Roadha Mihaaru
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ

ޕްރިމިއާ ލީގް ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގަސަން އާއި ވެންގާ

30 މާޗް 2023

ލަންޑަން (މާޗު 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމް ގައި ހިމެނުނު ފުރަތަމަ ކޯޗުންނަށް، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އާއި އާސެނަލް ގެ ކުރީގެ ކޯޗު އާސެން ވެންގާ ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗު 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމް ގައި ހިމެނުނު ފުރަތަމަ ކޯޗުންނަށް، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އާއި އާސެނަލް ގެ ކުރީގެ ކޯޗު އާސެން ވެންގާ ވެއްޖެ އެވެ.

އުމުރުން 81 އަހަރުގެ ފާގަސަން އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ޔުނައިޓެޑަށް 13 ފަހަރު ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ލީގު ތަށި ޖެހިގެހިގެން ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ވެންގާ ވަނީ އާސެނަލް އަށް ތިން ފަހަރު ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް ފަހަރު ވަނީ ލީގުގެ އެންމެ މެޗަކުން ވެސް ބަލިނުވެ، "އިންވިންސިބަލް" ސީޒަނެއް ވެސް ފުރިހަމަ ކޮށްފަ އެވެ. މިއީ މިއަދާ ހަމައަށް ވެސް ލީގުގެ އެހެން ޓީމަކަށް ހާސިލް ކުރެވިފައިވާ ރެކޯޑެއް ނޫނެވެ.

"މިގޮތަށް އަގުވަޒަން ކުރުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އެކަމަކު މިއީ އަހަރެންގެ އެކަނި މަސައްކަތެއް ނޫން. މިއީ އަހަރެން މެންޗެސްޓާ ޔުނައިޓެޑް ގައި ވަޒީފާ އަދާކުރި ދިގު މުއްދަތުގައި ކުރެވުނު މަސައްކަތް، ކުލަބާއި ކުޅުންތެރިންގެ އިތުރުން ސްޓާފުންނާ މެދު ފަހުރުވެރިވަން،" ފާގަސަން ބުންޏެވެ.

"އަހަރެންގެ މަސައްކަތަކަށް ވީ ސަޕޯޓަރުން އުފާ ކޮށްދީފައި ގެއަށް ފޮނުވާލުން."

ވެންގާ، 73، އާސެނަލް އާ ހަވާލުވީ، ލީގުގެ އިނގިރޭސިވިލާތުން ބޭރު ފުރަތަމަ ކޯޗުގެ ގޮތުގައި، 1996 ގަ އެވެ. އެވެ. އާސެނަލް އާއެކު ފުރަތަމަ ފުލް ސީޒަނަކަށް ވީ ޖެހިގެން އައި ސީޒަނެވެ. ފުރަތަމަ ފުލް ސީޒަން ގައި އޭނާ ވަނީ އާސެނަލް އަށް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ.

"އެހެން މީހުންނަށް އަހަރެން އެނގެން ބޭނުންވަނީ، އާސެނަލް ދެކެ ލޯބިވާ މީހެއްގެ ގޮތުގައި. އާސެނަލް އަށް އިހުތިރާމް ކުރާ، އަދި ކްލަބް ދޫކޮށްލުމުގެ ކުރިން ކުލަބު އިތުރަށް ތަރައްގީވާން މަގު ކޮށައިދެވުނު މީހެއްގެ ގޮތުގައި،" ވެންގާ ބުންޏެވެ.

"މި އުފާ ސާ އެލެކްސް [ފާގަސަން] އާއެކު ހިއްސާ ކުރެވުމަކީ ވަރަށް ބޮޑު ޝަރަފެއް."

ފާގަސަން އާއި ވެންގާގެ ވާދަވެރި ކަމަކީ ޕްރިމިއާ ލީގުގައި އެންމެ ފޯރި ގަދަވި އެއް ވާދަވެރިކަމެވެ. ވެންގާ އާއެކު އާސެނަލް ބަލި ނުވެ ކުޅުނު 49 މެޗަށް ނިމުމެއް ގެނުވީ ވެސް ޔުނައިޓެޑްގެ ދަނޑުގައި ފާގަސަން އެވެ.

ލީގުގައި އާސެނަލް ވަނީ ވެންގާގެ އިރުޝާދުގެ ދަށުން 828 މެޗު ކުޅެ، 476 މެޗު ކާމިޔާބު ކޮށްފަ އެވެ. އަދި ވެންގާ ވަނީ ތިން ސީޒަނެއްގައި އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދައިފަ އެވެ.

ފާގަސަން ވަނީ ޔުނައިޓެޑަށް 810 މެޗުގައި އިރުޝާދުދީ، އޭގެ ތެރެއިން 528 މެޗު ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ ވަނީ 11 ފަހަރު ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމް ތައާރަފް ކުރީ 2021 ވަނަ އަހަރެވެ. އެންމެ ފުރަތަމަ އަހަރު ހޯލް އޮފް ފޭމް އިން ޖާގަ ދީފައި ވަނީ ޑޭވިޑް ބެކަމް، ޑެނިސް ބާކޭމްޕް، އެރިކް ކެންޓޮނާ، ތިއެރީ އޮންރީ، ރޯއީ ކީން، ފްރޭންކް ލަމްޕާޑް، ސްޓީވެން ޖެރާޑް އަދި އެލަން ޝިއެރާ އެވެ.

މިދިޔަ އަހަރު ހޯލް އޮފް ފޭމް އަށް އިތުރު ވި ކުޅުންތެރިންނަކީ ސާޖިއޯ އަގުއެރޯ، ޑިޑިއޭ ޑްރޮގްބާ، ވިންސެންޓް ކޮމްޕެނީ، ވޭން ރޫނީ، ޕީޓާ ޝްމައިކަލް، ޕޯލް ސްކޯލްސް، ޕެޓްރިކް ވިއޭރާ އަދި އިއާން ރައިޓް އެވެ.