ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ކުޅުނު މެޗުތައް، އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސެލޯނާ ކާމިޔާބު ކޮށްފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ކުޅުނު މެޗުތައް، އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސެލޯނާ ކާމިޔާބު ކޮށްފި އެވެ.
ޕެރިހުގައި ޕީއެސްޖީއާ ވާދަކޮށް ލިވަޕޫލް 1-0 އިން މޮޅުވި އިރު، ބާސެލޯނާ އިން ރަށުން ބޭރުގައި ބެންފީކާއާ ދެކޮޅަށް އެކަކު މަދުކޮށް ކުޅެ މޮޅުވީ ވެސް ހަމަ މި ނަތީޖާ އިންނެވެ.
ރޭ ޕީއެސްޖީން ވަނީ ހުރިހާ ގޮތަކުން ލިވަޕޫލުގެ މައްޗަށް ޑޮމިނޭޓްކޮށްފަ އެވެ. އުފެއްދި ހަމަލާތަކުގެ އަދަދާއި، ބޯޅަ ގެންގުޅުނު ނިސްބަތާއި، ޕާސް ޖެހި މިންވަރު ވެސް ޕީއެސްޖީ އޮތީ މާ ބޮޑަށް ކުރީގަ އެވެ.
ޕީއެސްޖީން 28 ހަމަލާ ފޮނުވާލި މި މެޗުގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލިވަޕޫލަށް ޖުމްލަ ދެ ހަމަލާ ފޮނުވާލެވުނު އިރު އެޓީމުގެ ހަމައެކަނި ގޯލު ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ހާވީ އެލިއޮޓް އެވެ. ޑާވިން ނޫނޭޒް ދިން ޕާހަކުން އޭނާ މި ލަނޑު ޖެހީ ކުޅެން ނުކުތްތާ މިނިޓެއް ވެސް ނުވަނީހެވެ.
ޕޯޗުގަލްފެ ގަދަބާރު ބެންފީކާއާ ދެކޮޅަށް ބާސެލޯނާ ރޭ ކުޅުނު މެޗުގައި އެ ޓީމަށް މައްސަލަ ދިމާވީ 22 ވަނަ މިނިޓުގައި ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ ޕައު ކުބާސީ ފައުލް ކޮށްގެން އޭނާ ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އެހެންވެ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަށް ޖެހުނީ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯގެ ބަދަލުގައި ޑިފެންޑަރު ރޮނާލްޑް އަރައުހޯ އަރުވާށެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއިން 61 ވަނަ މިނިޓުގައި އެޓީމު މޮޅުވި ލަނޑު ޖަހައިދިނީ ރަފީނިއާ އެވެ. ނަމަވެސް މެޗުގައި ބާސާގެ ތަރިއަކަށް ވީ ގޯލްކީޕަރު ވޮއިޒެކް ޝެޒްނީ އެވެ. އޭނާ ޖުމްލަ އަށް ހަމަލާ މަތަ ކުރި އިރު، އޭގެ ތެރެއިން ފަސް ހަަލާއާ ކުރިމަތިލީ ދެ ވަނަ ހާފުގަ އެވެ.
ބެންފީކާގެ ކީޕަރު އެނަޓޮލީ ޓްްރޫބިން ވެސް ވަނީ މެޗުގައި މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ. އެގޮތުން މެޗުގެ 12 ވަނަ މިނިޓުގައި އޮލްމޯ އާއި ރޮބާޓް ލެވަންޑޯސްކީ އަދި ލަމީން ޔަމާލް ފުލުފުލުގައި ފޮނުވާލި ހަމަތާތައް ހުއްޓުވަން އޭނާ ވަނީ ޓްރިޕަލް ސޭވެއް ވެސް ކޮށްފަ އެވެ.
ޕީއެސްޖީ އަތުން ބާސާ ކަޓައިފި، ލިވަޕޫލް ކުއާޓާ އަށް
ދެ ވަނަ ލެގުން ބަލިވިޔަސް ބާސާ އާއި ޕީއެސްޖީ ސެމީއަށް
ބާސެލޯނާ އާއި ޕީއެސްޖީ ސެމީއާ ފިޔަވަޅަކާ ގާތަށް
ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ލިވަޕޫލާއި ބާސެލޯނާ ގަދަ 16 ޓީމުގެ ބުރަށް
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ