23 ނޮވެމްބަރ 2016
ލަންޑަން (ނޮވެމްބަރު 23) - ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު އާސެނަލަކީ ޔޫރަޕްގައި ވަރުގަދަ ޓީމެއްކަން ސާބިތުކޮށްދޭން ބޭނުންނަމަ ބޮޑެތި ޓީމުތައް ބަލިކުރަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ލަންޑަން (ނޮވެމްބަރު 23) - ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު އާސެނަލަކީ ޔޫރަޕްގައި ވަރުގަދަ ޓީމެއްކަން ސާބިތުކޮށްދޭން ބޭނުންނަމަ ބޮޑެތި ޓީމުތައް ބަލިކުރަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދަން މިރޭ މެޗު އާސެނަލާއި ޕީއެސްޖީ އަށް ވަރަށް މުހިއްމެވެ. ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު އާސެނަލް އޮތީ ދެ ވަަނައިގައި އޮތް ޕީއެސްޖީއާ އެއްވަރަށް ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ގްރޫޕްގެ ތިން ވަނައިގައި ލުޑޮގޮރެޓްސް އާއި އެންމެ ފުލުގައި އޮތް ބަސެލް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
"ކޮންމެ އަހަރަކު އަހަރެން ކުރާ ހިތާމައެއް އެއީ ގްރޫޕްގެ އެއް ވަނަ ނުލިބި ދެ ވަނަ ބުރުގައި އުނދަގޫ މެޗެއް ޖެހުން. މިރޭގެ މެޗަކީ އެކަމަށް ހައްލެއް ހޯދަން ލިބޭ ފުރުސަތެއް. ޔޫރަޕްގައި ފެންވަރު ސާބިތުކޮށްދޭން ބޭނުންނަމަ އެބަޖެހޭ އެންމެ ބޮޑެތި ޓީމުތައް ބަލިކުރަން،" ވެންގާ ބުންޏެވެ.
ލީގުގައި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އަލެކްސިސް ސަންޗޭޒް ކުޅުނީ އަނިޔާގައި ހުރެ ނޫން ކަމަށާއި 100 ޕަސެންޓް ފިޓް ނޫން އެއްވެސް ކުޅުންތެރިޔަކު ޓީމަށް ނާރުވާނެ ކަމަށް ވެންގާ ބުންޏެވެ. އަދި ފާއިތުވި މެޗުތަކުގައި އޮލިވިއޭ ޖިރޯ ދައްކަމުން އައި މޮޅު ކުޅުމަށް ބަލާއިރު އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމާ މެދު ވިސްނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ޕީއެސްޖީ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެޑިސަން ކަވާނީީ ފުރަތަމަ މިނިޓްގައި ޕީއެސްޖީ އަށް ލީޑު ނަގައިދީފައިވަނިކޮށް އާސެނަލުން އެއްވަރުކުރީ މެޗު ނިމެން 12 މިނިޓަށް ވެފައިވަނިކޮށް ސަންޗޭޒް ޖެހި ލަނޑުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކާ ދެކޮޅަށް ޔޫރަޕްގެ މުބާރާތްތަކުގައި ރަށުން ބޭރުގައި މިހާތަނަށް ޕީއެސްޖީން ކުޅުނު އަށް މެޗުން އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން އާސެނަލްގެ ސަންޓި ކަޒޯލާ އާއި ހެކްޓަ ބެލެރިން އަށް ނުކުޅެވޭއިރު، ވިސާ މައްސަލަ ޖެހިގެން ޕީއެސްޖީގެ ޑިފެންޑަރު ސާޖީ އޯރިއޭ އަށް ވެސް މި މެޗުގައި ނުކުޅެވޭނެ އެވެ.
އާސެނަލާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ވެންގާ އަށް ބޮޑު ދެ ހުށަހެޅުމެއް
ބަޔާން ބަލިކުރަން އާސެނަލަށް މިހާރު އެނގޭ: ވެންގާ
ޕެރޭޒްގެ ހެޓްރިކުން އާސެނަލަށް ގްރޫޕްގެ އެއް ވަނަ
އާސެނަލާ އެއްވަރުކޮށް ޕީއެސްޖީ ގްރޫޕްގެ އެއް ވަނަ އަށް
އާސެނަލް، އެތުލެޓިކޯ އަދި ބަޔާން ދެ ވަނަ ބުރަށް
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
ބާސާގެ ފުރަތަމަ ބަލި، އާސެނަލަށް ހޯދުނީ ޕޮއިންޓެއް