03 އޮކްޓޯބަރ 2019
ބާސެލޯނާ (އޮކްޓޫބަރު 3) - ޗެމްޕިއަންސް ލީގުގައި ރޭ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންޓަ މިލާނުން ލީޑު ނެގި ނަމަވެސް ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު ބާސެލޯނާ އިން ފަހު ހާފުގައި ފަހަތުން އަރައި 2-1 އިން މޮޅުވެއްޖެ އެވެ.
ބާސެލޯނާ (އޮކްޓޫބަރު 3) - ޗެމްޕިއަންސް ލީގުގައި ރޭ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންޓަ މިލާނުން ލީޑު ނެގި ނަމަވެސް ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު ބާސެލޯނާ އިން ފަހު ހާފުގައި ފަހަތުން އަރައި 2-1 އިން މޮޅުވެއްޖެ އެވެ.
މެޗު ފަށައިގެން ދެ މިނިޓްގެ ތެރޭ އިންޓަ އަށް ލީޑުނަގައިިދިނީ ލަޓާރޯ މާޓިނޭޒް އެވެ. އާޖެންޓީނާގެ ފޯވާޑް މާޓިނޭޒް މި ގޯލު ޖެހީ ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ކައިރިން ނައްޓާފައި ގޮހެވެ. އެ ބޯޅަ ހުއްޓުވަން ބާސެލޯނާގެ ގޯލްކީޕަރު ޓާ ސްޓެގެން އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އެކަމަކު ފަހުން މާޓިނޭޒްގެ ނުރައްކާތެރި ހަމަލާއެއް ސްޓެގެން ހުއްޓުވި އެވެ. މި ހާފުގައި އިތުރު ލަނޑުތަކެއް ޖަހަން އިންޓަ އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ.
ބާސެލޯނާގެ ކުޅުން ބަދަލުވެގެން ދިޔައީ ދެ ވަނަ ހާފުގައި އާޓޫރޯ ވިޑާލް އެރުވުމުންނެވެ. އެ ޓީމުން އެއްވަރުކުރީ މެޗުގެ 58 ވަނަ މިނިޓްގަ އެވެ. ވިޑާލް ހުސްކޮށްލާފައި ސުއަރޭޒަށް ދިން ބޯޅަ އޭނާ ގޯލުގެ ކަނަށް އަމާޒުކޮށްލީ އެއް ފަަހަރުން ޖަހަ އެވެ. ބާސެލޯނާ މޮޅުކޮށްދިން ގޯލު ސުއަރޭޒް ޖެހީ މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ. އަނިޔާ އަށް ފަހު އައިސް މި މެޗުގައި ކުޅުނު ލިއޮނަލް މެސީ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ސުއަރޭޒް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި މެޗުގައި ސުއަރޭޒް ޖެހި ގޯލުތަކަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިދިޔަ ތިން ސީޒަނުގެ ތެރޭގައި އޭނާ ޖެހި ފުރަތަމަ ލަނޑުތަކެވެ. ސުއަރޭޒް ބުނީ މިއީ ވަރަށް ގިނަ މެޗުތަކަކަށް ފަހު ޗެމްޕިއަންސް ލީގުގައި އޭނާ އަށް ބޭނުންވާ ފެންވަރަށް ކުޅެވުނު ފަހަރެއް ކަމަށެވެ.
އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ބާސެލޯނާ އަށް މަރުހަބާ ކިޔަން ޖެހޭ ކަމަށާއި މި ލެވެލްގެ ތަޖުރިބާ ބޭނުންކޮށް މެޗު ބަދަލުކޮށްލީ ސުއަރޭޒް އާއި މެސީގެ ތަފާތުން ކަމަށެވެ. އަދި އިންޓަގައި މިހާރު އޮތް ސްކޮޑަށް މި މުބާރާތުގެ ޕްރެޝަރު އަދި އާ ކަމަށް ބުންޏެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ޑޯޓްމަންޑް ވަނީ 2-0 އިން ސްލަވިއާ ޕްރާގް ބަލިކޮށްފަ އެވެ. ޑޯޓްމަންޑްގެ ދެ ގޯލު ވެސް ޖެހީ އަޝްރަފް ހަކީމީ އެވެ. ޑޯޓްމަންޑާއި ބާސެލޯނާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ޑޯޓްމަންޑެވެ. ޕްރާގް އާއި އިންޓަ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ރޭ ޖަރުމަނުގެ އާރްބީ ލިޕްޒިގު އަތުން ލިޔޯން ވަނީ 2-0 އިން މޮޅުވެފަ އެވެ. އަދި މި ގްރޫޕްގައި ދެން އޮތް ދެ ޓީމު ބައްދަލުކުރި މެޗުން ރަޝިއާގެ ޒެނިޓް ޕީޓާސްބާގް ވަނީ ބެންފީކާ އަތުން 3-1 އިން މޮޅުވެފަ އެވެ.
މިވަގުތަށް ބާސާ ސަލާމަތްވެއްޖެ، އެކަމަކު އަމިއްލަ ބާރެއް ނެތް
އިންޓަ އިން ބާސެލޯނާ ބަލިކޮށްފި، ޒަވީގެ ރުޅި ރެފްރީއަށް
ލެވަންޑޯސްކީއާ އެކު ވެސް ބެޔާން އަތުން ބާސާ ބަލިވެއްޖެ
ލެވޮންޑޮސްކީގެ ހެޓްރިކުން ބާސެލޯނާ އަށް ބޮޑު މޮޅެއް
ވިޑާލާއި ސުއަރޭޒް ވެސް ބާސާ ދޫކޮށްލަނީ
ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް
ބާސާ އެއް ވަނަ އަށް، އިންޓަގެ އަމިއްލަ ބާރު ގެއްލިއްޖެ
"މެސީ ކުޅެފި ނަމަ ބާސެލޯނާ ދެ ގުނަ އުނދަގޫވާނެ"
މެސީ އަށް ހެޓްރިކެއް، ލިވަޕޫލް ފަހު ވަގުތު މޮޅުވެއްޖެ
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި