01 މެއި 2018
ލަންޑަން (މެއި 1) - އާސެނަލްގެ ކޯޗު އާސެން ވެންގާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ އަށް ބޮޑު ދެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް މަޝްހޫރު ކުޅިވަރު މީޑިއާ ބީޓީ ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެެވެ.
ލަންޑަން (މެއި 1) - އާސެނަލްގެ ކޯޗު އާސެން ވެންގާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ އަށް ބޮޑު ދެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް މަޝްހޫރު ކުޅިވަރު މީޑިއާ ބީޓީ ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެެވެ.
ބާވީސް އަހަރަށް ފަހު ވެންގާ އާސެނަލް ދޫކޮށްލަން ތައްޔާރަށް ހުރިކަން އިއުލާންކުރީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. އޭރު ޕީއެސްޖީން އެ ޓީމުގެ ކޯޗަކަށް އަންނަ ސީޒަނުގައި ހަމަޖައްސަން ބޭނުންވީ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އެވެ. އެހެން ނަމަވެސް ވެންގާގެ އިސްތިއުފާ ހަބަރާ އެކު ޕީއެސްޖިން ވަނީ ދެ ވަނަ ވިސްނުމަކަށް ގޮސްފަ އެވެ. ޕީއެސްޖީގެ ބައެއް އޮފިޝަލުންތަކެއް ވަނީ ވެންގާ އަށް އެ ޓީމުގެ ކޯޗުކަން ހުށަހަޅަން މަޝްވަރާ ކޮށްފަ އެވެ.
ވެންގާ ވަނީ އާސެނަލް ދޫކޮށްލުމަށް ފަހު ކުރު ޗުއްޓީއެއް ބޭނުންވާ ކަމަށް ބުނެފަ އެވެ. އަންނަ ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕަށް އެކަށީގެންވާ ވަރުގެ ނަތީޖާއެއް ނުނެރެވިއްޖެނަމަ އޭނާ މަގާމުން ވަކިކޮށް ވެންގާ އަށް އެ ޓީމުގެ ކޯޗުކަން ހުށަހަޅަން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވިސްނަމުން އަންނަ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އުމުރުން 68 އަހަރުގެ ވެންގާ ވަނީ މީގެ ކުރިން އާސެނަލް ޓީވީ އަށް ދިން އިންޓަވިއުއެއްގައި އެ ޓީމުން އޭނާ ދާ ދުވަހެއްގައި ގައުމީ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.
ފްރާންސުގެ ނޭންސީގެ ކޯޗުކަމުން 1984 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވެންގާ 1996 ވަނަ އަހަރު އާސެނަލާ ހަވާލުވީ ފްރާންސްގެ މޮނާކޯ އާއި ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އަށް ކޯޗުކޮށްދިނުމަށް ފަހު އެވެ. ވެންގާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހު ދުށް އެންމެ މޮޅު ކޯޗުންގެ ތެރެއިން އެއް ކޯޗެވެ.
"ފެންވަރު ސާބިތުކުރަން ބޮޑެތި ޓީމުތައް ބަލިކުރަންޖެހޭ"
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
ވެންގާ އަށް އާސެނަލުން މަގާމެއް ދެނީ
އާސެނަލްގެ ހާލަތާ މެދު ވެންގާ ހިތާމަކުރަނީ
ވެންގާ ޕީއެސްޖީގެ އިސް މަގާމަކަށް؟
އޮންރީ ހަވާލުވާނީ ފްރާންސް ކްލަބަކާ: ވެންގާ
މެސީ އާއި ރޮނާލްޑޯ ނުގެނެވުމަކީ ހިތާމައެއް: ވެންގާ
ފަހު މެޗުން ވެންގާ އަށް ބޮޑު މޮޅަކާ ހާއްސަ އުފަލެއް