ ކާމިޔާބު ކޮށްގެން ފުރަތަމަ ހާފުގައި ލީޑު ނަގައިދިން އިރު، ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޖުޓްލާގެ ޕާހަކުން ލީޑު ފުޅާ ކޮށްދިނީ މިޑްޒީލްޑަރު ކަމާލް ސޯވާ އެވެ. އެ ޓީމުގެ ޑެންމާކު ވިންގާ އަންޑްރެސް ސްކޯވް އޮލްސެން ތިންވަނަ ލަނޑު ޖަހައިދީފައި ވަނިކޮށް 89 ވަނަ މިނިޓުގައި ހަތަރު ވަނަ ލަނޑު ޖަހައިދިނީ 17 އަހަރުގެ ނޯވޭ ފޯވާޑް އެންޓޯނިއޯ ނުސާ އެވެ.
ލެވޮންޑޮސްކީގެ ހެޓްރިކުން ބާސެލޯނާ އަށް ބޮޑު މޮޅެއް
ބާސާ އާއި އެތުލެޓިކޯ ވެސް ޗެމްޕިއަންސް ލީގުން ކަޓައިފި
"މެސީ އާއި ލެވަންޑޯސްކީ އަޅާކިޔުމަކީ ގޯހެއް"
އިންޓަ އަށް ކޯޗުކޮށްދޭނަން: ސިމިއޯނީ
ބެޔާން އަތުން މޮޅުވިޔަސް ބާސާއަކީ ފޭވަރިޓެއް ނޫން: ފްލިކް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ޕެނަލްޓީ ބަލާލާނެ ހިތްވަރު ސިމިއޯނީއަށް ނުލިބުނު
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ބާސާއާ މެދު ޒަވީ އުފަލުން، ލެވަންޑޯސްކީ އަށް 100
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ