Roadha Mihaaru

ގަދަ ހޫނަށް ކެތްނުވެގެން ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލުކޮށްދޭން އެދުނު

ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސްގެ 11 ގެ ތެރެއިން 10 ކުޅުންތެރިން ބަދަލުކޮށް ދޭން އެދުނު ކަމަށް ކޯޗު އީގޯ ޓޫޑޯ ބުނެފި އެވެ.

ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލަކަށް އެދުނު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

02 ޖުލައި 2025

ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސްގެ 11 ގެ ތެރެއިން 10 ކުޅުންތެރިން ބަދަލުކޮށް ދޭން އެދުނު ކަމަށް ކޯޗު އީގޯ ޓޫޑޯ ބުނެފި އެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ރެއާލްގެ ގޮންޒާލޯ ގާސިއާ ދެވަނަ ހާފުގައި ޖަހައި އެ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށް ދިނެވެ.

މަޔާމީގައި މެޗު ކުޅުނު ގަޑީގައި ހޫނުމިން ހުރީ 88 ޑިގްރީ ފޭރަންހައިޓް (31 ޑިގްރީ ސެލްސިއަލްސް) ގަ އެވެ. އެއީ މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ވުރެ ހޫނުމިން ދަށް މިންވަރެކެވެ.

ގަދަ ހޫނުމޫސުމެއްގައި ކައިރީގައި މެޗުތައް ކުޅެން ޖެހުމުން ޔޫރަޕްގެ ކލްބަތްކުގެ ކުޅުންތެރިންގެ ޝަކުވާ ގިނަ އެވެ. ޔުވެންޓަސްގެ ކުޅުންތެރިން ތިބީ އެ ހޫނުގައި ކުޅެން ޖެހުމުން ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ.

"މިއަދުގެ ހާލަތު ވަރަށް އުނދަގޫ. ދިހަ ކުޅުންތެރިން އަހަރެން ކައިރިގައި އެދުނު ބަދަލުކޮށްދޭން. އެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި،" މެޗަށް ފަހު ޓޫޑޯ ބުންޏެވެ.

"އެހެން ދިމާވާން ޖެހުނު ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. ދިގު ސީޒަނެއް ނިންމާލުމަށް ފަހު ކުޅުންތެރިން އިތުރު ހަކަތައެއް ދުއްވާލަން ޖެހުމުން ވަރަށް ފިކުރުބޮޑުވި އޭގެ ސަބަބުން ވެސް ވަރުބަލިކަން އިތުރަށް އިހުސާސް ކުރެވޭނެ."

ޓޫޑޯ ބުނިގޮތުގައި، މެޗު ކުޅުނު ހާލަތަކީ އާދަޔާ ހިލާފަށް ބޮޑު ގޮންޖެހުމެއްގެ ތެރޭގަ އެވެ. ހާއްސަކޮށް ގަދަ ހޫނުގެ ސަބަބުން ކުރިމަތި އުނދަގޫ ބޮޑުކަމަށް ކްރޮއޭޝިއާ އަށް ނިސްބަތްވާ ކޯޗު ބުންޏެވެ.

ކްލަބް ވޯލްޑް ކަޕާ މެދު ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ހިތްހަމައެއް ނުޖެހެ އެވެ. ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް ސިފަ ކުރީ އެ މުބާރަތަކީ ފުޓްބޯޅައިގައި ތާއާރަފު ކުރި އެންމެ "ގޯސް" ހިޔާލުގެ ގޮތުގަ އެވެ.

އެހާ ހަރުކަށި ބަސްމަގެއް ބޭނުން ނުކުރިނަމަވެސް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވެސް ވަނީ ކްލަބް ވޯލްޑް ކާޕަށް ފާޑުކިޔައިފަ އެވެ.