02 ނޮވެމްބަރ 2016
މެޑްރިޑް (ނޮވެމްބަރު 2) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ރަނަރަޕް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ އާސެނަލް އަދި ފްރާންސުގެ ޕީއެސްޖީ ޖާގަ ހޯދައިފި އެވެ.
މެޑްރިޑް (ނޮވެމްބަރު 2) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ރަނަރަޕް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ އާސެނަލް އަދި ފްރާންސުގެ ޕީއެސްޖީ ޖާގަ ހޯދައިފި އެވެ.
ގްރޫޕް އޭ އިން އާސެނަލް އާއި ޕީއެސްޖީ ދެ ވަނަ ބުރަށް ދިޔަ 10 ޕޮއިންޓް ހަމަކޮށްގެންނެވެ. ރޭ ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން ފަހަތުން އަރައި 3-2 އިން މޮޅުވި އާސެނަލް ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ޕީއެސްޖީ ވަނީ ރޭ ބަސެލް އަތުން 2-1 އިން މޮޅުވެފަ އެވެ. ލުޑޮގޮރެޓްސް އާއި ބަސެލް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ލުޑޮގޮރެޓްސްގެ ޖޮނަތަން ކަފޫ އާއި ކެސެރޫ ވަނީ ފުރަތަމަ 15 މިނެޓުގެ ތެރޭ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އާސެނަލަށް އުއްމީދެއް ގެނެސްދިނީ 20 ވަނަ މިނެޓުގައި ގްރަނިޓް ޒަކާ އެވެ. އަދި ދެ ވަނަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްދިނީ އޮލިވާ ޖިރޯ އެވެ. އެ ޓީމު މޮޅުވީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މެސުތު އޮޒިލް ޖެހި ލަނޑުންނެވެ.
ރަށުން ބޭރުގައި ޕީއެސްޖީ ކުޅުނު މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމުގެ ބްލައިސް މަޓުއިޑީ ވަނީ ލީޑު ނަގައިދީފަ އެވެ. ބަސެލް އިން އެއްވަރުކުރީ 76 ވަނަ މިނެޓުގައި ލުކާ ޒުފީ ޖެހި ގޯލުންނެވެ. ޕީއެސްޖީ މޮޅުވީ ފަހު މިނެޓުގައި ތޯމަސް މެއުނިއާ ވައްދާލި ލަނޑުންނެވެ.
ޕީއެސްވީގެ ޑި ޔޮންގް (ވ) އަތުން ބޯޅަ ހޯދުމަށް ބަޔާން މިއުނިކުގެ ފިލިޕް ލާމް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ގްރޫޕް ޑީ އިން އެތުލެޓިކޯ ދެ ވަނަ ބުރުން ޖާގަ ހޯދީ 12 ޕޮޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާން މިއުނިކަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ދެ ވަނަ ބުރަށް ނުގޮސް ކަޓާފައިވާ ޕީއެސްވީ އާއި ރޮސްޓޯފަށް ހޯދިފައިވަނީ އެންމެ ޕޮއިންޓެކެވެ.
އެތުލެޓިކޯ ރޭ މޮޅުވީ ރޮސްޓޯފާ ވާދަކޮށް 2-1 އިންނެވެ. އެންޓޮއިން ގްރިޒްމަން އެތުލެޓިކޯ އަށް ލީޑު ނަގައިދީފައިވަނިކޮށް ރޮސްޓޯފަށް އެއްވަރުކޮށްދިނީ ސަޑާ އަޒްމޮން އެވެ. އެތުލެޓިކޯ މޮޅުވީ އިތުރު ވަގުތުގައި ގްރިޒްމަން ކާމިޔާބުކުރި ގޯލުންނެވެ.
ރަށުން ބޭރުގައި ކުޅެ ޕީއެސްވީ އަތުން ބަޔާން މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ. ޕީއެސްވީގެ އަރިއަސް ލީޑު ނަގާފައިވަނިކޮށް ބަޔާން މޮޅުވީ ރޮބަޓް ލެވޮންޑޮސްކީގެ ދެ ގޯލުންނެވެ. ފުރަތަމަ ގޯލް ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރީ 34 ވަނަ މިނެޓުގަ އެވެ. އަދި މޮޅުވި ގޯލް ޖެހީ 73 ވަނަ މިނެޓުގަ އެވެ.
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
ޕެރޭޒްގެ ހެޓްރިކުން އާސެނަލަށް ގްރޫޕްގެ އެއް ވަނަ
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕެނަލްޓީ ނުދިނުމުން ޓުޗެލް ބުނީ ރެފްރީ ހިތްވަރެއް ނެތޭ
އާސެނަލްގެ ދަނޑަށް ބެޔާންގެ ސަޕޯޓަރުން ވަނުން މަނާ
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
ޔޫރަޕުގައި ޕީއެސްޖީގެ އުއްމީދުތައް ފެނަށް
އެމްބާޕޭގެ ކުރިމަގާ ޗެމްޕިއަންސް ލީގާ ގުޅުމެއް ނެތް