15 ނޮވެމްބަރ 2018
ޕެރިސް (ނޮވެމްބަރު 15) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ސްޕޯޓްސް ޑިރެކްޓަރުގެ މަގާމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހަވާލުވާން ހުރިހާ މަޝްވަރާތަކެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕެރިސް (ނޮވެމްބަރު 15) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ސްޕޯޓްސް ޑިރެކްޓަރުގެ މަގާމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހަވާލުވާން ހުރިހާ މަޝްވަރާތަކެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާވީސް އަހަރު އާސެނަލަށް ކޯޗުކޮށްދިނުމަށް ފަހު ވެންގާ ވަކިވީ މިދިޔަ ސީޒަނަށް ފަހު އެވެ. ފުޓްބޯޅަ އިން ބްރޭކެއް ނަގާނެ ކަމަށް އެންމެ ފުރަތަމަ ބުނި ނަމަވެސް އޭނާ ފަހުން ވަނީ އަންނަ އަހަރު ކޮންމެވެސް ޓީމަކުން ފެންނާނެ ކަމަށް ބުނެފަ އެވެ. އޭސީ މިލާނުގެ ކޯޗަކަށް ވެންގާ ގެންދަން އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް ވެންގާ މިހާރު ހުރީ ޕީއެސްޖީގެ މަގަމަކާ ހަވާލުވާ ގޮތަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޕީއެސްޖީގެ ރައީސް ނާސިރު އަލް ހައްލާފީ ވަނީ މި ސީޒަނުގައި އެ ޓީމުގެ ކޯޗަކަށް ވެންގާ ގެންނަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ވެންގާގެ ވިސްނުން އޭރު ހުރީ އެއްވެސް ޓީމަކާ ހަވާލުވާ ގޮތަކަށް ނޫނެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް ގެންނަން ލަފާދިނީ ވެންގާ އެވެ.
ފާއިތުވި ހަފްތާގައި ވެންގާ ވަނީ ގަތަރުގެ ދޯހާގައި ޕީއެސްޖީން ހިންގަމުން އަންނަ ގަތަރު ސްޕޯޓްސް އިންވެސްޓްމެންޓްގެ ބައެއް ވެރިންނާ ބައްދަލުކޮށްފަ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އެ ކްލަބް ހިންގާނެ ގޮތަކާ މެދު ގިނަ ޕްލޭންތަކެއް ހެދި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އާސެނަލަށް ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށްދިން ވެންގާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބަށް އާސެނަލް ހެދުމުގެ ޝުކުރު ހައްގުވާ ފަރާތެވެ. އެގޮތުން 1996 ވަނަ އަހަރު އޭނާ އެ ޓީމާ ހަވާލުވިއިރު ހައިބަރީ ކިޔާ އާދައިގެ ސްޓޭޑިއަމަކާއި މަދު މުވައްޒަފުންތަކެއް ތިބި ނަމަވެސް ފަހުން އެ ކްލަބުން ވަނީ ބޮޑު ސްޓޭޑިއަމެއް ބިނާކޮށް ފައިދާ ނެރެން ފަށައިފަ އެވެ. އާ ސްޓޭޑިއަމްތައް ބިނާކުރުމުގައި ކްލަބްތަކުން އެންމެ ބޮޑު މިސާލު ނަގަނީ ވެސް އާސެނަލްގެ މޮޑެލުންނެވެ.
އިނގިރޭސި މީޑިއާ އިން ރިޕޯޓްކުރާގޮތުގައި ފުލަމްގެ ކޯޗަކަށް ކްލައުޑިއޯ ރަނިއޭރީ އިއްޔެ ހަމަޖެއްސުމުގެ ކުރިން އެ ކްލަބްގެ ވެރިޔާ މަޝްހޫރު މަހުޖަނު ޝާހިދު ހާން ވަނީ ވެންގާ އަށް އެ ޓީމުގެ ކޯޗުކަން ހުށަހަޅައިފަ އެވެ. އެކަމަކު ވެންގާ ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.
ފާއިތުވި ދުވަސްތަކުގައި މީޑިއާގައި ވަނީ ޕީއެސްޖީ އަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެއީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދާ އެ ޓީމުން ތަކުރާރުކޮށް ޚިލާފުވުމާއި އެ ކަމާ ބެހޭ ލިޔެކިއުންތައް ސިއްރުކޮށްގެން އުޅުމެވެ. ޕީއެސްޖީން ވަނީ އެ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ. އަދި އެ ކްލަބުން ހުރިހާ ހަރަދެއް ކުރަނީ އެ އޮންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށް އެ ކްލަބުން ބުނެ އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާ އިން އަންނަނީ ޕީއެސްޖީގެ ހަރަދުކުރުމާ ބެހޭގޮތުން ހުށަހެޅިފައިވާ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. ޔުއެފާގެ އޮފިޝަލަކާ ހަވާލާދީ ސްޕެއިނުގެ އެލްމުންޑޯޑިޕޯޓިވޯ އިން ރިޕޯޓްކުރި ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ކުރިން ޕީއެސްޖީގެ މައްސަލަތަކާ މެދު ގޮތެއް ނިންމަން ޔުއެފާ އިން ވަނީ ނިންމައިފަ އެވެ.
ވެންގާ އަށް ބޮޑު ދެ ހުށަހެޅުމެއް
"ފެންވަރު ސާބިތުކުރަން ބޮޑެތި ޓީމުތައް ބަލިކުރަންޖެހޭ"
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
ޔަމާލަށް ޕީއެސްޖީން 260 މިލިއަނުގެ ހުށަހެޅުމެއް
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ޕީއެސްޖީއާ ދެކޮޅަށް އެމްބާޕޭ ޝަކުވާ ފުންޏެއް
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
އެމްބާޕޭ އަށް ބޯނަސް ނުދޭން ޕީއެސްޖީން ނިންމައިފި
ޕީއެސްޖީގެ ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި