Roadha Mihaaru
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ

ރެއާލްގެ ކުރިމަތީ މާ އަވަހަށް އުފާފާޅު ނުކުރާތި، ބެޔާނަށް ލިބުނު ދެރަ ބަލާ!

09 މެއި 2024

މެޑްރިޑް (އޭޕްރީލް 9) – ބެޔާން މިޔުނިކް، މޮޅު ވެގެން ނިމެނޭކަމަށް ބަލައިގެން ތިއްބައި، ރެއާލް މެޑްރިޑުން ފަހު ވަގުތު ދެ ލަނޑު ޖަހައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޑްރިޑް (އޭޕްރީލް 9) – ބެޔާން މިޔުނިކް، މޮޅު ވެގެން ނިމެނޭކަމަށް ބަލައިގެން ތިއްބައި، ރެއާލް މެޑްރިޑުން ފަހު ވަގުތު ދެ ލަނޑު ޖަހައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑު، ސެންތިއާގޯ ބާނަބޭއޫ އަކީ ނަތީޖާ އަނބުރާލަން ރެއާލް އަށް އެންމެ ފަރިތަ ދަނޑެވެ. މެންޗެސްޓާ ސިޓީ އާއި ލިވަޕޫލަށް ވެސް މީގެ ކުރިން ވަނީ އެ ދެރަ ދީފަ އެވެ. މިފަހަރު ބެޔާން އަށެވެ.

އަލްފެންސޯ ޑޭވީސް، ދެވަނަ ހާފުގައި ބެޔާން އަށް ލީޑް ނަގައިދީފައި ވަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ރެއާލްގެ ހޮސްލޫ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.

އަލުން ތިން މިނެޓް ވެސް ނުވަނީސް ހޮސެލޫ، ރެއާލް އަށް އިތުރު ލަނޑެއް ޖަހައިދީ މެޗު ކާމިޔާބުކޮށް ދިނެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މެޗުގައި ފެނުނީ ޖާދޫއެއް ކަމަށެވެ.

މި ސީޒަނަށް ފަހު ބެޔާނުން ވަކިވާ ތޯމަސް ޓޫހްލް ކުރީ ރެފްރީންގެ ޝަކުވާ އެވެ. ޑިފެންޑަރު ޑި ލިޓް ބެޔާނަށް ނަތީޖާ ހަމަހަމަކޮށް ދެވުނުކަމަށް ބަލައިގެން ހުރި ނަމަވެސް ލައިސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ.

ގޯލް ތެރެއަށް ބޯޅަ ނުވަންނަނީސް، ލައިސްމަން ދިދަ ނެގުމުން ޓުޗެލް އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ބެޔާންގެ އެ ގޯލް މައްސަލާގައި އޭނާ ބުނީ ރެފްރީން އަމަލު ކުރި ގޮތަކީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ.

އަންޗެލޯޓީ ބުނީ، އެ ގޯލްގެ ޝަކުވާ އެ ޓީމުން ކުރަންޏާ، ރެއާލްގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް ދެވަނަ ހާފުގައި ޖެހި ގޯލް ބަލައި ނުގަތް ވާހަކަ ރެއާލުން ވެސް ދައްކަން ބޭނުންވާ ކަމަށެވެ.

އަންނަ މަހު 1 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ރެއާލް ނުކުންނާނީ ޓޫހްލްގެ ކުރީގެ ޓީމު ބޮރޯޝިއާ ޑޯޓްމެންޑާ ދެކޮޅަށެވެ. މެޗު ކުޅޭނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.