ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފަހު ލެގުގައި ފުރާނަ ދީގެން ވެސް ޕީއެސްޖީ ބަލިކޮށްގެން ފައިނަލުގެ ޖާގައެއް ހޯދަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފަހު ލެގުގައި ފުރާނަ ދީގެން ވެސް ޕީއެސްޖީ ބަލިކޮށްގެން ފައިނަލުގެ ޖާގައެއް ހޯދަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި އެޓީމު ބަލިވީ ޕީއެސްޖީގެ އުސްމާން ޑެމްބެލޭ މެޗުގެ ކުރީކޮޅު ޖަހައިދިން ގޯލަކާ އެކު 1-0 އިންނެވެ. ޕެރިހުގައި ކުޅޭ ދެވަނަ ލެގު ކުޅޭނީ މާދަަމާ ރެ އެވެ.
"ވަރަށް އުންމީދު އެބަ އޮތް، ވަރަށް ތައްޔާރު ވެސް ވެވިއްޖެ. [މެޗުން މޮޅުވެގެން] ލިބެން އޮތް ފުރުސަތަކީ ޗެމްޕިއަންސް ލީގު ފައިނަލްގެ ޖާގައެއް ކަމަށް ވުމުން، އެހިސާބަށް ދަތުރު ކުރަން ފުރާނަ ވެސް ދޭން ޖެހޭނެ،" އާޓެޓާ ބުންޏެވެ.
ފުރަތަމަ ލެގަށް ސަސްޕެންޝަނުގައި ހުރި އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ އަށް މި މެޗުގައި ކުޅެވޭނެ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ބޭނުން ނުކުރެވުމަކީ އާޓެޓާ އަށް އޮތް ގޮންޖެހުމެކެވެ. ނަމަވެސް ގޮންޖެހުންތަކާ އެކު ވެސް ފައިނަލަށް ދެވޭ ފެންވަރު ސްކޮޑުގައި ހުރި ކަމަށް އާޓެޓާ އުންމީދު ކުރެ އެވެ.
"[އަނިޔާއާ ގުޅިގެން ފުރަތަމަ 11 ގައި ހިމެނޭ ގިނަ ކުޅުންތެރިން ނުލައި] ޓީމު ވަރުގަދަ ވާދައެއް ކުރާތަން ފެނުމުން ހީބިހި ނަގާ. އެއީ ހައިރާން ވާވަރުގެ ކޮލިޓީއެއް އެބަ ހުރި. އެކަމަކު ވަރަށް، ވަރަށް، ވަރަށް، ކުޑަ ތަފާތަކުން ނަތީޖާ އެކޮޅަށް ދިޔައީ އެ ދުވަހު [ފުރަތަމަ ލެގުގައި]. އެހެންވެ އަހަރެން މިހުރީ ވަރަށް އުންމީދު ކޮށްގެން،" މޮޅުވުމުގެ އުންމީދުގައި ހުރި އާޓެޓާ ބުންޏެވެ.
އާޓެޓާ އިތުރަށް ބުނީ މުޅި މެޗުގައި ޕީއެސްޖީގެ މައްޗަށް ޑޮމިނޭޓް ކޮށްގެން ކުޅުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އާސެނަލް ނުކުންނާނީ ޕީއެސްޖީ އަށް ވަރަށް ބޮޑަށް ސަމާލު ވެގެން ކަމަށް، ކުރިން ޕީއެސްޖީ އަށް ކުޅުނު އާޓެޓާ ބުންޏެވެ.
އާސެނަލް މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލެއް ކުޅުނީ 2006 ވަނަ އަހަރެވެ. ތާރީހުގައި ދެވަނަ ފަހަރަށް ފައިނަލްގެ ޖާގައެއް ހޯދަން އެ ޓީމު އުންމީދު ކުރަމުން އަންނަ އިރު، ސެމީ އަށް ދަތުރު ކުރީ ކުއާޓާ ފައިނަލްގެ ދެ ލެގުގައި ވެސް ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ.
އާސެނަލްގެ އުއްމީދު ފެނަށް، ޕީއެސްޖީ ފައިނަލަށް
އާސެނަލްގެ ދަނޑުގައި މޮޅުވެ ޕީއެސްޖީއަށް އެޑްވާންޓޭޖް
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ޕޯޗުގަލްގައި ފަހު ވަގުތު އާސެނަލް ހިމޭން ކޮށްލައިފި
ޔޫސީއެލްއަށް އާސެނަލް އެނބުރި އައުން ފަސޭހަ މޮޅަކުން
ޕެރޭޒްގެ ހެޓްރިކުން އާސެނަލަށް ގްރޫޕްގެ އެއް ވަނަ
އާސެނަލާ އެއްވަރުކޮށް ޕީއެސްޖީ ގްރޫޕްގެ އެއް ވަނަ އަށް
"ފެންވަރު ސާބިތުކުރަން ބޮޑެތި ޓީމުތައް ބަލިކުރަންޖެހޭ"