ނިއު ޖާޒީ (ޖުލައި 10) - ފަސޭހަ ކަމާއެކު ވަރުގަދަ ރެއާލް މެޑްރިޑް 4-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ނިއު ޖާޒީ (ޖުލައި 10) - ފަސޭހަ ކަމާއެކު ވަރުގަދަ ރެއާލް މެޑްރިޑް 4-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކްލަބް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީ ވަނީ މެޗު ފެށިގެން ނުވަ މިނިޓުތެރޭ ދެ ގޯލު ޖަހައިފަ އެވެ. ހަ ވަނަ މިނިޓުގައި ފަބިއަން ރުއިޒް ފުރަތަމަ ލަނޑު ޖަހައިދިން އިރު އޭގެ ތިން މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ.
ޕީއެސްޖީ ފުރަތަމަ ހާފު ނިންމާލީ 24 ވަނަ މިނިޓުގައި ރުއިޒް ޖަހައިދިން ގޯލަކާ އެކު ތިން ގޯލުގެ ލީޑެއް ހޯދައިގެންނެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ ގޮންސާލޯ ރާމޯސް އެވެ.
މިރޭގެ ސެމީ ފައިނަލް މެޗަކީ ރެއާލްގެ ކެޕްޓަން ލޫކާ މޮޑްރިޗް އެ ޓީމަށް ކުޅެދިން ފަހު މެޗެވެ. ރެއާލްގެ ކޯޗު ޒަބީ އޮލޮންސޯ ވަނީ އުމުރުން 39 އަހަރުގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އަރުވައިފަ އެވެ.
ރެއާލާ އެކު މޮޑްރިޗްގެ ކޮންޓްރެކްޓް ހަމަވެފައި ވާއިރު، އޭނާ ވަނީ ކްލަބް ވޯލްޑް ކަޕަށް ފަހު އޭސީ މިލާނާ ގުޅެން އެއްބަސް ވެފަ އެވެ.
މި މެޗަށް ނުކުތް އިރު ރެއާލް މެޑްރިޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފަހު ވަގުތު ޓްރޭނިންގައި ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑަ އާނޯލްޑަށް އަނިޔާވުމެވެ. މިއާ ގުޅިގެން އޭނާގެ މަގާމަށް މެޗުގައި ކުޅުނީ ފެޑެރިކޯ ވެލްވާޑޭ އެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ މުބާރާތުގެ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ވަނީ ނިމިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ޗެލްސީ އަކީ މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގުގެ ޗެމްޕިއަނުންނެވެ.
ޕީއެސްޖީ ނުފޫޒު ކަނޑުވާލައި ޗެލްސީ ދުނިޔޭގެ ރަސްކަމަށް
މުސިއާލާގެ އަނިޔާ؛ ނޯޔާގެ އިނގިލި ޑޮނަރުއްމާ އަށް
ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލަކަށް އެދުނު
ކްލަބް ވޯލްޑް ކަޕްގެ ކުއާޓާގައި ރެއާލާއި ޑޯޓްމަންޑް
ފަސޭހައިން އިންޓަ މަޔާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާއަށް
ރެއާލާއި ސިޓީއަށް ވެސް ގުރޫޕްގެ އެއްވަނަ
ހަ ޕޮއިންޓުން ނުފުދުނު، އެތުލެޓިކޯ މުބާރާތުން ކަޓައިފި
އެކަކު މަދުކޮށް ކުޅެގެން ވެސް ރެއާލް މޮޅުވެއްޖެ
މެސީގެ ގޯލާއެކު މަޔާމީ މޮޅުވި އިރު ޕީއެސްޖީ ބަލިވެއްޖެ
އެމްބާޕޭ ހޮސްޕިޓަލުން ދޫކޮށްލައިފި