12 ޑިސެމްބަރ 2019
ޕެރިސް (ޑިސެމްބަރު 12) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކުން މޮޅަކާ އެކު ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ.
ޕެރިސް (ޑިސެމްބަރު 12) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކުން މޮޅަކާ އެކު ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ.
ތުރުކީގެ ގަލަތަސަރާއީ އަތުން ފްރާންސްގެ ޕީއެސްޖީ އަމިއްލަ ދަނޑުގައި މޮޅުވީ 5-0 އިންނެވެ. ގޯލްތައް ޖަހައިދިނީ މައުރޯ އިކާޑީ، ޕަބްލޯ ސަރަބިއާ، ނޭމާ، ކީލިއަން އެމްބާޕޭ އަދި އެޑިންސަން ކަވާނީ އެވެ.
ގްރޫޕް އޭ ގެ އެއް ވަނަ ކަށަވަރުކޮށްފައިވާ ސިޓީ މި މޮޅާ އެކު ބުރު ނިންމާލީ 16 ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި 11 ޕޮއިންޓާ އެކު ދެ ވަނަ ބުރުން ފުރުސަތު ހޯދާފައިވާ ސްޕެއިނުގެ ރެއާލް މެޑްރިޑް ރޭ ރަށުން ބޭރުގައި މޮޅުވީ ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން 3-1 އިންނެވެ. ރޮޑްރީގޯގެ ލަނޑުން ރެއާލް ކުރީގައި އޮއްވާ ބްރުޖް އިން އެއްވަރުކުރި އެވެ. ރެއާލް މޮޅުވީ ވިނީޝިއަސް ޖޫނިއާ އާއި ލޫކާ މޮޑްރިޗް ޖެހި ގޯލްތަކުންނެވެ.
ގްރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގައި، ތިން ޕޮއިންޓް ހޯދާފައިވާ ބްރުޖް ވަނީ ޔުރޮޕާ ލީގުން ޖާގަ ހޯދައިފަ އެވެ. ގަލަތަސަރާއީ ކެޓީ ދެ ޕޮއިންޓާ އެކު ފުލަށް ގޮސްގެންނެވެ.
ގްރޫޕް ބީގެ އެއް ވަނަ މަގާމް، 18 ޕޮއިންޓާ އެކު ހޯދާފައިވާ ޖަރުމަނުގެ ބަޔާން މިއުނިކް ރޭ މޮޅުވީ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-1 އިންނެވެ. ޓޮޓެންހަމް ވަނީ 10 ޕޮއިންޓާ އެކު ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ކިންގްސްލީ ކޯމަންގެ ލަނޑުން ބަޔާން ކުރި ހޯދާފައިވަނިކޮށް ޓޮޓެންހަމްގެ ރިޔާން ސެސެގްނޮން އެއްވަރުކުރި އެވެ. ބަޔާން މޮޅުވީ ތޯމަސް މުލާ އާއި ފިލިއްޕެ ކުޓީނިއޯ ޖެހި ގޯލްތަކުންނެވެ.
މި ގްރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގައި ޔުރޮޕާ ލީގުން ފުރުސަތު ހޯދީ ގްރީކުގެ އޮލިމްޕިއާކޮސް އެވެ. އެ ޓީމުން ހަތަރު ޕޮއިންޓް ހަމަކުރީ ރޭ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން 1-0 އިން މޮޅުވެގެންނެވެ. ރެޑް ސްޓާ ފުލަށް ދިޔައީ ތިން ޕޮއިންޓާ އެކު އެވެ.
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ބަޔާނާއި ޕީއެސްޖީ އަދި ޔުވެންޓަސް އަށް އެއް ވަނަ
ބެޔާނާއި ރެއާލް ވެސް ޗެމްޕިއަންސް ލީގުގައި ބަލިވެއްޖެ
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ޔޫރަޕުގައި ޕީއެސްޖީގެ އުއްމީދުތައް ފެނަށް